ތޮއްޖެހިފައިވާ މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އާންމު ސިއްހަތު ރަނގަޅުކުރުމަށްޓަކައި، ކޮށްދެވެން ހުރި ކޮންމެ ކަމެއް ކޮށްދިނަމަކީ އަމާޒެއް ކަަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ މާލޭ ކުޅިވަރު އެކުވެނީގެ ސިންތެޓިކް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، މި ޓްރަކަކީ ހަމައެކަނި އެތުލީޓުން ތަމްރީނުކުރުމަށް ހާއްސަ ތަނެއް ނޫން ކަމަށާއި، މިއީ މާލެ ސަރަހައްދުގައި ދިރިއުޅޭ އެންމެންގެ އާންމު ސިއްހަތާއިވެސް ވަރަށް ބޮޑަށް ގުޅިފައިވާ ތަނެއް ކަމަށެވެ.
"އެހެންކަމުން، މިއީ ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުމާއި، ދުޅަހެޔޮ ހަށިހެޔޮ ދިރިއުޅުމެއް ހޯދައިދިނުމުގެ ސިޔާސަތުގެ ދަށުން، ވަރަށް ހާއްސަ އިސްކަމެއްދީގެން ކޮށްފައިވާ މަސައްކަތެއް.". ރައީސް ވިދާޅުވިއެވެ.
ރައިސް ސާލިހް ވިދާޅުވީ، އެންމެ ބޮޑު އަމާޒަކީ، ކުޅިވަރުގެ ރޮނގުން ދެކެމުންދާ ހުވަފެންތައް، ހަގީގަތަކަށް ހެދޭނެ މަގު، ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުން ކަމާށެވެ.
"މިއީ، ދޮށީ ޢުމުރުގެ ބޭފުޅުންނަށްވެސް، ރައްކާތެރިކަމާއެކު މިތަނުގައި ހިންގަވައި ކަސްރަތުކުރެއްވޭނެ ގޮތަށް، ރަނގަޅު ފެންވަރުގައި ހަދާފައި އޮތް ޓްރެކެއް. މިހާތަނަށް ކަސްރަތު ނުފަށްޓަވާ ބޭފުޅުންވެސް މިތަނަށް ވަޑައިގެން، ހަށިހެޔޮ ދިރިއުޅުމަކަށް މަސައްކަތް ކުރެއްވުމަކީ ވަރަށް ބޭނުންތެރި ކަމެއް". ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ޒުވާން ކުޅުންތެރިން، ބައިނަލްއަގްވާމީ ފެންވަރުގައި ހޯދާ ކާމިޔާބީތައް މިހާރު މަދު ނޫން ކަމަަށާއި، އެހެން ނަމަވެސް، ކުޅުންތެރިން އުފެއްދުމަށް ބޭނުންވާ ވަސީލަތްތައް، އެފަދަ ކާމިޔާބީތަކާ ފައިހަމަވާ މިންވަރާ ގާތަށްވެސް ތަރައްޤީކުރެވިފައި ނެތް ކަމަށެވެ.
އެގޮތުން ރައީސް ޓްރެކްތަކާއި، ފަތާ ފެންގަނޑުތަކާއި، ސްޓޭޑިއަމްތަކާއި، އިންޑޯ ހޯލްތަކާއި، ޖިމްފަދަ ވަސީލަތްތައް، އެކަށީގެންވާ މިންވަރަކަށް ތަރައްޤީ ކުރެވިފައެއް ނެތްކަން ފާހަގަކުރައްވާފައެވެ.
ނަމަވެސް މި ސަރުކާރުން އެކަންކަން ތަރައްގީ ކުރައްވާނެ ކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވަލެއްވިއެވެ.
"އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުމެން މި ޤާއިމުކުރާ ކުޅިވަރު ވަސީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައިގެން، ބައިނަލްއަޤްވާމީ މުބާރާތްތަކުން ރާއްޖެއަށް ރީތި ނަން ހޯދައިދޭނެ ގިނަ ޒުވާނުންތަކެއް އުފެދިގެން ދިޔުން. ހަމައެފަދައިން، ކުޅިވަރުގެ ޒަރީއާއިން، ޢާންމު ޞިއްޙަތަށް ރައްޔިތުން ދޭ ސަމާލުކަން އިތުރުވެގެން ދިޔުމަކީވެސް، އަޅުގަނޑު ވަރަށް އެދޭ ކަމެއް.". ރައީސް ވިދާޅުވިއެވެ.
އާ ތިކަން އެބައިގޭ...ތިތަނުގެބޭނުންވެސް ފުރަތަމަ ބޭނުންކުރީ އިންޑިޔާމީހުންގެ އީދުފާހަގަކުރަން....ކުރެވެންހުރި ކަމެއްކުރެވޭނީވެސް މީހުންކަހަލަ މީހުންނަ..ތިއީ ގަމީހެއް.. ކޮނޑުގައަޅުވާފަ ބޭއްވިތަނެއް ގަމީސްއޮންނާނެ.
މާލޭގައި މިއެޅި ސިންތެޓިކް ޓްރެކާއި ގުޅޭ ގޮތުން އަޅުގަނޑަށް ސާފުނުވާކަމެއް އޮތީމަ މިކަމާއި ގުޅޭ ގޮތުން ސުވާލުކޮށްލަން ބޭނުން! ސުވާލަކީ މިސިންތެޓިކް ޓްރެކް އެޅީ އިންޑިޔާއިން އެހީވެގެންތޯ؟ އިންޑިޔާއިން މިކަމަށް ޚަރަދެއްކޮށްފައިވާނަމަ ކުރީ ކޮން ޚަރަދެއްތޯ؟ މިދެ ސުވާލުގެ ޖަވާބު ދައުލަތުން އެގެން ބޭނުން! ނުވަތަ މީޑިޔާއިން ނަމަވެސް މިކަން ސާފުކޮށްލަ ދެއްވުން އެދެން! އަޅުގަނޑަށް ލިބިފައި ހުރި މަޢުލޫމާތާއި މީގެ ކުރިން މީޑިޔާއިން ފެނިފައިވާ މަޢުލޫމާތާއި ސަރުކާރުން އިންޑިޔާއޭ ކިޔައިގެން މިދައްކާ ވާހަކަ ހަމަ ދިވާނުވާތީ މިއުޅެނީ މިކަން ސާފުކުރަން! މިސިންޓްރެކް އަޅަން އެތާ އޮޮތް ފަސްގަނޑު ވަށާ އެއްކޮށް ނަގާ އެއްވަރުކޮށް އެތާގެ ވަށައިގެން ކޮންކްރީޓް އެޅީ އާރުކޭއެލްގެ ފަރާތުން! އެއީ އެފަރާތުގެ ހިލޭ އެހީގެ ދަށުން!! ކޮންކްރީޓް އަޅާ ނިމުނީމާ މަތީގައި އަޅާފައި އެވާ ސިންތެޓިކް ބައި (ރަތްކޮށް އެފެންނަ ބައި) އެޅީ ޕޮލްކޯއިން (ޕޮލިސް) އެތާނގެ ސީއެސްއާރުގެތެރެއިން ހިލޭ ސާބަހަށްކަމަށް ވަނީ! ދެން އިންޑިޔާގެ ސަފީރު އެތަނަށް ގެންގޮސްގެން މިޖަހަނީ ކޮން ސަކަރާތެއް؟ އިންޑިޔާއިން އަޅާ ދިންތަނެކޭ ކިޔައިގެން އިންޑިޔާ ޕްރޮމޯޓް މިކުރަނީ ކީއްކުރަންބާއޭ އެބަ ހިތައްއަރާ!! މިސަރުކާރާ ގުޅިގެން އަޑި ނޭގޭ އެއްބަސްވުންތަކެއް އިންޑިޔާއިން ހަދައިގެން އިންޑިޔާގެ ގިނަ ޢަދަދެދެއްގެ ސިފައިން މިރާއްޖޭގައި ބައިތިއްބާ އެކަމުގެ އެއްވެސް ރަގަނޅު މަޢުލޫމާތެއް ސަރުކާރުން ހާމަނުކުރާތީ ރައްޔިތުން ރުޅި އައިސްގެން ކެކި އަރާ އެންމެފަހުން އިންޑިޔާ އައުޓް ހޭޝްޓެގް ބޭނުންކުރާތީ އިންޑިޔާއިން ކަމެއްކޮށްދިނީއޭ ކިޔައިގެން އިންޑިޔާ ޕްރޮމޯޓް ކުރެވޭތޯ ބަލާހެން ބޮޑަށް ހީވަނީ!! މިދިޔަ އަހަރު ހައްދިހަ ހާސް މީހުނަށް ވޯކް ވިސާ ދޫކުރި އޭގެތެރެއިން 70% މީހުންނަކީ އިންޑިޔާ މީހުންކަން ހާމަނުކުރަނީ ކީއްވެ؟ މިވެސް ހަމަ ބަލާލަންޖެހޭ ކަމެއް!!
މި ސަރުކާރުން ތި ކަހަލަ ކަންކަން ހިްގަނީ ހަމަ ތި ބީދައިން. އިންޑިޔާ ސަފީރުވެސް އެތަނަށް ނުގެންގޮސް ވާކަށް ނޯންނާނެތާ. އެކަން ކުރާށޭ ކިޔާފަ އިންޑިޔާ ސަރުކާރުންވެސް ލާރި ނަގާފަ އޮވެއްޖެއްޔަކާ. ދެން ބަލަން ވީ އެލާރި ވެއްދީ ކޮންތަނަކަށްތޯ؟
ދެން އަހަރުމެން ރާއްޖެތެރެޔޯ މިކިޔާ މީހުންނޯ...އަހަރުމެއް ތޮއްޖެހިގެން ނޫޅޭތީ އަހަރުމެނައް ސިއްހީ ދުޅަހެޔޮކަން ބޭނުން ނުވަނީތަ؟ މާލޭގަ އުޅޭ ރައްޔިތުންނައްވެސް ވަސީލަތްތައް ފޯރުކޮައްދޭން ޖެހޭނެ އެކަމަކު ވަކި ބައެއް މުހިއްމުވާ ގޮތައް ވާހަކަ ދެއްކީމަ ކަމަކު ނުދޭ. އެކަމަކު ވޯޓު ހޯދަން ދާން ޖެހޭ ރާއްޖެތެރޭ ހުރިހާ ރަށަކައް!!!
މާލޭމީހުން އެކަނިކަން ނޭގޭ ވޯޓުދިނީ
މާލޭ ރައްޔިތުން ގުނބޯ ހެއްދުން ހުއްޓާލާ ފަ ކަދުރު ފަޒުނާއައް ހެޔޮވަރު ބޫޓެއް ގަންނަން ދުބާއީއައްދޭބަލަ
މާލޭގައި އެކަނިތޯ ރައްޔިތުންގެ އެކަނިތޯ ސިއްހަތެއް އޮންނަނީ؟ ޢެހެން ރަށްރަށުގައި އުޅެނީ ރަޢްޔިތުންނެއް ނޫންދޯ؟ ޢެއީ ޖަނަވާރުން ނުވަތަ ހައިވާނުންދޯ؟އެހެންވީމާ އެ އެއްޗެހީގެ ސިއްހަތެއް ނޯންނާނެތާ؟ ކޮންމެ ކަމެއްގައިވެސް މާލެ މާލެ މާލެ. މީދެން ކިހާ ބޮޑުވެއްޖެ ކަމެއްތަ މި ލޮނުމާލެ އާއި ހެދީ. ތިބުނާ ލޮނުމާލެ އަކީ މުޅި ރާއްޖޭގެ އޮތް އެންމެ މުޑުދާރުތަން، އެހެންވީމާ ބަލި ޖެހޭނެ. ޢަދި ކުރިޔަށް އޮއްތަނުގައި މާގިނަވާނެ ބަލިތަ.
ކޮންމެ ވެސް މޮޅު އަނގައެއް ތަޅާތި އެއްކަމެއް ނުވިއަސް.
އަމާޒުތައް ކިޔާދެއްވާ ނިމޭއިރު ދައުރުވެސް ނިމޭނެ ދެއްތޯ. ވަރަށްދެރަ# ބައިސާސަރުކަރެއްމީ
މާލޭގަ ދިރިއުޅޭ ރައްޔިތުންގެ ރައްކަލަށްޓަކާ ކޮވިޑް19 މަގުމަތިން ކުރާޓެސްޓް ގޭބިސިންކޮށްގެން މުޖްތަމައުން ބަލި ނައްތާލަދީބަލަ. ކީއްވެ އަމާބުނިތީ ފަރަށްދާގޮތަށް ޑަބްލއު އެޗްއޯއިން ޓެސްތްކުރާށޭ ބުނީމަ ޓެސްޓް ކުރަނީ ނަތިޖާ ނުފެންނަ ގޮތަށް ކޮވިޑް ދިގުދެމިގެން ދަގޮތަށް މުޖްތަމައުން ކޮވިޑް ނުފިލުވޭގޮތަށް. ހަރުދަނާކޮށް ކަންކުރަން ދަސްކޮށްބަލަ.
ހާދަ ގަޔާދުރުކޮށް ތިބުނެލީ ކޮށްދީފިނަމަ ކުރެވޭނެ ކަންތައްހުރީ ކޮށްނުދީފިނަމަ ކުރެވޭނެ ކަމެއްނެތީދޯ
ދޮން ބެ ވެސް 30 އަހަރު ތެރޭގައި ތި އަމާޒު ނު ހޯދެވި ކައްސާލީ
ތިކަން ކަށަވަރު ކުރާކަށްނު ދަރުމަވަންތަ ހޮސްޕިޓާ އިންޑިޔާއަށް ރަހުނުކޮށް ހުޅުމާލެ ހޮސްޕިޓާ އަމިއްލަ ބަޔަކަށްދީ އާސަންދަ ކަނޑާލީ.
މީ ބޭނުއްނެތް ރައީސެއް! ބީތާކަމުން މިއަދު މީ ހުރަވީދުވަސްކަންވެސް ހަދާންނެތް! އެކަމަކު ލާދީނީ ދުވަސްތައް ބަރާބަރަށް ހަދާންހުރޭ! އިންޑިޔާ މީހުންނަށް ރާއްޖެވިއްކަންޖެހޭ ދުވަސްތައްވެސް ހަދާންހުރޭ!
މީހަމަފައްކާ ގަމާރެއް! މާލޭގައިދިރިއުޅޭ ރައްޔިތުންނަށްޓކައި، މުޅިދިވެހިރައްޔިތުންނަށްޓަކައި ރައީސް ޔާމީނުއެޅުއްވި ފުލެޓްތައް ދެއަހަރުފުރި ތިންވަނަ އަހަރު ގުނަމުންދާއިރު ތެޅިބައލަނީ ހައްގުވެރިންނަށް ހަވާލުނުކުރެވިހެން! ދެން ކޮންސިއްހަތެއް ކިޔާކަށް! މީހުން ލިޔެފައި ހުންނަ ކޮމެންޓްތައް ކިޔައިބަލަ! އެއްޗެއްވިސްނޭތޯ!
ތިތަ ބާބެލް އާއި ބެން ވޯކް ސް އޭކިޔާފަ އެތަނައް ވަންނީ ގިނައިން ބަންގާޅީން ވަދެ ދުވާމީހުންގެ ފޯނުކޯޅު ވަގައް ގެންދަނީ..ބާބެލް ހަދާ މިފަހަރު ގޭގައި މޮޅުވާހަކަ ނުދައްކާ..މެޖޯރިޓީ ދުވާމީހުން..އަގުނަގައިން ކުދިން ޓްރެނިން ކުރަން ޓްރެކް ބޭނުން ކުރަންޏާ ސަރުކާރައް ޓެކްސްގެ ގިތުގައި އަގުދައްކާ ގޮތައް ހެދުންވެސް ފެނޭ.. މިހާރު ފަތާފެންގަޑު ވިއްކާގެން ލާރިހޯދާ މީހުންވެސް ބައިވަރު.އެންމީހުންނައް ބޮޑުތުރާލެއް އެވެރިން މައް ވަކިގަޑިތަކެއް ހަމަޖައް ސާފަ ސަރުކާރައް ކޮންމެވެ ސް ފީ އެއް ނެގިން މުހިން..ކީކޭތޯ.
ކޮން ރާޖެތެރެއެއް މުޅިމާލޭގައިވެސް ހުރިހާ ތަނެއް ރަށުގައިވެސް ހުރިހާތަނެއް އަދިވެސް ރާއްޖެތެރެއޭ ކިޔައިގެން ގިނައިން ކާން..ގޮސް ރަށުގަތިބީމަ ދޯ ރައްތަރައްގީ ވާނީ ..
ޕްރެޒިޑެންޓް އޮފް މާލެ ތަ މިއުޅެނީ؟
މިއީ ހަމަ އެކަނި މާލޭ މީހުން ހޮވާފަ ހުރި މީހެއްތަ
ކޮވިޑޭ ކިޔައިގެން ބޭކާރު ވާހަކަ ދައްކަނީ... ކެނެރީގޭ ލާދީނީ ވައިރަސް ބޭނުން ވީމަ ކުރިސްމަސް އަދި އާއަހަރު ފާހަގަ ކުރަން ކުރިން ޕޮސިޓިވް ކޭސްގެ އަދަދު މަދު ކުރީ.. ބަނގުރާ ބޮއެ ހުރިހާ ކަމެއް ކޮށް ނިމުނީމަ އަނެއްކާވެސް ގިނަވަނީ.... ލާދީނީ ސަރުކާރު...ލޮލުގަ ގޮރު ގިނަވެގެން އުޅޭ އެއްޗެއް ވެރިއަކަށް ހުރީ.... އެމްޑީޕީ މީހުން ބާރަށް އަތް ޖަހާތި .......
ކަލޭ 4އަންބަށް މީހުންނާއިނުން އަމާޒަކަށް ހެދީމާ މާ ތާހިރުވާނެ!
އަމާޒު ނުވެޔޭ އިބުރާހީމާ
ރައީސް އަށް ދަންނަވާލަން އޮތީ
އަޅުގަނޑުމެންގެ ސިއްޙަތު ސަލާމަތަށް ތިޔަހާ ކަންބޮޑު ވެލަންވަންޔާ އަވަހަށް ފުލެޓްތަށް އޭގޭ ޙައްޤުވެރިންނަށްދީ އެމީހުންނަށް ލިބިފައިވާ ނުތަނަވަސް ކަމުން ސަލާމަށް ކޮއްދޭވީނޫންތޯއޭ ؟
ދުވާ ޓުރެކަށް ދެވޭނީ ހަމަޖެހިގެން ލިބޭއެއްޗަކުން ދެކޮޅުޖެހިގެން ނޫންތޯއޭ؟
ކުލި ދެއްކުމަށް ވަރަށް ބޮޑު ހޭދައެއް އެބަކުރަން ޖެހޭނޫންތޯއޭ؟
އޭ ރައިސް ފުރިހަމަ ބޯހިޔާވަހިކަމާ އަލަތު ކައިވެނި ކުރާ ކުދިން ބާއްޖަވެރިކަމާ މިނިވަން މާހައުލެއްގައި ދިރިއުޅޭނެ ފުރުސަތު ހޯދަދިނުމުން ފުރިހަމަ ސިއްހަތެއްގައި ބާއްޖަވެރި އާއިލާ ބިނާވެގެންދާނެ ރާއްޖޭގެ ދުޅަހެޔޮކަން ނެތިގެންދަނީ ކުދި ހޮރު ހޮރުގައި ކޮމްޕު ދޮށުގައި ތުއްތު ކުދިން ގުޅަވެށި ގެން ތިބެން ޖެހޭތީ ފެންފޯއްޕާކު ހަދައިގެން ދެމަފިރިން އަޗާ ތެޅުމުން ދިވެހިންނަށް އޮތީ ކޮން އުފަލެއް ސްމާޓް ސިޓީ ރައިސް ޔާމީން ހަދައިދިނީ ސަބަބު ތަކެއް އޮތީމަ
މީނަ މިހާތަނަށް ދެއްކި ވާހަކަ ތަކުގައި " މިއީ އަމާޒެއް" މި ޢިބާރާތް 100ފަހަރު ބުނެފި
ވަރަށް އިހުލާސްތެރިކަމާ އަދަބުވެރިކަމާއެކު ދަންނަވަން! އާދައިގެ ފަގީރު ރައްޔިތުންނަށް މިއޮއްފަދަ ދަތި ދުވަސްވަރު ރޭގަނޑު ހަމަނިދި ލިބޭ ގޮތް ހައްދަވައިދެއްވަފާނަންތޯ؟ ރޭގަނޑު މަގުހެދުމާއި އިމާރާތް ތަޅާ ތިރިކުރުން ހުއްޓުވާ ދެއްވަފާނަންތޯ؟
މިކަން ކޮށްދެއްވިއްޖެއްޔާ މަނިކުފާނަށް ހެޔޮ ރަޙުމަތް ލައްވާނެ.
އަންނަ އިލެކްސަނުގައި ވޯޓުވެސް ލިބޭނެ.