ޣާޒީ ސްކޫލްގެ ޓީޗަރަކު ކޮވިޑް-19 އަށް ފައްސިވެ، އެ ސްކޫލްގެ 12 ޓީޗަރުން ކަރަންޓީން ކޮށްފިއެވެ.

އެޗްއީއޯސީން ވިދާޅުވީ، އެ ސްކޫލުން ފައްސިވެފައިވަނީ ގްރޭޑް 1ގައި ކިޔަވާދެމުންދާ ޓީޗަރެއް ކަމަށެވެ. އަދި އޭނާ ފައްސިކަން އެނގިފައި ވަނީ މިއަދު ކަމަށްވެސް އެޗްއީއޯސީން ވިދާޅުވިއެވެ.

އަދި އެ ޓީޗަރާއި ގާތުން އެއްތާވި މީހުންގެ ތެރޭގައި ހިމެނެނީ 12 ޓީޗަރެއް ކަމަށްވެސް އެޗްއީއޯސީން ވިދާޅުވިއެވެ.

އަދި މިހާރުވެސް ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތްތައް ކުރަމުންދާ ކަަމަށް އެޗްއީއޯސީން ވިދާޅުވިއެވެ.

މީގެ ކުރިން އަމީނިއްޔާ ސްކޫލް ޓީޗަރަކުވެސް ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އަދި އަތޮޅު ތެރޭގެ ބައެއް ސްކޫލްތަކުގެ ޓީޗަރުންވެސް ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. އަތޮޅު ތެރެއިން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ބިދޭސީ ޓީޗަރުންނެވެ. އެ މީހުން ފައްސިވެފައި ވަނީ ގައުމުން އެނބުރި އައިސް ކަރަންޓީންގައި ތިބުމަށްފަހު، ކަރަންޓީނުން ދޫކޮށްލަން ހެދި ޓެސްޓުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސްކޫލް

    ދެން ސްކޫލް ތައް ލައްޕަން އެންމެ ރަނގަޅު ކަމަކީ އަނެއްކާ

    24
    1
  2. ރޯދަ މުބާރިކް

    މި ފެށެނީ..! ރިސޯޓްތަކުން، އިސުކޫލުތަކަށް..!! މީ ގިނަމީހުން ބުނިގޮތް!+

    21
    1