އެމްބީބީއެސް ނިންމާފައިވާ ޑޮކްޓަރުން މެޑިކަލް އިންޓާންޝިޕް ހެދުމުގެ ފުރުސަތު އައިޖީއެމްއެޗް އިން ހުޅުވާލައިފިއެވެ.

އައިޖީއެމްއެޗް އިން ކުރި އިއުލާނެއްގައި ބުނީ މެޑިކަލް އިންޓާރންޝިޕް ޕްރޮގްރާމްގެ 20 ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މެޑިކަލް އިންޓާރންޝިޕް ހެދުމުގެ ފުރުސަތު އައިޖީއެމްއެޗް އިން ފުރަތަމަ ހުޅުވާލީ 11 ޖަނަވަރީ 2018 ގައެވެ. މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމްގެ ފަސްވަނަ އިންޓޭކް (17 މާރިޗު 2021) ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު 17 ޖެނުއަރީ 2021 އިން ފެށިގެން 28 ފެބްރުއަރީ 2021 ވަނަ ދުވަހުގެ 23:59 ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށް އެހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

އިންޓާރންޝިޕް އަށް އެދި ހުށަހެޅުމުގެ ޝަރުތު:

  1. މެޑިކަލް ކޮލެޖް/ޔުނިވާރސިޓީ އިން ދޫކޮށްފައިވާ އެމް.ބީ.ބީ.އެސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓް އޮތުން
  2. މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" ސެޓްފިކެޓް އޮތުން

ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1. މެޑިކަލް ކޮލެޖް/ޔުނިވާރސިޓީ އިން ދޫކޮށްފައިވާ އެމް.ބީ.ބީ.އެސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓްގެ އެޓެސްޓެޑް ކޮޕީ
  2. މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްއިން ދީފައިވާ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" ގެ އެޓެސްޓެޑް ކޮޕީ
  3. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑު / ޕާސް ޕޯޓް ކޮޕީ.
  4. ޕޮލިސް ކްލިއަރެންސް ކޮޕީ
  5. 1 ޕާސްޕޯޓް ސައިޒް ފޮޓޯ

މެޑިކަލް އިންޓަރންޝިޕަށް އެދިލައްވާ ފަރާތްތަކަށް އައިޖީއެމްއެޗްގެ ވެބްސައިޓުން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ. އަދި [email protected] އަށް ކުރެއްވުމުން އެޕްލިކޭޝަން ފޯމް މެއިލް ކުރެވޭނެއެވެ. މީގެ އިތުރުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން 12:00 އަށް މެޑިކަލް އިންޓަރންޝިޕް އޮފީހުން އެޕްލިކޭޝަން ފޯމް ލިބެން ހުންނާނެއެވެ.

މެޑިކަލް އިންޓާރންޝިޕްއަށް އެދި ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް ހުރިހާ ލިޔެކިޔުންތަކާއި އެކު ހުށަހަޅާނީ އައިޖީއެމްއެޗް މެޑިކަލް އިންޓަރންޝިޕް ސެކްރެޓޭރިއެޓް އޮފީހުގެ މެއިލް [email protected] އަށެވެ. އިންޓާންޝިޕްއަށް ކުދިން ހޮވުމުގައި އިސްކަން ދެވޭނީ ފޯމް ހުށަހަޅާ ތަރުތީބުންނެވެ.

އައިޖީއެމްއެޗް އިން ވިދާޅުވީ އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3335191 ފޯން ނަންބަރަށެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަނާ

    ތިޔަ ޖާގަތައް އޮތީ ފުލްވެފައި. ދިވެހި ދަރިވަރުން ކިއުގައި ތިބެމެ ބޭރުގެ މީހުންނަށް ވެސް ފުރުސަތުދޭކަން ފާހަގަކުރަން