އިޓަލީ ވިލާތުގެ ކުކުޅާއި ޓާރކީ ފިޔަވައި އެހެން އެއްގަމު މަހުގެ ބާވަތްތައް ހިމެނޭ "ސަލާމީ" ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރްގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އަންގައިފިއެވެ.

އެމްއެފްޑީއޭ އިން ބުނީ، އިޓަލީ ވިލާތުގެ އުފެއްދުމެއް ކަމަށްވާ "ސަލާމީ" ސެލްމޮނެއްލާ' (Salmonella) ޖަރާސީމުން ތަޣައްޔަރުވުމުގެ ފުރުސަތު އޮތް ކަމަށެވެ. އަދި އެ އުފެއްދުން ރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މަޢުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޮރ ފުޑް އެންޑް ފީޑްއިން އެ އޮތޯރިޓީއަށް އަންގާފައިވާ ކަމަށް އެމްއެފްޑީއޭ އިން ބުނެފައި ވެއެވެ.

އަދި މިއެލާޓްއާ ގުޅިގެން މިއުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސް ގެ މިންވަރު ބެލުމުގެ މަސައްކަތް މިއޮތޯރިޓީން ކުރަމުންދާ ކަމަށް އެމްއެފްޑީއޭއިން ބުނެފައި ވެއެވެ.

އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިޓަލީ ވިލާތުގެ ކުކުޅާއި ޓާރކީ' ފިޔަވައި އެހެން އެއްގަމު މަހުގެ ބާވަތްތައް ހިމެނޭ
ސަލާމީ' އެ ތޯރިޓީން ވަކިގޮތެއް އަންގަންދެން ނުވިއްކުމަށާއި ބޭނުންނުކުރުމަށް ވަނީ އަންގާފައެވެ.