ރާއްޖެއަށް އެތެރެކުރާ އަދި ރާއްޖެއިން ބޭރުކުރާ ނަގުދު ފައިސާގެ މުއާމާލަތްތަކުގެ ތެރެއިން 10،000 ޑޮލަރަށްވުރެ މަތީގެ މުއާމަލާތެއް ކުރާނަމަ، ކަސްޓަމްސް އަށް ރިޕޯޓުކުރަން ޖެހޭ ގޮތަށް މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން ގެނައި ބަދަލަށް މިއަދުން ފެށިގެން އަމަލު ކުރަން ފަށައިފިއެވެ.

މިއާއެކު ރާއްޖެއިން ބޭރުކުރާ ނުވަތަ ރާއްޖެއަށް އެތެރެކުރާ ފައިސާގެ އަދަދު 10،000 އެމެރިކާ ޑޮލަރަށްވުރެ އިތުރުވާނަމަ، ރިޕޯޓުކުރުން ލާޒިމު ވާނެ ކަމަށެވެ.

އެހެންކަމުން މިއަދުން ފެށިގެން 10،000 އެމެރިކާ ޑޮލަރަށްވާ މިންވަރު ކޮންމެ ގައުމެއްގެ ފައިސާއިން އެތެރެކުރި ނަމަވެސް ނުވަތަ ބޭރުކުރި ނަމަވެސް ކަސްޓަމްސަށް ރިޕޯޓުކުރަންޖެހޭނެއެވެ.

ރިޕޯޓުކުރަންޖެހޭ ފައިސާއެއް ރިޕޯޓުނުކުރާ ހާލަތުގައި އެ ފައިސާއަކީ ނިރުމަވެރިކަމާއި ނުވަތަ މަނީ ލޯންޑަރިންއާ ގުޅުންހުރި ފައިސާއެއް ކަމުގައި ބެލެވޭ ހާލަތްތްކުގައި ރާއްޖެއިން އެތެރެކުރާ ނުވަތަ ބޭރުކުރާ ފައިސާ ހިފެހެއްޓުމުގެ ބާރު ކަސްޓަމްސް އަށް ލިބޭނެ ކަަމަށް އެ ބޭންކުން ވަނީ ވިދާޅުވެފައެވެ.

"ރާއްޖެއަށް އެތެރެކުރާ އަދި ބޭރަށް ގެންދާ ނަގުދު ފައިސާ ރިޕޯޓްކުރުމުގެ ގަވާއިދު" 2015 ވަނަ އަހަރު އެކުލަވާލުމަށް ފަހު ރިޕޯޓުކުރަން ޖެހޭނީ، 300،000 އަށްވުރެ ގިނަ އެމެރިކާ ޑޮލަރު ރާއްޖެއިިން ބޭރުކުރާނަމަ ނުވަތަ އެތެެރެކުރާނަމައެވެ. އޭރު ގަވައިދު އޮތީ ކޭޝް ޑިކްލަރޭޝަން ފޯމެއް ހުށަހަޅަން ޖެހޭ ގޮތަށެވެ.

މަނީ ލޯންޑަރިންނާއި ނިރުބަވެރި ފަދަ ކުއްތައް ހުއްޓުވުމަށް މީގެ ކުރިންވެސް އެކި ފަހަރު މަތިން މި އަދަދު ވަނީ ދަށްކޮށްފައެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭގައިި މި އަދަދު ވަނީ 20،000 ޑޮލަރަށް ދަށްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަނާ

    ޗައިނާގައި އަހަރެން ކިޔަވަން އުޅުނުއިރު 200 ޑޮލަރުގެ ޕޮކެޓް މަނީއެއް ލިބޭ. އަހަރެންނަށް ބޭންކުގައި މުވާމަލާތްކުރެވެނީ 200 ޑޮލަރަށް ވާވަރަށް ވަރަށް ހަރުދަނާ ބޭންކުގެ ނިޒާމް ، އެކަމަކު މިރާއްޖޭގައި ބަންގާޅުން ހެޔޮ ކިތަންމެ ވަރަކަށް ލާރި އެކައުންޓަށް ޖަމާވިޔަސް މަށަށް ހޭ ވެސް އަހާނުލާތި ހިތާމަކުރަން. ރާއްޖޭތެރޭ އެއްތަނުން އަނެއްތަނަށް ފަސޭހަކަމާއި އެކު ބަންގާޅުންނަށް ކޮމިޝަން ދީނީމާ ފައިސާ ލިބޭ. އަހަރެން ގޭ ކައިރީހުރޭ މިހަކު އެނާގެ މުސާރައަކީ 250 ޑޮލަރު ، އެކަމަކު އޭނަ މީހަކު 15000ރ ބޭނުން ވިޔަސް މާލެއިން ރުފިޔާ ހަވާލުކުރާއިރަށް ދޫކޮށްލާ. ކައުންސިލްތަކުން މިކަހަލަ ކަންކަން ނުބަލާ ދޫކޮށްލާފައިވާނީ ، މިއީ ވަރަށް ނުރައެްކާތެރިކަމެއް އަސްލު. ދިވެހިން ދިވެހި ޤައުމުގައި ނިކަމެތިވެފައި

  2. ފަހުމީ

    މިގައުމުގައި މުއްސަނދި ރިސޯޓް ހިންގާ ވިޔަ ފާރި ވެރިން ޔޫރަޕަށް ގައުމުން ބޭރުކުރާ ޑޮލަރު ހުއްޓުވާލަބަލަ ބާރެއް ހުރިއްޔާ

    1
    1