ކޮވިޑް-19 ގެ ބަލިމަޑުކަމާއި އޭގެ ސަބަބުން ކުރިމަތިވެފައިވާ އިގްތިސާދީ އަދި މާލީ ތަދުމަޑުކަމުގެ ހާލަތުގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވަން އުޅޭތީ ކަންބޮޑުވުން ފާޅުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު ސަލީމް (ސައްލެ) ދެއްކެވި ވާހަކަފުޅަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޒާރު ރައްދު ދެއްވައިފިއެވެ.

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލިޔަސް އިންތިހާބު ބޭއްވޭ ގޮތަށް ކައުންސިލް އިންތިހާބުގެ ވަގުތީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުން ސައްލެ ވަނީ މި ހާލަތުގައި އިންތިހާބު ބާއްވާނަމަ އިތުރު ހަރަދުތައް ކުރަން ޖެހޭނެ ކަން ފާހަގަކުރައްވައިފައެވެ. އަދި މާލީ ގޮތުން މި ދަތި ހާލަތުގައި މި ހަރަދުތައް ކޮށްގެން އިންތިހާބު ބޭއްވުން މުހިއްމުތޯ ސައްލެ ސުވާލު ކުރެއްވިއެވެ.

މި ވާހަކައަށް ރައްދު ދެއްވައި، އައްޑޫ ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓް އަލީ ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލީ ގޮތުން މި ދަތި ދުވަސްވަރު ރައްޔިތުންގެ މަޖިލީސް އެއް އަހަރު ދުވަހަށް ސަސްޕެންޑްކޮށްފައި ބާއްވައިފިނަމަ ދައުލަތަށް 900 މިލިއަން ރުފިޔާ ސަލާމަތް ވާނެ ކަމަށެވެ. އަދި އެ ކަން ކުރައްވަން އެއްބަސްވެވަޑައިގަންނަވާނަންތޯ ސައްލެއަށް އޭނާ ސުވާލު ކުރައްވައެވެ.

ނިޒާރު އެ އިޝާރާތް ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ހިންގުމުގެ ހަރަދުގެ އިތުރަށް މަޖިލީހުގެ މެންބަރުންގެ މުސާރައާއި އިނާޔަތްތަކަށް ހިނގާ ހަރަދުތައް ވެސް ހިމެނޭ ގޮތަށް ކަމަށް ބެލެވެއެވެ. އެކަމަކު މި ހާލަތުގައި މަޖިލީހުގެ މަސައްކަތް ވެސް އަދި އިންތިހާބުގެ ކަންކަން ވެސް ހުއްޓިގެން ވާނެ ކަމަކަށް ނިޒާރު ގަބޫލެއް ނުކުރައްވައެވެ.

މި އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓްގައި ކައުންސިލް އިންތިހާބުގައި އަންހެނުންގެ ތަރައްގީގެ ކޮމިޓީތަކުގެ އިންތިހާބު ބޭއްވުމަށް 51 މިލިއަން ރުފިޔާ ހިމަނާފައިވާއިރު، 70 މިލިއަން ރުފިޔާގެ ބަޖެޓެއް ލިބިގެން ނޫނީ އިންތިހާބު ނުބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވެއެވެ. އެކޮމިޝަނުން މިހެން ވިދާޅުވެފައިވަނީ ކޮވިޑް-19 ގެ ހާލަތު އޮތުމުން އަޅަން ޖެހޭ އިތުރު ފިޔަވަޅުތަކަށް ދާނެ ހަރަދުތަކަށް ރިއާޔަތްކޮށެވެ.

އެންމެ ފުރަތަމަ މިދިޔަ އަހަރުގެ އޭޕްރީލް މަހު ބާއްވަން މަސައްކަތް ކުރި އިންތިހާބު ފަސްކުރަން ޖެހުނީ ވެސް ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވުމުންނެވެ. އެއަށް ފަހު މި އަހަރުގެ މާޗު މަހު އިންތިހާބު ބާއްވަން މަސައްކަތް ކުރިއެވެ. އެކަމަކު ފެބްރުއަރީ މަހާ ހަމައަށް ސިއްހީ ކުއްލި ހާލަތު ދަންމާލުމުން އީީސީއިން މިހާރު ނިންމާފައި އޮތީ އޭޕްރީލް މަހު އިންތިހާބު ބޭއްވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަޙްމަދު

    ބަލަ ނިޒާރުއެވެ! މާލެގެ ސްކޫލްތަށް ހުޅުވީ ކަލޭމެން ތެދެކޭ ހުވަފެން ޙަޤީގަތަކަށް ހަދަން ނަމަވެސް މީހާ ސްކޫލްތަކުން އެފެންނަނީ ކޭސްތައް! ކަލޭމެން ސިޔާސީކަންކަން ނުވެގެން އަހަރުމެންގެ ދަރިން ކަތިލާނެ ކަމެއްނެތް!
    ރިސޯޓްތަކުގެ ކޭސްތައް އެދަނީ ބާރައް ކުރިޔަށް! ކަލޭމެން ބޭނުމީތަ ރިސޯޓް މުވައްޒަފުން ނުލާ އިންތިހާބު ބާއްވަން!!!.

    22
    6
  2. ހުޅުކޮޅު

    ނިޒާރަކީ އެހެން މީހުންގެ ވާހަކައަށް އިޙްތިރާމް ކުރަން ނޭގޭ މީހެއް.(އެވަރުގެ މީހަކު މޭޔަރަކަށް ކަމަކުނުދާނެ) ހަޖަމު ނުކުރެވޭ މީހެއް.

    22
    9
  3. ރަދީފް

    މަގާމް ނުލިބިގެން ލޮލުފިޔަ ނުޖެހިގެން ނިޒައްރޭ މިއުޅެނީ.ސައްލެއާއި ޖަދަލުކުރެވޭނެ ފެންވަރު ނިޒާރުގައިގަ ނުހުންނާނެ.ދެމީހުންގެ ސީވީ ބެލީމަ މިބުނި އެއްޗެއް ރަނގަޅަށް ސާފުވާނެ.ވ.ވެދުން

    23
    6
  4. ޤައުމު

    އެމްޑީޕީ ޕްރައިމަރީ އަލުން ބާއްވަން ޖެހޭނީ މިހާރު 2 އަހަރުވަނީ ވަރަށް ގިނަމީހުންގެ އަސާސީ ހައްޤުގެއްލެނީ މީކޮންކަހަލަ ކޮސްމުކޮސް ޑިމޮކްރެޓިކް ...!

    20
  5. އައްޑޫ ލެއި

    އަލުން ޕްރައިިމަރީ ބާއްވަން ފެންނަނީ މިހާރު މި އޮށް ގޮތަށް ވޯޓް ލައިފޯޔާ އެތަށްބައެއްގެ ހައްގު ގެއްލިގެންދާނެ.

    9
    3
  6. ރައްޔިތުން

    ކކކކ ކައުސެލަރުން ބޭރު ކޮށް އަދި ކުރިޔަށްވެސް ކައުންސިލަރުން އިންތިޚާބު ނު ކޮށް. ރައީސުލް ޖުމުހޫރިއްޔާ އައްޔަން ކުރާ ކައުންސިލަރަ ކު ލައިގެން ކައުންސިލް ހިންގަންވީ ނޫން

    3
    1
  7. ރަބަރޭ

    މާލީ ގޮތުން މި ދަތި ހާލަތުގައި މި ހަރަދުތައް ކޮށްގެން އިންތިހާބު ބޭއްވުން މުހިއްމުތޯ ސައްލެ ސުވާލު ކުރެއްވިއެވެ
    ޢިންތިހާއަށް ބޮޑެތި މުސާރަތަކާއި އެކު ސިޔާސީ މަގާމުތަށް އިތުރު ކުރުން އޯކޭ

    ‎އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް