މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19 އާއި ގުޅިގެން ވަޒީފާ ގެއްލިފައި ތިބި ފަރާތްތަކުގެ ތެރެއިން 17،410 މީހަކަށް އިންކަމް ސަޕޯޓް އެލަވަންސް ދޫކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޖެނުއަރީ މަހުގެ 14 ވަނަ ދުވަހާއި ހަމައަށް 17،410 މީހުންނަށް 242.3 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ސަރުކާރުން ދޫކުރަމުން އަންނަނީ ވަޒީފާ ގެއްލުނު ފަރާތްތަކަށް 5000 ރުފިޔާއެވެ. އަދި މުސާރައިން ބައެއް އުނިކޮށްފައިވާ ފަރާތްތަކަށް 5000 ރުފިޔާ ނުލިބޭ ނަމަ އެ އަދަދު ހަމަވާ ވަރަށް ސަރުކާރުން އެފަރާތްތަކަށް ފައިސާގެ އެހީތެރިކަން އަންނަނީ ފޯރުކޮށްދެމުންނެވެ.
އިންކަމް ސަޕޯޓު އެލަވަންސް ގިނަ ބަޔަކަށް ދެވޭ ގޮތަށް އެ އެލަވަންސް ދިނުމާއި ގުޅޭ އުސޫލަށް ގެނެސްފައިވާ ބަދަލާއެކު ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން، މިދިޔަ އަހަރުގެ ޑިސެމްބަރު އެކެއްގެ ފަހުން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓު އެލަވަންސް އަށް އެދި ހުށައެޅޭނެއެވެ.
މީގެ ކުރިން މި އެލަވެންސް ދިނުމަށް ނިންމާފައިވަނީ މިއަހަރުގެ މާޗް މަހުގެ އެއް ވަނަ ދުވަހުގެ ފަހުން ވަޒީފާއަށް އަސަރު ކޮށްފައިވާ ނުވަތަ މުސާރައަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށެވެ.
އިންކަމް ސަޕޯޓް އެލަވަންސް ހޯދުމުގެ ބޭނުމުގައި ދޮގު މައުލޫމާތެއް ދީފިނަމަ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 520 ވަނަ މާއްދާ ނުވަތަ 521 ވަނަ މާއްދާގައި ބަޔާންކުރާ ޖިނާއީ ކުށުގެ ދަޢުވާ އުފުލުމަށް ކުރަންޖެހޭ ޖިނާއީ ތަޙުޤީޤު ކުރުމަށް ޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މައްސަލަ ހުށަހަޅާނެއެވެ.
ބަނބުކެޔޮ ދީބަލަ ބަނބުކެޔޮ!
ކޮން އިންކަމް ސަޕޯޓެކޭ ކިޔާކަށް. ތީ ޕާޓީމީހުނަށް މުޅި ސަރުކާރު ބަހާ ހުސްކުރަން ކިޔާ މޮޅުނަމެއް. މޮޔަނުގޮވާ ބާރަށް ކުރިއަށްގޮސް ވަގައް ޖީބު ފުރާލެވޭތޯ ބަލާ.
މޮޅުވާހަކަ ދައްކާނެ ކަމެއްނެތް! ހުޅުމާލެ ހޮސްޕިޓަލްއަށް 3 މިލިޔަން 2 ލައްކަ ފަންސާސް ހާސްރުފިޔާ ކޮވިޑް ފުރަންޓް ވޯކާސް އެލަވަންސް ދިނީ 305 މުއައްޒިފުންނަށް! އެކަމަކު 150 މުއައްޒިފުންނަށް ވެސް ކޮވިޑް އެލަވަންސް ނުބަހާ! ޒީރޯ ޓޮލަރެންސް ސަރުކާރެކޭ ބުނާއިރު ކޮވިޑް އެލަވަންސް ދިން މީހުންގެ ނަންތައްވެސް ފިނޭންސްއިން ހާމަކޮއްލަން ނުކެރޭ! ދެން އަގަފުޅާ ކޮއްފަ ކޮންވާހަކައެއް ދައްކާކަށް!
އިންކަމްސަޕޯރޓުފައިސާއައްވުރެ
ޕެންޝަންޑުގައިހުރިއަޅުގަނޑުމެން
ގެފައިސާދިނުންހައްގުކަން ބޮޑެ
މިއަދުމިިިތި ބީ ބެންކައްދައްކަންވާ
ފައިސާނުދެއްކިދަރާވިކިފަ
މިފަދަ ދަނޑިވަޅެއްގަ އެމީހެއްގަ ޕެންޝަން ލާރި އެމީހަކަށް ދިނުމަށް ގޮވާލަން . ކޮންމެ މަހަކު މުސާރައިން ކަނޑާ އެއްޗެއް މިދަނީ ދައުލަތުގެ ބަޖެޓަށް. ވާއެއް ނުވާއެއް ނޭނގޭ