ގއ. ކޫއްޑޫގައި ފުޓުބޯޅަ ކުޅެން ހުރި ޒުވާނަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ.

ނިޔާުވެފައި ވަނީ ގއ. މާމެންދޫ އަހުމަދު ޝަރީފް ނަމަކަށް ކިޔާ ޒުވާނެކެވެ. އޭނާ ވަޒީފާ އަދާ ކުރަމުން ދަނީ ގއ. ކޫއްޑޫގެ ޖެޓީ ސުޕާވައިޒަރަކަށެވެ. އޭނާ ނިޔާވެފައި ވަނީ މިއަދު ހަވީރު 17:30 ހާއިރު އެވެ.

"ވަގުތު"އަށް މައުލޫމާތުދެއްވަމުން ކައުންސިލްގެ މެންބަރު ހަބީބް ހަސަން ވިދާޅުވީ، ކޫއްޑޫގައި ފުޓުބޯޅަ ކުޅެން ހުއްޓާ އޭނާ ގެނެސްފައި ވަނީ އިދިފުށަށް ވެއްޓިގެން ކަމަށެެވެ. ހަބީބް ވިދާޅުވީ، އެރަށަށް ގެނައިއިރުވެސް އޭނާ ނޭވާ ނުލާ ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.

"އެއިރަކު ނޭނގެ، ހާޓް އެޓޭކެއް ކަމެއް އިދިފުށަށް ވެއްޓިގެން ވިލިގިއްޔަށް ގެނައީ، ގެނައިރުވެސް ނޭވާ ނުލާ". ހަބީބް ވިދާޅުވިއެވެ.

ހަބީބް ފާހަގަކުރެއްވިގޮތުގައި، އެރަށުގައި ހުންނަ އެތެރެހަށީގައި ޑޮކްޓަރަކީ ރާއްޖޭގައި ހުންނަ އެންމެ ފުންނާބު އުސް އެއް ޑޮކްޓެރެެވެ.

"ކިރިޔާވެސް ޗާންސެއް އޮވެއްޖެއްޔާމުން، ހަމަ ނޭވާލެވާ ހެދޭވަރުގެ ޑޮކްޓަރެއް އެއީ، އެކަމަކު ގުދުރަތީ މަރެއްގައި ނުއެއް ހިފެހެއްޓޭނެތާ ދެއްތޯ، ނޭވާ ލާތޯ ކުރަން ޖެހުނު ހުރިހާ މަސައްކަތްތަކެއް ކުރި ޑޮކްޓަރުން، އެހެން ނަމަވެސް ވަރަށް ދެރަ، ހަމަ ނިޔާވެފައި އޮތީ ގެނެވުނުއިރުވެސް" ހަބީބް ވިދާޅުވިއެވެ.

މިހާރު އެ ޒުވާނާ ކޮވިޑް-19 އަށް ޓެސްޓު ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ާއަޅުގަނޑު

    إنا لله وإنا إليه راجعون

    120
    2
  2. ހުސޭނުބޭ

    ވަރަށް ހިތާމަވެރި ޚަބަރެއް! މަރުހޫމްގެ ފާފަފުއްސަވާށި!

    122
  3. ޢަހުމަދު

    ގއ. މާމެންދޫ އަށް ލިބުނު ވަރަށްބޮޑު ހިތާމައެއް
    ތުއްތު 2 ކުދިންގެ ބައްޕައެއް...އެއްމެންނާ ގުޅޭ އަހުލާގު ރަގަޅު ހިތްހެޔޮ މީހެއް.
    މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ދަރަޖަ މިންވަރު ކޮއްދެއްވާންދޭވެ..

    112
    1
    • ީިިިާީދ

      إنا لله وإنا إليه راجعون

      15
  4. ފެކްޓް

    اللهم اغفره وارحمه
    އާއިލާއަށް ކެތްރލެރިކަން މިންވަރު ކުރައްވށި! اللهم امين
    ކެތްތެރި ވެލައްވާ!

    69
  5. މަރިޔަމް

    އަހުމަދުގެ ކުއްލި މަރަކީ މުޅި މާމެންދޫ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތާމައެއް. އެއީ ހިތްހެޔޮ އަޚްލާޤެއްގެ ވެރިއެއް. މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާށި! އާމީން

    65
  6. ކަންބޮޑުވެފައި

    إنا لله وإنا إليه راجعون
    މިފަދަ ކުއްލި މަރުތަކުގެ އަސްލު ސަބަބު ދެނެގަތުމަށް އޮޓޮޕްސީ ހަދަން އަދިވެސް ނުވޭތޯ؟ މިކަމާ އެއްވެސް ބަޔަކު ކަންބޮޑުނުވޭތޯ؟ މިފަދަ ކަންކަން ތަހުގީގު ކުރުމަށް މަޖިލިސް ކޮމިޓީއެއް ނޯވޭތޯ؟

    56
    3
    • ޑިންޑިން

      ފަހުޒަމާނަށް އައިސް ކުއްލި މަރު ގިނަވާނެ. ވިސްނާ ފިކުރު ކުރާ ބަޔަކަށް އިބުރަތެއް

      15
  7. ދިރިތިބި މީހުނަށް ޢިބުރަތެއް

    إنا لله وإنا إليه راجعون

    55
  8. އާމިނާ

    إنا لله وإنا إليه راجعون

    24
    • ޑިންޑިން

      ފަހުޒަމާނަށް އައިސް ކުއްލި މަރު ގިނަވާނެ. ވިސްނާ ފިކުރު ކުރާ ބަޔަކަށް އިބުރަތެއް

      11
  9. ޓައްޕު

    إنا لله وإنا إليه راجعون

    25
  10. އަހުމަދު

    اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْن
    މާތް اَللّٰهُ , މައްޔިތާގެ އެއްމެހާ ފާފަތައް ފުއްސަވައި ހެޔޮ ރަޙްމަތް ލައްވައި ސުވަރުގެ މިންވަރު ކުރައްވާށި! ޢާއިލާއަށް ކެތްތެރިކަން ދެއްވާށި! آمیـــــــــــــن

    30
  11. އަހުމަދު

    اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْن
    މާތް اَللّٰهُ މައްޔިތާގެ އެއްމެހާ ފާފަތައް ފުއްސަވައި ހެޔޮ ރަޙްމަތް ލައްވައި ސުވަރުގެ މިންވަރު ކުރައްވާށި! آمیـــــــــــــن

    33
  12. އެމްއެންޑީއެފް މީހެއް

    އައްމަޑޭއަކީ ރަނގަޅު ރައްޓެއްސެއް، ހިތްހެޔޮ މީހުންނާ ގަުޅޭ އަހްލާގް ރަގަނޅު މީހެއް. އައްމަޑޭގެ އާއިލާއަށް ކެތްޔެރިކަންދެއްވާ އައްމަޑޭއަށް ދާއިމީ ސުވަރުގެ މިންވަރު ކުރައްވާށި

  13. ބާކޮލި

    ދެރަ. އަދިވެސް މިފަދަ މަރުތަކުގެ ސަބަބު ދެނެގަނެ އެކަމުގެ ސްޓަޑީއެއް ރިސާރޗެއް ކުރަން އެއްވެސް ކަމާ ގުޅުން ހުރި އިދާރާއަކުން މަސައްކަތް ނުކުރާތީ އަދި މާ ދެރަ. އެމީހަކާ އެމީހެއް ޤައުމަކަށް މިތަން ވެ ނިމިއްޖެ.

    8
    1
  14. Anonymous

    إنا لله وإنا إليه راجعون

    ދޮންބެ 💔