މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 87 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ފައްސިވި މީހުންގެ ތެރެއިން 30 މީހުން ފައްސިވީ މާލެއިންނެވެ. 13 މީހަކު މީހުން ދިރިއުޅޭ ރަށްތަކުން ފައްސިވެފައި ވާއިރު ރިސޯޓްތަކުން މިއަދު 41 މީހަކު ފައްސިވިއެވެ. އަދި ސަފާރީއަކުން ތިން މީހަކު ވަނީ ފައްސިވެފައެވެ.

މިއަދު 87 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 3331 މީހަކު ކޮވިޑް-19 އަށް ޓެސްޓް ކޮށްގެންނެވެ. މިއަދަކީ ނޮވެމްބަރ މަހުގެ 23 ވަނަ ދުވަހު 150 މީހަކު ކޮވިޑް-19 އަށް ފައްސިވި ފަހުން ރާއްޖެ އިން އެންމެ ގިނަ މީހުން ފައްސިވި ދުވަހެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 31 މީހަކު މިއަދު ވަނީ ބަލިން ރަނގަޅު ވެފައެވެ.

ކޮވިޑް-19 ޖެހިފައި ތިބި މީހުންގެ އަދަދު ނުވަތަ އެކްޓިވް ކޭސްގެ އަދަދު މިއަދު ވަނީ 901 އަށް އަރާފައެވެ. މިއީ ޑިސެމްބަރ މަހުގެ 03 ވަނަ ދުވަހަށް ފަހު އެކްޓިވް ކޭސްތަކުގެ އަދަދު 900 އަށްވުރެ މައްޗަށް އެރި ފުރަތަމަ ފަހަރެވެ. މިހާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު ވެސް އަންނަނީ ދުވަހުން ދުވަހަށް އިތުރު ވަމުންނެވެ. މިހާރު 68 މީހަކު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އެބަގެންދެއެވެ.

ކޮވިޑް-19 ޖެހިގެން މިހާތަނަށް ރާއްޖެ އިން 49 މީހަކު ނިޔާވެފައި ވެއެވެ. އެންމެ ފަހުން ކޮވިޑް-19 ޖެހިގެން މީހަކު ނިޔާވީ މިމަހުގެ 07 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    އަދިވެސް އެއްތާކު އެއް ގަނޑެއް ގަނެފަ އަނެއްތާކު އަނެއް ގަނޑެއް ގަނެފަ އަތް ޖަހަން ތިބޭ🙄👏🏽 ރާއްޖޭގަ އެންމެންނަށް ބަލިޖެހުނީމަ ނޫނީ ފިޔަވަޅުތައް ހަރުކަށި ކުރަން ވިސްނާވެސް ނުލާތި😡 ޝުކުރިއްޔާ އެޗްޕީއޭ😪😐

    11
    2
  2. ާހައިރާން

    ޢަދިވެސް ނުވޭތޯ ސްކޫލްތައް ބަންދު ކުރަން
    ކިހާ ވަރެއް ވަންދެންތޯ މަޑު ކުރައްވާނީ

    11
    1
  3. ގެނޭގެނޭ

    އަދި ވެސް ބޮޑަށް ހުޅުވާލާ! މާސް އިންވެސް މީހުނެ ގެނޭ! ހަނދުންވެސް

    12
    1
  4. ކިޔުންތެރިއެއް

    މައިންބަފައިން ބިރުން އެމީހުންގެ ދަރިން ސުކޫލަށް ނުފޮނުވާފިއްޔާ ކުއްވެެރިވަނީ މައިންބަފައިން. ސަރުކާރުގެ ނާގާބިލްކަމުން ކޮވިޑުގެ އަދަދުތަށް އިތުރުވަމުން ދާއިރުވެސް ހުރިހާ ގުރޭޑުތަކަށް ސުކޫލުތަކުގަ ކިޔަވާދޭން ބޭނުންވަނީ އަނެއްކާވެސް ބޮޑު ލޮކްޑައުންއަކަށް ރާއްޖެ ގެންގޮސް ކޮވިޑުގެ ވައްކަމާ ކޮރަޕްޝަންތައް އިތުކުކޮށްލަން. މިއަހަރަށްވެސް ރަނގަޅު ޕުލޭނެއް އޮތީތޯޗެ. މިސަރުކާރު މިގޮތައް ވެރިކަމުގައި ތިބެންބޭނުން ވަނީ.

    11
    1