ރާއްޖޭގެ ކަންކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަފުޅު ނުދައްކަވައި، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސަދީރު ވާހަކަ ދައްކަވާތީ އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ފާޑުވިދާޅުވެއްޖެއެވެ.
ސައީދު މި ގޮތަށް ފާޑުވިދާޅުވެފައިވަނީ، ކޮވިޑް-19 އަށް ފަރުވާ ދިނުމަށް އިންޑިއާއިން ހަމަޖައްސާފައިވާ ވެކްސިން ވަރަށް އަވަހަށް ރާއްޖެއަށް ލިބޭނެ ކަމަށް ސަންޖޭ ސުދީރު ވިދާޅުވުމާ ގުޅިގެން ރާއްޖޭގެ ނޫހެއްގައި ޝާއިއުކޮށްފައިވާ ޚަބަރެއް ހިއްސާ ކުރައްވަމުންނެވެ. ސަންޖޭ ސުދީރު އެ ވާހަކަ ދެއްކެވީ އިންޑިއާގެ އެހީގައި ސިންތެޓިކް ޓްރެކް ހެދުމަށް ފަހު އެ ޓްރެކް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
ސައީދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، އެމްޑީޕީގެ ވެރިކަން ހަމަ ފެށޭއިރަށް ގައުމުގެ މުހިއްމު ކަންކަމުގައި ގޮތް ކިޔުމަކީ ބޭރުގެ ސަފީރުންގެ ލެވެލްގައި ކުރާ ކަމަކަށްވާ ކަމަށެވެ. ކޮވިޑް-19 އަށް ފަރުވާދޭ ވެކްސިންގެ ކަންތައްތަކުގައި ރައްޔިތުންނަށް އިސް ބަހާ އެކު، ނަސޭހަތްތެރި ވާން ޖެހޭނީ ރާއްޖޭގެ އިސްވެރިޔާ ނުވަަތަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ސައީދު ވިދާޅުވިއެވެ.
"ވެކްސިން ލިބުމަކީ ރައްޔިތުންގެ އިންތިޒާރު، ދައުލަތުގެ ވެރިމީހާ ގާތުން ރައްޔިތުން އިސްވެ ކުރި ސުވާލު، ނުރައްކާ އޮތަސް ރާއްޖޭގެ ބޯޑަރު ހުޅުވަން ރައްޔިތުން ރުހުން ދިނީ ވެސް ހައްލު ހޯދުމަށް،" ސައީދު ކުރެއްވި ޓްވީޓެއްގައި ލިޔުއްވާފައިވެއެވެ.
1/2 Vaccine libumakee rayyithunge inthizaaru. Dhaulathuge verimeehaa gaathu rayyithun isve kuri suvaalu! Nurakkaa othas raajjeyge boarder hulhuvan rayyithun ruhun dhinee ves hallu hoadhumah. https://t.co/72dQfmbDb3
— Mohamed Saeed (@em_saeed) January 17, 2021
އިންޑިއާގައި މިހާރު އޮތް ބީޖޭޕީ އަދި ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރާ ދެމެދު ގުޅުން ވަރަށް ބަދަހިކޮށް އޮވެއެވެ. މި ސަރުކާރުގައި ގިނަ މަޝްރޫއުތައް ހިންގަނީ ވެސް އިންޑިއާގެ އެހީގައެވެ. އަދި އިންޑިއާއިން ބޭނުންވާ ވެސް ގޮތަށެވެ. މިއީ ގައުމުގެ މިނިވަންކަމަށް އަސަރުކޮށް އިންޑިއާގެ ބާރު ރާއްޖޭގައި ގަދަ ކުރާ ގޮތަކަށް ވެފައިވާ އެއްބަސްވުންތަކެއްގެ ގޮތުގައި އިދިކޮޅުން ސިފަކުރެއެވެ.
ޢެއްކަލަ ފިނި ފެންމާ ކޮސްގޮވަން ފެށީތަ. މިހާރަކު މެނޭޖަރުކަން ހޯދަން ޑިގްރީއެބައޮތޭ ކިޔާ ފަ ވެރިމީހާއަށްއޮޅުވައެއްނުލެވޭނެ.
ސައީދު ބުންޏަސް މީ ތެދު ވާހަކައެއް. މި ގައުމު ނޫނިއްޔާ ނޫޅޭނެ އެހެން ގައުމު ތަކުން އަރައިން އުޅޭ މީހުން މިހާ މަތީގަ ފެންވަރު އޮޅިގެން އުޅެވޭ ގައުމެއް. ގައުމުގެ ރައްޔިތުން ކީއްކުރަން، ރައީސް އަށް ވުރެ މަތީގަ މިތާ އުޅޭ ބޮޓު ބަންގާޅިން ވެސް ތިއްބަވަނި. ދެން ސަފީރުން އުޅޭނި ކިހިނެއް؟؟
އެހެންވީމާ ދެން ދައްކަންވީ ދޮން ކަލޯ މެންގެ ވެރިކަމުގައި މާލިއްޔާ ލޫޓުވި ވާހަކަތަ؟
ކަލޯ މިހާރު ނުލޫޓުވަދޯ ފެންފޮދަކާވެސް ނުލާ ދިރުވާލަނީދޯ!
މާލިއްޔަތު ލޫޓުވާލިއޭ ތިކިޔަނީ ކޮންބަޔަކަށް އޮޅުވާލަން. އެމްޑީޕީއަކީ އަބަދުވެސް ކަންނުވެ އޮޅުވާލާ ބައެއް. މިސަރުކާރުން ލޫޓުވާލިވަރު މާބޮޑު.
ކޮންމެ ބަޔަކު ވެރިކަން ކުރިއަސް މިނިވަން، މުސްތަޤިއްލު ޤައުމެއްގެ ކަންކަމުގެ ތެރެއަށް އެހެން ޤައުމު ތަކުން ވަންނާކަށް ނުޖެހޭނެ.
އިންޑިޔާގެ ކަންކަން އިންޑިޔާ ޙައްލުކުރޭ.
ދިވެހިންނަށް އެނގޭނެ ދިވެހިން އުޅޭނެ ގޮތާއި ފޮތާއި ދީންވެސް. އެމްޑީޕީއަށް ވެރިކަން ލިބޭއިރަށް މިތިބެނީ ދުނިޔެ ރަންވެފައިތޯ. ބެހިފައި ނުބެހޭނެ ކަމެއްވެސް ނޯވެޔޭދެން
މިއީ އިންޑިޔާގެ އަވަށެއް ބަސްކިޔާ ބަސްބުނެހަދާނީ ވެރިކަމުގެ ފަރާތުން އެހެންވީމަމިއަވަށުގެވެސް ކަންކަން ކުރާނެގޮތް ކަޑައަޅާ ނިންމާއިޢުލާންކުރާނީ ސަރުކާރުގެފަރާތުން އިންޑިޔާސަރުކާރުން މިއަވަށުގެ މޭޔަރަކަށް ކަޑައަޅާފައިހުންނަވަނީ ސަފީރެއް
މާލިއްޔަތު ލޫޓްވުމަކީ ކޮބާ 2019،2020 ވަނައަހަރުގެ ބަޖެޓް 69 ބިލިއަންރުފިޔާ އިން ރަޢިއްޔަތުމީހާއަށް ވީކަމެއް ކޮށްދިންކަމެއް ބުދޭންކެރެނީ ކާކަށް ލޫޓުވުމަކީ ކޮބައިކަންވެސް ނެނެގޭ ބުރާންތިންކަކަށްލޫޓުވިއަސް ފޭރިގަތަސް ޖަހާގަތަސް ނޭނެގޭނެވިއްޔަ
މެމްބަރު ސަޢީދު އަކީ ވަރަށް ކައިރި ރައްޓެއްސެއް! ސަޢީދުމެން ދައްކަވަނީ ރަގަޅުވާހަކަ ޤަބޫލުކުރަން. އެހެންނަމަވެސް ސަޢީދުވެސް ޢިލްމީ ބޭފުޅެއްވީމަ ހިތަށް އަރަނީ ޖަވާހިރުލާލު ނެހެރޫގެ ހިސްޓަރީ ކޮންމެވެސް ވަރަކަށް ކިއުއްވަފައި އޮވެދާނެކަމަށް. އޭނާގެ ބަސް، ރާއްޖެއާއި ކޮޅަނބު ނުވަތަ ސިލޯނު އޮންނަންޖެހޭނީ އިންޑިއާގެ ދަށުގައި. މިއީ ހަމަހަދައިގެން ބުނެލިބަހެއް ނޫން. މިފިލޯސޮފީއަށް ބަލައިގެން މަސައްކަތްކުރަމުން އައި ބޮޑުވަޒީރެއް ރަޖީވްގާދީ އަކީ، އޭނާގެ މަސްޓަރމައިންޑް ބޭނުންކޮށްގެން ރާއްޖެއިންޑިއާ ދަށުގައިއޮވެގެން ދިޔަ އަދި އެއިރުގެ ސަރުކާރުން ބޮޑުމަސައްކަތްތަކެއް ކުރެއްވި މިނިވަންކުރަން. އެހެންނަމަވެސް އެބޮޑުވަޒީރު ޖަވާބުދެއްވީ ތިމަންނާމެންގެ ޙިމާޔަތްލިބިގެން އޮތްތަނެއްކަމުގައި ރާއްޖެއަކީ އެއީ 3 ނޮވެމްބަރުގައި ރާއްޖެ 6 ކެނައިންއަރައިގެން އަތުލިދުވަހު ޙިމާޔަތްކުރެއްވި ވާހަކަ. އެހިސާބުން އިންޑިއާގެ އަތްދަށުރާއްޖެއޮވެގެން ދިޔައީ އެކްސްޓަރނަލްނަލް މިނިސްޓަރީން މިނިވަންވާން ކުރެއްވި މަސައްކަތް ރަޖީވްގާދީ ދުނިޔެއިން ފިލައިގެން ދާންދެން އޮތީ ކާމިޔާބެއްނުވެ. ދެންއެއިގެ ފަހުން މިނިވަންދުވަސްކޮޅެއް އައި އެކަމު މާގިނަދުވަހެއްނެތި ކެނެރީގޭ ނަޝީދު ވެރިކަމަށް އައިސްގެން އެކަންތައް ދިރުވާންފެށީ ފުރިހަމަ ނުވަނީސް ނަޝީދަށް ގޮހުސްވެ މަޤާމުން އިސްތިއުފާދެއްވި އިރު އިންޑިއާ އަތްދަށުގައި ރާއްޖޭގެ ބިންތަކަކާއި ބައިނަލްއަޤުވާމީ އެއަރޕޯރޓް އޮތީ. އެކަންތައް އަނެއްކާވެސް ފުރޮޅާލީ ރައީސް ޑރ. ވަޙިީދު އާއި ތަރައްޤީގެ ބާނީ ރައީސް ޔާމީންގެ ޤައުމީ މިންނަތް މަސައްކަތުން. އެނެއްކާ މިދެވެރިކަން ނިމި ރާއްޖޭގެބަޔަކު ބޮޑެތީ ޚިޔާނާތުގެ ފައިސާތަކެއް ބޭނުންކޮށްގެން އަނެއްކާވެސް 2018 ވަނައަހަރު މިބުނިވެރިކަން އިޔާދަވެއްޖެ. ވުމާއެކު މިއޮތީ އެއްކަލަ އިންޑިއާ ދަށަށްވެއްޓި އަދި މާނިކަމެތި ކަންމަތީ އިންޑިއާގެ ސްޓޭޓެއްގޮތުގައި ބަދަލުވެފައި. ސަޢީދުމެން ހިތްވަރު ހުރިއްޔާ މަގުމައްޗަށް ނިކުންނަވައިގެން ޤައުމު ލޭއޮހޮރުވުމަކަށް ގެންނަންވީ! ޤައުމީލޭހުރި ބަޔެއް ވެއްޖެއްޔާމު ސަޢީދުމެން ފަހަތުން ދާނެ! ބަންދުކޮޓަރީއެއްގައި ޓީވީދޮށުން ކޮންމެވެސް މަޑީސީލަ ހަޖަމު ނޫނީ އެހެންނަމެއް ކިޔާ ޑްރާމާ ސިލްސިލާ ފޮނުވީމާ މިބޭކަލުން ތިއްބަވާނީ ހިނިފުޅުވަޑުވައިގެން ބަލަން ހޭނުލެވި. ޝުކުރިއްޔާ
ކަލޭމެންނަށް ކޮންބުހޭކަމެއް!! މުޅި ގައުމު ބަނޑުއޅުވާ ދަވާލާފަ! 😡
މިހާތަނަށް މިރާއްޖެއައި އެންމެ ބޮޑާ، ކިބުރުވެރި އަދި ތިމާވަރެއްނެތިގެން އުޅޭ ސަފީރު!
ހުކުރު މިސްކިތް ހިސާބުގަޑު ގެއެއްގެ ބަދިގޭގައި ކައްކާ ރިހާގެ ވައްތަރުތަކާ އޮލަ ކުރަންވީ ވަރުވެސް ސަފީރު ކުޑަހުއްތަށް އެގޭނެތާ....