މީރާގެ ހުޅުމާލެ އޮފީސް ފަޅާލައި 37,000 އަށްވުރެ ގިނަ ރުފިޔާ ވަގަށް ގެންގޮސްފިއެވެ.

ފުލުހުން ވިދާޅުވީ އެ އޮފީސް ފަޅާލިކަން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 8:00 ހާއިރު ކަމަށެވެ.

އަދި އެ އޮފީހުން 37,000 ރުފިޔާ އާއި ރެވެނިއު ސްޓޭންޕްތަކެއް ވަގަށް ގެންގޮސްފައިވާކަމަށް ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިކަމާްއި ގުޅިގެން މީރާގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

ފުލުހުން ވިދާޅުވީ, މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޅަބޭ

  ޖަލުން ދޫކޮއްލި ޕާޓޭ، ގޭންގުސް ސްޓާރު ކުދިންގެ އަތްތެރި މަސައްކަތްތައް ތީ. އެންޖޯއީ!

 2. ޢަލިބެ

  ޢެއެޗެއް ހޯދާ ފަ ހުރިގޮތަކަށް އެއްޗެއް ދާނީ

 3. ޝަވީލް

  މީރާއަކީ މީހުންގެ ހަލާލް ފައިސާ ގަދަކަމުން އަތުލާތަނެއް.. އެއްވެސް މީހަކުގެ ހަލާލްފައިސާ އެމީހަކުގެ ނުރުހުމުގައި ނެގުމުގެ ހައްގު އިސްލާމްދީނުގައި ދީފަކާއެއްނުވޭ.. މީހާގެ މުދަލާއި ފައިސާއިން ނެގޭނީ ހަމައެކަނި ޒަކާތް.

 4. RIZVY

  ޖަލުން ނިކުންނަ މީހުން އެކަނިތަ ވަކަން ކުރަނީ

 5. ރިޒްވީ

  ޖަލުން ނިކުންނަ މީހުން އެކަނިތަ ވަކަން ކުރަނީ