ޖަމާލުއްދީން ސްކޫލްގެ ދަރިވަރަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

ޖަމާލުއްދީން ސްކޫލުން ކޮވިޑް-19އަށް ފައްސިވެފައި ވަނީ ގްރޭޑް ނުވައެއްގައި ކިޔަަވަމުންދާ ދަރިވަރެކެވެ. އެ ދަރިވަރު ކޮވިޑް-19އަށް ފައްސިކަން އެނގުނީ މިއަދު އެވެ.

އެޗްއީއޯސީން ވިދާޅުވީ، އެ ވޭދަނައާ ގާތުން އެއްތާވި ހަތަރު ދަރިވަރަކު ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިހާރުވެސް ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްއީއޯސީން ވިދާޅުވިއެވެ.

މިއަދު ހުޅުމާލެ ސްކޫލްގެ ޓީޗަރަކާއި، މަލޭގެ ސްކޫލެއްގެ ޓީޗަރެއްގެ އިތުރުން، ބިލަބޮންގް ސްކޫލްގެ ދަރިވަރުންތަކެއްވެސް ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އަދި ވިލިމާލޭގައި ހުންނަ ސްކޫލެއްގެ މުވައްޒަފަކުވެސް ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު ބަލާއިރު، މިހާރު ރާއްޖެއިން އެ ބައްޔަށް ފައްސިވި މީހުންގެ އަދަދު އުޅެނީ 14000 އަށްވުރެ މަތީގައެެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. މޫސަ

  ތިޔަ ވެދާނެ އޮޅުމަށް. އެޑިޔުކޭޝަން މިނިސްޓަރު ފިނި ކޮޓަރީގަ އިނދެގެން ބުނި ސްކޫލު ތަކަކުން ކޮވިޑެއް ނު ފެތުރޭނެޔޭ. އެމީހަ ވަރަށް މޮޅުވާނެ.

  31
  1
 2. ބާގިރު

  ޟުކުރިއްޔާ އެޑިއުކޭޟަން މިނިސްޓަރު

  29
  1
 3. ކިޔުންތެރިއެއް

  ސަރުކާރުން ބޭނުންވިގޮތް..

  23
 4. ކޮރޯނަަާ

  ދެން މި ގެއިން ފައްސިވި ގްރޭޑް 10 ގެ ދަރިވަރު ކޮބާ؟

  11