ފުލުހުންތަކެއް – ވަގުތު ފޮޓޯ : އަޝްހާދް އަބްދުﷲ

ފުލުހުންނަށް ދެމުން އައި އެލަވަންސްތައް ބޮޑުކޮށްފި ކަމަށް މިރޭ މީޑިއާ އިން ރިޕޯޓް ކުރި ނަމަވެސް އެކަމުގައި ޝައްކު އުފެދޭ ކަންތައްތަކެއް ހުރިކަން ފާހަގަ ކުރެވިއްޖެއެވެ.

ADVERTISEMENT

ފުލުހުންގެ މުސާރަ ބޮޑުކުރިކަމަށް ފުލުހުންގެ އިސްވެރިން މިރޭ މީޑިއާއަށް މައުލޫމާތު ދެއްވި ނަމަވެސް ޕޭ ކޮމިޝަނެއް ސަރުކާރުން އުފައްދާ މުޅި ދައުލަތުގެ މުސާރައިގެ އޮނިގަނޑު މުރާޖާކޮށް ނިމުމުގެ ކުރިން އެއްވެސް އޮފީހެއްގެ މުސާރަ ބޮޑުނުކުރާ ގޮތައް ސަރުކާރުން ހަމައްސާފައިވާ ކަމަށް ނުރަސްމީކޮށް ވަނީ މައުލޫމާތު ލިބިފައެވެ.

އަދި މިހާތަނަށް ޕޭ ކޮމިޝަނުން ދައުލަތުގެ މުސާރައިގެ އޮނިގަނޑު މުރާޖާކޮށް ނިންމި ކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެއެވެ. އެހެންކަމުން ޕޭ ކޮމިޝަނުން ދައުލަތުގެ މުސާރައިގެ އޮނިގަނޑު މުރާޖާ ނުކޮށް ފުލުހުންގެ މުސާރަ ބޮޑުކުރަން ނިންމާފައިވާނެ ކަމަކަށް ނުބެލެވެއެވެ.

މީގެ އިތުރުން ފުލުހުންގެ މުސާރައިގެ އާއޮނިގަނޑާއި ބެހޭ ގޮތުން މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތް ވެސް ތަފާތެވެ. ބައެއް އެލަވަންސްތައް ބޮޑުކުރި ކަމަށް ފުލުހުން ވިދާޅުވި ނަމަވެސް އެކަމުގެ އެއްވެސް ތަފްސީލެއް ފުލުހުން ނުދެއްވުމަކީ ވެސް ސުވާލު އުފެދޭ ކަމެކެވެ. މީގެ ކުރިން ދައުލަތުގެ އެކި މުއައްސަސާތަކުގެ މުސާރަ އަށް އަންނަ ބަދަލުތައް އެމުއައްސަސާ އަކުން އާންމު ކުރެއެވެ. އެހެންނަމަވެސް ފުލުހުންގެ މުސާރަށް އައި ބަދަލުގެ ތަފްސީލީ މައުލުމާތުތަކެއް ހާމަ ނުކުރުމަކީ ފުލުހުންގެ މުސާރަ ހަޤީޤަތުގައި ވެސް ބޮޑުކޮށްފައި ވޭތޯ ސުވާލު އުފައްދަން ޖެހޭ ކަމެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މުއްސަސާތަކުގެ މުސާރައަށް ބަދަލު ގެންނަނީ މުސާރައިގެ އޮނިގަނޑު މުރާޖާ ކުރުމަށް ފަހު އެއޮނިގަނޑު ފިނޭންސް މިނިސްޓްރީ އާއި ރައީސް އޮފީހުން ވެސް ފާސްކޮށްގެންނެވެ. މިއީ މީގެ ކުރިން އަމަލު ކުރަމުން އައި އުސޫލު ނަމަވެސް ފުލުހުންގެ މުސާރައިގެ އާއޮނިގަނޑު އަދި އެއްވެސް އިދާރާ އަކުން ފާސްކޮށްފައި ނުވާ ކަމަށް އިތުބާރުހުރި މަސްދަރުތަކުން ބުނެއެވެ.

ADS BY MONARK

9 ކޮމެންޓް

  1. މި ގައުމުގަ އުޅޭނެ ވަރައް ވާނުވާ ނޭންގޭ ބައިގަނޑެއް...ފުލުހުންނާ ގެޅެން ނުހަދާ......ވަރަށް ސަލާމް.

  2. މީތަނެއް ދޮރެއް ބަލައިގެން އުޅޭބައެއް ނޫން ، މިމީހުން ބޭނުންވާނީ ރައްޔިތުން ހަނާކޮށް ބަޑަށް ޖައްސައިގެން ނަމަވެސް ވެރިކަމުގައި ތިބެން ރައޔިތުންގެ ބަސް ބުނުން ހުއްޓުވާ ހަދާއިރު މަގުތަކަށް ނުކުމެ ބޮޑު ބަގާވާތެއް ކުރިބައިގަނޑެއް ވެރިކަން މިކުރަނީ! ކޮންމެ ކަމަކުންވެސް އޮޅުވާ ލުމާއި ވަގާއި މަކަރުނޫން އެހެން ކަމެއް ނުއޮންނާނެ! ޔަޤީން.

  3. ގިނަ ފުލުހުންގެ އަހްލާޤީ މިންގަޑުހުރީ އާންމު އިޖުތިމާޢީ މިންގަޑުތަކާއި މުޅިން ދިމާ އިދިކޮޅަށް. ފުލުހުންގެ ވެރިން އެބަޖެހޭ މިކަން ރަގަޅުކުރުމަށް ބޮޑެތި މަސައްކަތް ތަކެއް އަވަހަށް ފަށްޓަވަން 21 ވަނަ ޤަރުނުގައިވާ ދިވެހި ފުލުހުން ތަހްޒީބް ބަޔަކަށް ވެފައިވާތަން ދެކެން ހަމަ ކޮންމެ ދިވެއްސެއްވެސް އެދޭނެ

  4. ފުލުހުންގެ މުސާރަ ބޮޑެއްނުކުރޭ!! ވަކި ޚާއްސަ މަސައްކަތެއްކުރާ ބަޔަކަށް ދެމުން އައި އެލަވަންސްތަކެއް ތަންކޮޅެއް ބޮޑުކޮށްލީ!! އެހެންކަމުން ފުލުހުންގެ އެންމެންގެ އަސާސީ މުސާރައަކަށް އެއްވެސް ބަދަލެއް އައިސްފައިނުވޭ!! ހަމަ 2009 ވަނަ އަހަރުން ފެށިގެން ދެމުން އައި މުސާރަ މިހާރުވެސް ލިބެމުންދާނީ!! ވަރަށް ސަލާމް!!

  5. ފުލުހުން މި ހަަބަރު ލިޔާ ކުދިން ބޭނުންވާ މައުލުމާތު ހާމަ ކުރޭ. މިމީހުން މިޖަހާ މަޅީގަ ޖެހިގެން.

  6. މި ހަބަރު ޖަހާފަ މީނީ މިކަމާބެހޭ ރަނގަޅު މައުލޫމާތު ނުލިބުމުން ފުލުހުންގެ ބޮލަށް ޗިޕް ޖަހައިގެން އެމައުލޫމާތުތައް ހޯދުމިގެ ބޭނުމުގަ ކަމައް ބެލެވެނީ

  7. ބަލަގަ ވަގުތު ބޭބޭ! މުސާރައެއް ނޫނޭ ބޮޑު ކުރަނީ އެލަވަންސް ދެނީ. ސޯ ވާނެ އެއްނު. އަސާސީ މުސާރަ ވިލްބީ ސޭމް

  8. ވަގުތައް ހަޖަމު ނުވީ ދޯ... ކޮންމެވެސް ކަހަލަ ފަންޏެއް، ކަލޭމެން މިގެނެސްދެނީ ހަބަރޭ ކިޔާފަ ހަދާތި... ޝުކުރިއްޔާ ތިފަތުރާ ފިތުނައަށް...