ހުޅުމާލެ މިސްކިތެއްގައި ހުރި ދިވެއްސަކަށް ހަމަލާ ދިން އިންޑިއާ މީހާގެ ބަންދަށް 10 ދުވަސް ޖައިފިއެވެ.

އިއްޔެ އަސްރު ނަމާދު ވަގުތު ހުޅުމާޅޭގައި ހުންނަ މަސްޖިދުލް އަޒީޒާ މޫސާ މިސްކިތުގައި ހިނގާދިޔަ އެ ހާދިސާއާ ގުޅިގެން ގިނަބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެެވެ.

ފުލުހުން އިއްޔެ ވިދާޅުވީ އަޒީޒާ މިސްކިތުގެ ތެރޭގައި ހުރި އުމުރުން ދުވަސްވީ މީހެއްގެ ގައިން ވަސް ދުވާތީ ކަމަށް ބުނެ އިންޑިއާ ފިރިހެނަކު އެ މީހާ ނެރެން އުޅެ މާރާމާރީ ހިންގާފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ފުލުހުން މިއަދު ވިދާޅުވީ، އޭނާގެ ބަންދަށް ހުޅުމާލެ ކޯޓުން 10 ދުވަސް ޖަހާފައިވާ ކަމަށެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކޮރަލް

    ފުލުހުން ބަލާ މައްސަލަ ތަކުގެ ތަފްސީލް އެތައް އަހަރެއް ވާއިރު ވެސް ހާމަ ނުކުރެ އެވެ.

    22
  2. އަހްމަދު

    ދެންއަޑުއިވޭނީ އިންޑިއާމީހާ ފުރައިގެން ރަށައްދިޔަހަބަރު

    29
    1
  3. އަޙްމަދު

    10 ދުވަސް ހަމަވުމުގެ ކުރީން އެނާ ފޮނުވާލާނެ! މިހާރުވެސް ނުފުރުވާ ކަމެއް ނޭނގޭ!!!

  4. ބޮލި މުލައް

    އަވަހަށް ފުރުވާލާ

  5. ބެއްޔާ

    އިންޑިޔާ މީހުންގެ މައްޗަށް މިގައުމުގެ ޤާނޫނު ނުހިނގާނެ.

    1
    1
    • ބީޖޭޕީ އެކްސްޓްރީމް

      އެމްޑީޕީ ވެރިކަމެއްގައި ނުހިނގާނެ.