މާފުށި ކައިރި އޮތް ސަފާރީއެއްގައި އަލިފާން ރޯވެއްޖެ އެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ, އެ ސަފާރީގައި ރޯވެގެން ސިފައިން ހަރަކާތްތެރިވަމމުންދާ ކަމަށެވެ. އަދި މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ 13:24 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވި, ލޯންޗް މިހާރު މާފުއްޓަށް ދަތުރު ކުރަމުންދާ ކަމަށެވެ.

"އެހެން ލޯންޗްއަކުން ސަފާރީގައި ތިބި މީހުން ނަގާފައިވާކަމަށް. އަދި މިހާރު ސަފާާރީން ދުން އަރާތަން ނުފެންނަ ކަމަށް އާއްމުން ފަރާތަކުން އެމްއެންޑީއެފްއަށް ގުޅާ ދެންމެ އިންފޮމޭޝަން ދީފައި ވަނީ". އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މި ހާދިސާގައި އެކަކު ވަނީ ފިހިފައެވެ.

އެމްއެންޑީއެފް އިން ވަނީ އެ ސަފާރީގައި ރޯވި އަލިފާންގަނޑު 14:17 ހާއިރު ނިއްވާލާފައެވެ.