އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ނަމަ ރައްޔިތުން މިހާރު ތިބީ ކޮވިޑް-19 ގެ ބައްޔަށް ފަރުވާ ދިނުމަށް ބޭނުން ކުރާ ވެކްސިން ޖަހައިގެން ކަމަށް އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަކީ ހަތަރު ލައްކަ ރައްޔިތުންގެ ކުޑަ އާބާދީއަށް މާސްކް ހިލޭ ބަހާ ނުލެވުން ކަމަށެވެ. މިހާރު އެކި ގައުމުތަކުގައި ވެކްސިން ތައްޔާރު ކުރެވެމުންދާއިރު ވެކްސިން ހޯދައިނުލެވުން ކަމަށް ޝުޖާއު ވިދާޅުވިއެވެ.

"މިއީ ރައީސް ޔާމީންގެ ވެރިކަން ނަމަ މިހާރު ރައްޔިތުން ތިއްބަވަނީ ވެކްސިން ޖައްސަވައިގެން، މިއީ ރައީސް ޔާމީންގެ ވެރިކަން ނަމަ ރައްޔިތުންގެ ފައިސާއިން ވައްކަން ނުކޮށް ވެންޓިލޭޓަރ ދިވެހިރާއްޖެ އަށް ހުންނާނީ ހިލޭ ހޯއްދަވާފަ،" ޝުޖާއު ލިޔުއްވާފައިވެއެވެ.

މި ސަރުކާރުން ވަނީ އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީން އުފެއްދި ކޮވިޑް ވެކްސިން ރާއްޖެ ގެނައުމަށް މެލޭޝިއާގެ ކުންފުންޏަކާ އެކު އެއްބަސްވުމެއް އެކުލަވާލައިފައެވެ. ވެކްސިން ލިބޭނެ ވަކި ތާރީޚެއް ހާމަކޮށްފައި ނެތަސް މި މަހު ވެކްސިން ލިބޭނެ ކަމަށް ސަރުކާރުން ބުނެއެވެ.

ވެކްސިން ލިބުން ވެސް ލަސްވަމުންދާއިރު، ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ހެލްތު މިނިސްޓްރީގެ ތެރޭގައި ބޮޑު ޚިޔާނާތެއް ވެސް އޮތީ ހިނގައިފައެވެ. އަދި މިއަދާ ހަމައަށް ވެސް އޭގެ ގިނަ ވެންޓިލޭޓަރުތައް ރާއްޖެއަށް ނުލިބެއެވެ.

މި މައްސަލައާ ގުޅިގެން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މަޤާމުން އިސްތިއުފާ ދެއްވާފައިވާއިރު އަމީން ހިމެނޭ ގޮތަށް މިނިސްޓްރީގެ 11 ބޭފުޅަކަށް ދައުވާ ކުރުމަށް ފޮނުވިއެވެ. އެކަމަކު ހެކި ނެތް ކަމަށް ބުނެ ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. މަނީމަނީ

  ނުޖަހާނެ ވެކުސިނުން ކަޓުނަގާ ރައްޔިތުންނައް އަގުބޮޑުކޮއް ވިއްކާނީ

  14
  28
 2. ހުސެއިނާ ގެ އަލި ބޭބޭ

  ދޮން ކަލޯ ތި ބުނާ ސަރުކާރު ގައި ތިޔަ ގޮތަށް ކަދުރު ވެސް ބެހި ދޯ!!!

  22
  25
 3. ވގ ޔނ

  ތި ތަލަސުޖާމެން ތެދެއްހަދާނެތަ ދޮގުހެދުމާ ވައްކަން މީހުންފިއްކަޑާންދާވަރައް ދެންކޮން ވެކްސިނެއްޖެހޭނި މިނިވަން ދުވަހުގެ ޖާފަތައްއެކަނިވިސްނާލަ އެވަރުން ފުދޭނެ ދެން ހުރީ ސޭބޯ ސިޔާމް އެނައެއީ ހަމައަގުގަ ތެޔޮވިއްކިމީހެއް ދެން ހައްތަހާވެސް އެކަހަލަމީހުން ދައުލަތުން މުއްސަދިވެފަ ތިބި މީހުން

  12
  16
 4. ބުއްޅަބެ

  ބަލި ރާއްޖެ އައުމުގެކުރިންވެސް ތިކަންކުރީސް
  މިކޮމެންޓް ޖަހަންކެރޭނެބާ!

  12
  9
 5. އަލްޖިބްރާ

  ނަމަ ނަމަ އެއްގައި ކެއްކޭނެ ރިހައެއް ނެތް ! ވެރިކަމުގައި ހުރެ ކުރި ވައްކަން ފަޅާ އަރާ އާމީނު އެހެރީ އެކަމުގެ އުޤޫބާތުގައި ! ދެން އަތްޖަހަާ !

  15
  21
 6. Happy

  ކަލޭމެން ބަލާނީ ތިވެކްސިނުންވެސް ކަޓެއްނެގޭތޯ ދައުލަތުން ފައިސާ ދަވާލެވެތޯ މީނީލޯންޑާރ ކުރުވޭތޯ😡😡

  6
  20
 7. ރުމޭ

  ސުޖާއު ތި ބުނުއްވީ 100އިގެ ވާހަކައެއް

  9
  3
 8. މާވަޑި ފަލާހު

  ނަސީބެއްނުން ފެންފޮދަކާނުލާ ދައުލަތުގެ ޙަޒާނާ ދިރުވާލާނޭ ނުބުނިކަން
  ނަސީބެއްނުން ދައުލަތުގެ ތިޖޫރިއިންތަނުގައި ވަޅުގަނޑުވެސް ނުބައިންދާނަމޭނުބުނިކަން