މި އަހަރުވެސް ޗައިނާ އާއި ރާއްޖެ ގުޅިގެން ދެ ގައުމަށް ފައިދާ ކުރާނެ ކަންކަން ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެ އެވެ.

އެނާ މިހެން ވިދާޅުވީ، މިއަދު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އާ ބައްދަލު ކުރެއްވުމަށްފަހު ކުރެއްވި ޓުވީޓެއްގައެވެ.

ސަފީރު ޖަންގ ވިދާޅުވީ، ދެ ގައުމުން ޝައުގުވެރިވާ ކަންތައްތަކާއި ގުޅޭގޮތުން ވާހަކަދެއްކުމަށް ބައްދަލުކުރެވުމުން އުފާވާ ކަމަށެވެ. އަދި މި އަހަރުވެސް ދެ ގައުމުގެ ގުޅިގެން ދެ ގައުމަށްވެސް ފައިދާވާނެ މަސައްކަތްތައް ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޗައިނާއަކީ ދިވެހިރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެކެވެ. ޗައިނާއިން ރާއްޖޭގައި ބޮޑެތި ޕްރޮޖެކްޓްތައްވެސް ކުރިއަށްގެންގޮސްފައި ވެއެވެ. މިގޮތުން ފާހަގަކޮށްލެވޭ ބޮޑު މަސައްކަތަކީ ސިނަމާލެ ބްރިޖެވެ. މީގެ އިތުރުން، ފްލެޓްތައް ހިމެނެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އުމްރާނީ ތަރައްގީގެ ބިނާތައް ގާއިމް ކުރުމުގެ ގިނަ މަޝްރޫއުތައް ހިންގާފައިވަނީ ޗައިނާގެ އެހީއާއި ލޯނުގައިކަން ފާހަގަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އޮޅުވާލި ވޯޓު

    ދޮގެނޫން ށާހިދު އިރު އިރު ކޮޅާޗައިނާ ސަފީރުއާމި ބައްދަލުކިރަނީ ކީއްކުރަންބާ އިޑިއާ ސަފީރުހުންނާނެތާ ށާހިދުބޭނުންހާކަމެކޮއްދޭން ލަދުހަޔާކުޑަވިޔަސް ފުކެބޮޑުވަރު ށާހިދުމެން

    7
    1
  2. ހުސޭނުބޭ

    ކައިރީގައި ތިހުރި މީހާއަށް ކާޕެޓެއް ނޫނީ ފައިފުއްސެއް ކަހަލަ އެއްޗެއް ނުދައްކާތި!

    5
    1
  3. ރ

    ހިންދީ ފިލްމްގައި ކުރިން އުޅުނު ޖީވަން ގެ ސީދާ ތައްގަނޑު ދިވެހި ޖީވަން

  4. މާމީ

    ޝާހިދު ދެއިރުކާ ބޭހެއްހެން ސަފީރާބައްދަލުކުރި އަސް ސަފީރު ދޭނީ އެއްޖަވާބެއް (ތިމަންނަ މެންބުނިކަންތައް ފުރަތަމަ ކޮއްފަ ދެން ކަންކަމާ ވާހަކަދައްކާށޭ) ކޮބާ؟ގެސްޓުން އަންނަން ފަށާފިތަ؟؟؟؟؟؟؟