ކ. މާފުށި ކައިރީ އޮތް ސަފާރީއެއްގައި ރޯވެ ހިނގި ހާދިސާގައި، އެ ސާފާރީިގެ ވެރިޔާ ފިހިއްޖެ އެވެ.

އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ އޯޝަން ޑިވައިން މޯލްޑިވްސް ސަފާރީގައެވެ. އަދި ރޯވެފައި ވަނީ އެ ސަފާރީގެ އިންޖީނު ރޫމްގައެވެ.

އެ ސަފާރީގައި ރޯވެގެން އެމްއެންޑީއެފް އަށް ރިޕޯޓްކޮށްފައި ވަނީ 13:24 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. އަދި އެމްއެންޑީއެފްގެ ލޯންޗްގެ މަސައްކަތުން އެ އަލިފާންގަނޑު 14:17 ހާއިރު ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވިގޮތުގައި، އެ ހާދިސާ ހިނގިއިރު، ސަފާރީގައި 13 ގެސްޓުންނާއި، ފަސް ވަޅުވެރިން ތިއްބެވެ.

އެމްއެންޑީއެފް ދިން ވިދާޅުވީ، ފިހުނީ ސަފާރީ ވެރިޔާ ކަމަށާއި، އޭނާއަކީ ބިދޭސީ ފިރިހެނެއް ކަމަށެވެ. އަދި ފިހުނު އެ މީހާ މާފުއްޓަށް ލޯންޗެއްގައި ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. މީހާ

  ޢިޓްސް އޯޝަން ޑިވައިން

  5
  1
 2. ބެރިޔާ

  ބޭރުމީހަކަށް ސަފާރީގެ ވެރިއަކަށް ޤާނޫނީ ގޮތަކުން ނުވެވޭނެ

  19
  1
 3. ފަތުރު

  ސަފާރީގެ ވެރިޔާއެެވެ ތިބާ އިސްލާހުވެ އަނބިދަރިންނަށާ ތިމާ ބަނޑަލާ އެތިކޮޅީ ޙަލާލް ތަކެތި ކަމަށް ހެދުމީ ތިމާގެ ދެދުނިޔޭގެ ބާއަޖަވެރި ވުމަށް ކޮންމެހެން ކުރަން މަޖުބޫރު ކަމެކެވެ ،ތިޔަ އަލިފާނުން ސަލާމައްވި ކަމަށްޓަކާ ﷲ އަށް ޝުކުރުވެރިވެ ތައުބާވެ ތިކަމުގެ ފައިދާ ނާގާ ބަނގުރާ ވިއްކާނަމަ އެކަން ހުއްޓާލާ ތިމާ މުދާ ހަލާލް ކުރާށެވެ .ނޫންނަމަ ދެން އަތުވެދާނެ ރާޅަކުން ސަލާމަށް ނުވެދާނެއެވެ .އޭރުން ފުރުސަތު ގެއްލުނީއެވެ.

  16
  2
 4. ފިޓް

  ބޭރު މީހުންނަށް ނުކުރެވޭ ވިޔަފާރި އެއް ނެތް ދޯ. އެހެން ގައުމުތަކުގައި ހާދަ ރެސްޓްރިކްޝަން އޮވެއޭ ބޭރު މީހުންނަށް ވިޔަފާރި ކުރަން. އިންޑިއާގައި ބޭރު މީހަކަށް ކުދި ވިޔަފާރިތަކަށް ވަނުމަކީ ވާނެ ކަމެއް ނޫން. އަހަރެމެން ގައުމުގައި ބިދޭސީންނަށް އެއްވެސް ލިމިޓެއް ނެތް. ނަތީޖާއަކީ މާލޭގެ ބިންވެރިން ފިޔަވައި އާންމު ދިވެހިން ނިކަމެތިވުން.

  15
  1
 5. ކާނަލް

  އިންޑިއާ މިގައުމު ހިފައިފި.

  4
  1