ގއ. ދެއްވަދޫން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން ހާލުދެރަވި ތިން މީހަކު މާލެ ފޮނުވާލުމަށް މަސައްކަތް ކުރަމުން ދާކަމަށް ގއ. ވިލިނގިލީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިލިނގިލީ ކައުންސިލް މެންބަރު ޙަބީބް ހަސަން ވިދާޅުވީ، އެ ތިން ބަލި މީހުން މިހާރު އެރަށަށް ގެނެސްފައިވާ ކަމަށެވެ. އެ މީހުން ތިބީ ވިލިނގިލީ ކޮވިޑް-19 ފެސިލިޓީގައެވެ.

އަދި އެ މީހުން ޗާޓަރު ފްލައިޓެއްގައި މާލެ ފޮނުވާލުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދެެއްވަދޫން މިހާތަނަށް 55 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ވިލިނގިލިން މިހާތަނަށް ވަނީ މި ބައްޔަށް ދެމީހުން ފައްސިވެފައެވެ. އެއީ އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލްކުރި ދެ ދަރިވަރެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބެއްޔާ

    ކޮބާ ގއ. ގދ ގެ އަގުބޮޑު ކޮވިޑް ފެސިލިޓީސްތައް. ޗޮކުންދިޔައީބާ؟؟؟؟ ވައްކަންކުރަން ހެދިތަންތަންދޯ.