ފުލުހުންތަކެއް މަގެއް މަތީގައި ހަރަކާތްތެރިވަނީ - ވަގުތު އިމޭޖަސް: އަހުމަދު މަމްދޫހު

މަގުމައްޗަށް ނުކުންނަ ފުލުހުންނާއި އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުންނަށް އިސްކަންދީގެން ފުލުހުންގެ އެލަވަންސްތައް ބޮޑުކޮށް މުސާރައަށް ހެޔޮ ބަދަލެއް ގެނެސްފި ކަމަށް ފުލުހުންގެ އިދާރާ އިން ހާމަކުރައްވައިފިއެވެ.

ADS BY SHEESHA

ގާތްގަނޑަކަށް އަށް އަހަރަށް ފަހު ފުލުހުންގެ އެލަވަންސްތައް ބޮޑުކުރިކަން ފުލުހުން އިއުލާން ކުރި ނަމަވެސް އެކަމުގެ ތަފްސީލް އަދި ހާމަކުރައްވާފައެއް ނުވެއެވެ.

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ފުލުހުންގެ އެލަވަންސަށް ގެނައި ބަދަލުގައި އެންމެ ބޮޑަށް ބަދަލުވެފައިވަނީ ފީލްޑަށް ނުވަތަ މަގުމައްޗަށް ނުކުމެ މަސައްކަތްކުރާ ފުލުހުންނަށް ކަމަށެވެ. ބައެއް އެލަވެންސްތައް ހަމަޖެއްސުމުގައި އޮފީހުގައި ތިބެގެން މަސައްކަތްކުރާ ފުލުހުންނަށްވުރެ ބޭރަށް ނުކުންނަ ފުލުހުންނަށް އިސްކަންދީފައިވާނެ ކަމަށް މަންނާނު ވިދާޅުވިއެވެ.

"ފްރޮންޓް ލައިންގައި އުޅޭ ފުލުހުންނަށް ދޭ އެލަވެންސް ވަނީ ބޮޑުކުރެވިފަ، އޭގެ އިތުރަށް ޓެކްނިކަލް ބައެއް ދާއިރާތަކާއި ތަހުގީގު ކުރާ ފުލުހުންނަށް ދޭ އެލަވެންސް ވެސް ކުރިއަށްވުރެ ވާނީ އިތުރުކޮށްފަ،" މަންނާނު އަވަސް އޮންލައިން އަށް ދެއްވި އިންޓަވިއު އެއްގައި ވިދާޅުވި އެވެ.

"ބޮޑަށް ބަލާފައި ހުންނަނީ ފްރޮންޓް ލައިންގައި މަސައްކަތް ކުރާ ޖޫނިއާ ފުލުހުންގެ އެލަވެންސް ބޮޑު ކުރަން" މަންނާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެންމެ ބޮޑު މަގުސަދަކީ ޔުނިފޯމް އަޅާ ގިނަ ފުލުހުން އޮޕަރޭޝަންތަކުގައި ފީލްޑަށް ނުކުތުމަށް ހިތްވަރު ދިނުން ކަމަށެވެ.

ADS BY SHEESHA

ކުރަން ޖެހޭ މަސައްކަތާއި އަޅާބަލާއިރު ފުލުހުންގެ މުސާރަ ކުޑަވުމުގެ ޝަކުވާ ބައެއް ފޯރަމްތަކުގައި ފުލުހުން ކުރަމުން އަންނަތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ.

2 ކޮމެންޓް

  1. ޝުކުރިއްޔާ ރައީސް ޔާމީން

  2. ސާބަހޭ ޔާމީން....