ފިރިމީހާގެ ލަގްޒަރީ ކާރު ވަގަށް ނެގި ކަމަށް ބުނެ، އޭނާގެ އަނބީހާއާ ދެކޮލަށް މައްސަލައެއް ކުވައިޓްގެކޯޓަކަށް ހުށަހަޅައިފިއެވެ. އެ ކޯޓުން މިހާރު ވަނީ އެ އަންހެން މިހާގެ މައްސަލަ ދޫކޮށްލާފައެެވެ.

އެ އަންހެން މީހާގެ މައްޗަށް އޭނާގެ ފިރިމީހާ ތުހުމަތުކޮށްފައި ވަނީ، އޭނާގެ ބެލުމުގެ ދަށުގައި ހުރި ފިރިމީހާގެ ކާރު ވަގަށް ނެގައި، އޭނާއާ ދެމީހުންގެ ދެމެދުގައި އޮތް އިތުބާރު ގެއްލުވާލި ކަމުގެ ތުހުމަތެވެ.

އެ ފިރިހެން މީހާ ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ، އޭނާ ޖަރުމަން ވިލާތުން ގަތް އަގުބޮޑު ކާރު ގަތުމަށްފަހު، ބެހެއްޓީ އަންހެން މީހާގެ ބެލުމުގެ ދަށޔގައި ކަމަށެވެ. އެހެން ނަމަވެސް އޭނާ އެ ކާރު ފިރިހެން މީހާއަށް އަނބުރާ ދޭން ދެކޮޅު ހެދި ކަމަށް އޭނާ ބުންޏެވެ. އަދި އެކަމާއި ދެ މީހުންގެ ދެެމެދުގައި އިތުބާރު ގެއްލުނު ކަމަށްވެސް ބުންޏެވެ.

އެ ފިރިހެން މީހާ ބުނެފައިވާގޮތުގައި، އެ ދެމީހުންގެ ދެމެދުގައި ކައިވެނީގެ މައްސަލަތައް ޖެހުނެވެ. އަދި އޭނާ އެކަން ހައްލު ކުރުމަށް އުޅުނު ކަމަށާއި، އަދި ވަކިން ހާއްސަކޮށް ކާރު ވަަަގަށް ގެންދިޔަ މައްސަލާގައި ވާަހަކަދެއްކިއެވެ. ނަމަވެސް އެ އަންހެން މީހާ ވަނީ އެ ކާރު އޭނާއަށް ދޭން ދެކޮޅު ހަދާފައެވެ.

ކޯޓުން އެ އަންހެން މީހާއާ ސުވާލު ކުރުމުން، އެ އަންހެން މީހާ ބުނީ، އެ ކާރު ދޭން އޭނާ އަންގާފައި ނުވާ ކަމަށާއި،ނަމަވެސް އެ ކާރު އޭނާއަށް ދޭން އެއްވެސް ހުރަހެއް އޭނާގެ ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބިންގޯ

    މީ ކޯޗެއް ތޯ. ހަބަރު ތޯ.