މިފަހަކަށް އައިސް، އުޅަނދު ފަހަރު އެޅުމަށްޓަކައި، މޫދުގައާއި ކަނޑުގައި އަޅާފައިވާ ވައުތަކުގައި ތާށިވެ، އެންމަޑި މަރުވަމުންދިއުމުގެ ހާދިސާތައް އިތުރުވަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށް އީޕީއޭ އިން ބުނެފިއެވެ.

އީޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ އުޅަނދު ފަހަރު އެޅުމަށްޓަކައި، މޫދުގައާއި ކަނޑުގައި އަޅާފައިވާ ވައުތަކުގެ ސަބަބުން އެންމަޑި ފަދަ ކަނޑުގެ ބޮޑެތި ދިރުންތަކަށް ގެއްލުންނުވާނެ ގޮތަށް، މިފަދަ "މޮރިންގ ސިސްޓަމް"ތައް ފަރުމާ ކޮށް އެޅުމަށް އިލްތިމާސްކުރަ ކަމަށެވެ. އެންމަޑި، ވައިފިޔަމަޑި އަދި މަޑީގެ ބާވަތްތަކަކީ ރާއްޖެއަށް ތިމާވެށީގެ ގޮތުންނާއި އިގްތިސޯދީ ގޮތުން މުހިންމު ދިރުންތަކަށްވާއިރު، އެތަކެއްޗާއި އެތަކެތީގެ މާހައުލު ހިމާޔަތް ކުރުމުގައި އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށް ވެސް އީޕީއޭ އިން ބުންޏެވެ.

އީޕީއޭ އިން ބުނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ރ) ގެ ދަށުން ދިރޭ ތަކެތީގެ ނަސްލު ރައްކާތެރިކުރުމުގެ ގޮތުން ކަނޑުގެ މާހައުލުގައި އުޅޭ މަޑީގެ ހުރިހާ ބާވަތެއް 15 ޖޫން 2014 ގައި ވަނީ ހިމާޔަތްކޮށް، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ އިއުލާނުން ވަނީ ޢާންމުކޮށް އަންގައި އިއުލާނުކޮށްފައެވެ.

މިގޮތުން ރާއްޖެއިން ފެންނަ އެންމަޑިގެ ދެބާވަތަކީ (އިންޓަރ ނޭޝަނަލް ޔޫނިއަން ފޯރ ކޮންޒަވޭޝަން އޮފް ނޭޗް) އައިސީޔޫ،އެން ރެޑްލިސްޓް ގައި "ވަލްނަރަބަލް" ދިރުންތަކެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ދިރުންތަކެވެ.

އީޕީއޭ އިން ވަނީ ވައުތަކުގައި ޖެހި މަރުވެފައިވާ މަޑިތަކެއްގެ ފޮޓޯ ވެސް ޓްވިޓާގައި އާއްމު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. DHONA

    4ކޭ ކިއާފަ މުސާރަކާލަކާލަ ތިބޭ...ދޫނިވެސް ވެލާކަހަނބު ވެސް ހުރީ ހިމާޔަތް ކޮއްފަ އެހެޔޮ އަރާނެރަށެއް ފިނޮޅެއް ނެތަސް.....ހުރިހާތަނެއް ޓުއަރިޒަމަށް ވިއްކާފަ....

  2. އަހްމަދު

    އިންސާނުން ނޫން އެހެން ހުރިހާ އެއްޗެއް ހިމާޔަތްކުރެވިިފަ
    މަސް، ގަސް، ދޫނި، ރައްތައް ދެންކިޔާނެ ކަމެއް

    މީހަކު ހެޔޮ ނޮޅައިގެން ކެޔަސް އެއްކަމެއްވެސް ނުވާނެ.

    މިއޮތީ ވާ އީ.ޕީ.އޭ އެއް

  3. ކެޔޮޅު

    އީޕީއޭ ތީ ކީއްކުރާ ބައެއް...ދައުލަތުން ލާރި ނަގައިން ހަމަ ތިބެނީ

  4. މީހާ

    ދެން މަމެންވީ ދޯނީ ބާއްވާފައި އޮންނައިރު ވައު ނާޅަ ބައްވަންތަ؟ ކޮބާތަ މަމެންގެ ހައްޤުތަށް؟

    8
    1
  5. ވެރިން

    ތިބުނާ ކަހަލުގެ "މޮރިންގ ސިސްޓަމް" އެއް އީޕީއޭ އިން ޑިޒައިން ކޮއްލަ ދޭންވީނޫން