މިދިޔަ އަހަރު 2،510 މީހަކަށް ލޯނު އެހީތެރިކަން ދޫކޮށްފައިވާ ކަމަށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީން) ހާމަކޮށްފިއެވެ.

އެސްޑީއެފްސީން ބުނީ، މިދިޔަ އަހަރު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި، އަމިއްލަ މަސައްކަތުން އާމްދަނީ ހޯދާ ފަރާތްތަކަށް އެހީތެރިވުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ބަލާއިރު، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރެއިން ފުރަބަންދަކަށްފަހު، 420 މިލިއަން ރުފިޔާ، 320 ފަރާތަކަށް ދޫކުރެވިފައިވާ ކަމަށް އެސްޑީއެފްސީން ބުންޏެވެ. އަދި ކޮވިޑް-19 އިގެ ސަބަބުން ކުރިމަތިވި މާލީ ދަތިކަމުން އަރައިގަތުމަށް، 2،205 ފަރާތަކަށް، 381 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އެސްޑީއެފްސީން ބުނެ އެވެ.

އެސްޑީއެފްސީއަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ފަސޭހައިން ލޯނު ލިބޭނެ މަގު ފަހިކޮށްދިނުމަށް އުފައްދާފައިވާ ކުންފުންޏެކެވެ. އެންމެ ގިނަ ލޯނު ދޫކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާ އާއި ގުޅުންހުރި ވިޔަފާރިތަކަށާއި ކޮމާޝަލް ވިޔަފާރިތަކަށެވެ.

ކޮވިޑް-19 އިގެ ސަބަބުން ކުރިމަތިވި މާލީ ދަތިކަމުން އަރައިގަތުމަށް، ގިނަ 2،205 ފަރާތަކަށް، 381 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް އެސްޑީއެފްސީން ހާމަކުރެއެވެ. އެސްޑީއެފްސީން ބުނީ މިލޯނުތަކުގެ ސަބަބުން ވިޔަފާރިތަކަށާއި އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިމާވެފައިވާ މާލީދަތިތަކަށް ލުޔެއް ލިބި، މާލީ ދަތިކަމުން އަރައިގަތުމަށް އެހީތެރިވެދީފައިވާ

ކަމަށެވެ. މިއަދާއި ހަމައަށް މުޅިރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭގޮތަށް 144 ރަށެއްގައި ވިޔަފާރި ހިންގާ ކުރިއެރުވުމަށް އެސްޑީއެފްސީއިން ވަނީ ލޯނު ދޫކޮށްފައެވެ.

މީގެ އިތުރުން ސަރުކާރުގެ ސްޓެރެޓީޖިކް އެކްޝަން ޕްލޭނާއި އެއްގޮތަށް ދޫކޮށްފައިވާ ލޯނު ތަކުގެ ތެރެއިން 33 އިންސައްތަ ލޯނަކީ، އަންހެނުންނާއި ޒުވާނުންނަށް ދޫކޮށްފައިވާ ލޯނުތަކެއް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. މިއާއެކު އެކުންފުނިން މިދިޔަ އަހަރު ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ޖުމްލަ 801 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޝީޒާ

    ތީ ކަލޭމެން ވަކި ބަޔަކަށް ދޭ އެއްޗެއް. ހަމަ ޔަގީނުންވެސް ތިބުނާ ހުރިހާ ޝަރުތެއް ހަމަވޭ. ތިންފަހަރު ތި ލޯނު ހޯދަން ހުށަހެޅިން. ފައްޔާޒުއަށް ވވވވ ސަލާމް

  2. އަބްދޫ

    މިއީ ވެސް ގައުމަށް ދެވޭ ބޮޑު ގެއްލުމެއް.ޢަމިއްލަ ސަޕޯޓަށް ހަރަދު ކުރަނީ ދަރަނި ނަގައިގެން.