ގއ. ދާންދޫން އިތުރު ފަސް މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އެރަށު ކައުންސިލުން ވިދާޅުވީ، މިހާރު އެރަށުގައި ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު އަށަކަށް އަރާފައިވާ ކަމަށެެވެ.

އެރަށު ކައުންސިލް ރައީސް އިސްމާއިލް މުހައްމަދު "ވަގުތު"އަށް ވިދާޅުވީ، ދެއްވަދު ކޮވިޑް-19 އިހާއާ ގުޅިގެން އަދިވެސް ބައެއް މީހުން ސުންކު ނަގާ ނަތިޖާ ލިބިފައި ނުވާ ކަމަށެވެ. އަދި މިވަގުތު ކޮއިމަލާ ފެރީން ދަތުރު ކުރި މީހުންގެ ތެރެއިން ކަރަންޓީންވި މީހުންގެ ތެރެއިން ނަތީޖާ ލިބިފައިވާ ކަމަށާއި، އޭގެ ތެރެއިން ތިން މީހަކު ފައްސި ކަމަށް އިސްމާއިލް މުހައްމަދު ވިދާޅުވިއެވެ.

"ފެރީން އަޅުގަނޑުމެން ކަރަންޓީން ކުރިން 25 ވަަރަކަށް މީހުން، އޭގެ ތެެރެއިން ތިން މީހުންގެ ނަތީޖާ މިވަގުތު ލިބިފައި ވަނީ، އެތިން މީހުން ތެރޭގައި ހިމެނެީ، 11 އަހަރުގެ ކުއްޖަކާއި، 43 އަހަރުގެ މީހަކާއި 66 އަހަރުގެ މީހެއް. މި ތިން މީހުންނަކީވެސް އަންހެނުން". އިސްމާއިލް މުހައްމަދު ވިދާޅުވިއެވެ.

އަދި އެރަށުން ފައްސިވި ނުވަ އަހަރުގެ ކުއްޖާއާ ގާތުން އެއްތަވި މީހެއްގެ ގޮތުގައި ފާހަގަކުރެވުނު ނުވަ އަހަރުގެ ކުއްޖަކު ފައްސިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެރަށުގައި މިހާރު ކޮވިޑް-19 އަށް ފައްސިވި އަށް މީހުންގެ ތެރެއިން އެކަކަށް ފަރުވާދެމުން ދަނީ ކޮވިޑް-19 ފެސިލިޓީގައެވެ. އަދި ވިލިނގިލީގައި ހުއްޓާ ދާންދޫ އިހަލުގެ މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"ހުޅުމާލޭގައި އެބަ ހުރި އެކަކު، ވިލިނގިލީގައި އެބަ ހުރި އެކަކު، ދެން ތިބި އެންމެން މި ތިބީ ދާންދޫގައި، ޖުމްލަ އަށެއް". އޭނާ ވިދާޅުވިއެވެ.

އޭނާ ވަނީ އެރަށުން މިހާރު ވަކި ތަރުތީބެއް ނެތި ކޮވިޑް-19 އަށް ސުންކު ނެގުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި ރަށުގެ އާއްމު ހާލަތު ރަނގަޅު ނޫންކަމަށްވެސް ވިދާޅުވިއެވެ.