ހައްވާ އަލީ (ހައްވައްތަ) އަށް އުމުރުން 50 އަހަރު ވަނީއެވެ. އޭނާ އަކީ މާލޭ ރަށްވެއްސެކެވެ. ހައްވަތަ ފިރިމީހާ އާއި ދެ ދަރިންނާއި އެކު ދިރިއުޅެނީ 70 އަކަފޫޓުގެ ތަންކޮޅެއްގައެވެ. އެންމެން ނިދައި، ކައިބޮއި، އެހެން ހުރިހާ ކަމެއް ކުރަނީ 50 އަކަފޫޓު ހަމަނުވާ ކޮޓަރީގެ ބަންކު އެނދެއް ގައިއެވެ. ހަތަރު ފާރު ވީރާނާ ވެފައި ވާއިރު، ބޯމަތީން އަތްޖެހޭ ފުލައިވުޑު ސީލިންގު ބޮލަށް ނުވެއްޓި ހުރީ ނަސީބު ރަނގަޅު ކަމުންނެވެ.

މިފަދަ ހާލަތެއްގައި ދިރިއުޅެމުން އައި އާއިލާއަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެޅި 7000 ފްލެޓްގެ ތެރެއިން ފްލެޓެއް ލިބުނެވެ. އެއީ އާއިލާއަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ނަމަވެސް ޔާމީންގެ ސަރުކާރުން ފްލެޓްތައް ދިނީ ނުހައްގުން ކަމަށް ބުނެ އަލުން މިސަރުކާރުން ފްލެޓްތައް "ޙައްޤުވެރިންނަށް" ދިންއިރު ހައްވައްތަ އަށް ކުރީ ސަރުކަރުން ދިން ފްލެޓް ވަނީ އަތުލާފައެވެ.

ހިޔާ ފްލެޓްތަކާއި ގުޅޭ ގޮތުން ކަންބޮޑުވުންތައް ހިއްސާކުރަމުން އަންނަ އާއްމުންގެ އެކުވެރި ގުޅުމުގެ ރައީސް މިދުއަމް ސައުދު ވަނީ މިއަދު ހައްވައްތަ ދިރިއުޅެމުން އަންނަ "ކުޑަކުޑަ ކޮށްތަށް" ޒިޔާރަތްކޮށް އެތަނުގެ ހާލަތު އެޖަމިއްޔާގެ މީސް މީޑިއާ އެކައުންޓްތަކުގައި އާއްމު ކޮށްފައެވެ.

ހައްވައްތަގެ އާއިލާ ދިރިއުޅެމުން އަންނަ ކޮޓަރީގެ ހާލަތު ސިފަކޮށްދެމުން މިދުއަމް ވިދާޅުވީ ކޮޓަރިއަށް އޭނާ އާއި ހައްވައްތަ ވަނުމުން ދެން އިތުރު މީހަކު ކޮޅަށް ހުންނާނެ ޖާގައެއްވެސް ނެތެވެ. "އެއް ފަޅީގައި ބަންކު އެނދު ހުރިއިރު އަނެއްފަޅީގައި އެެއްޗެހި ކިރިޔާ ބެހެއްޓެނީއެވެ. 18 އަހަރުން މަތީ ދެ ދަރިން މަތީ އެނދުގައި ނިދާއިރު ހައްވައްތަ ދެމަފިރިން ނިދަނީ ތިރީ އެނދުގައިއެވެ. ތަނަށް ވަންތާ މާގިނަ އިރެއް ނުވެ އަޅުގަނޑު ދާހިއްލަން ފަށައި، ހާސްވާން ފެށިއެވެ. ޖާގަ ކުޑަވެ، ހުރި މަދު އެެއްޗެހި އެއީ ވަރަށް ގިނަ އެއްޗެހިހެން ހީވާގޮތް ވީއިރު، ތަނުގައި ވައި ދައުރުވާނެ އެއްވެސް ގޮތެއް ނެތެވެ. ކުޑަ މޭޒުމަތީ ފަންކާއެއް އަރިމަތީ ފާރުގައި ހަރުކޮށްފައި ހުރިއިރު، އޭގެ ވަޔެއް ބަންކު އެނދު ތިރީގައި ނިދާ ހައްވައްތައަށް ނުޖެހޭނެކަން އިހުސާސްވިއިރު، އަޅުގަނޑު ހުރީ ދާހިއްލައި ފޯވެ ބޭރަށް ނިކުންނަން ބޭނުންވެފައިއެވެ." އާއްމުކޮށްފައިވާ ލިޔުމުގައި ވެއެވެ.

"ހައްވައްތަ އަކީ ނޭވާލުމުގެ މައްސަލައެއް ހުންނަ މީހެކެވެ. އޭނާ ނޭވާލަނީ މެޝިނެއްގެ އެހީގައެވެ. މެޝިނުގެ އެހީގައި ނޭވާލާތަ މިހާރު ފަސްއަހަރު ވެއްޖެއެވެ.

މިދުއަމް ވިދާޅުވީ ބަޔަކު މީހުން ލަކްޒަރީ އެޕާޓުމެންޓު ތަކުގެއި ނޭވާލާ މެޝިނާއި، ނިދާ މެޝިން ބޭނުން ކުރަން ޖެހޭ ވާހަކަ ދިވެހިން އަބަދު ދައްކާކަމަށާއި ސަރުކާރުގެ އެންމެ މަތީ ފަންތިން އެކަން ބަލާކަމަށެވެ. އަދި މީޑިއާ ތަކުން ވެސް އެވާހަކަ ދައްކާކަން އޭނާ ފާހަގަ ކުރިއެވެ. "އެކަމަކު ހައްވައްތަ އަކީ އެ ޝާހީ ގަބީލާއަށް ނިސްބަތްވާ މީހެއް ނޫނެވެ. ވީމާ ހައްވައްތަގެ ހާލެއް ނުބަލާނެ ތާއެވެ. އެވާހަކަ ނުދައްކާނެ ތާއެވެ. އެ ކޮޓަރީގައި 10 މިނެޓު ނުވަނީސް އަޅުގަނޑު ހާސްވާންފެށިއެވެ. ވީމާ އެތާ 50 އަހަރު އުޅުނު މީހަކު ނޭވާލުމުގެ މައްސަލަ ޖެހިފައިވުން އެއީ ހައިރާންވި ކަމަކަށް ނުވިއެވެ." މިދުއަމް ވިދާޅުވިއެވެ.

މިދުއަމް ވިދާޅުވީ ހައްވައްތަގެ ނަން ފްލެޓު ލިސްޓުން ބަލައި، ކުރިން ލިބުނު ފްލެޓު ނިގުޅައިގަތް ގޮތް ބަލާފައިވާ ކަމަށެވެ. "ކުރީ ސަރުކާރުގައި ހައްވައްތައަށް ފްލެޓު ލިބުނެވެ. އެ ލިޔުންވެސް ލިބުނެވެެ. މިސަރުކާރުން ހެދި ފްލެޓު ކޮމެޓީން ހައްވައްތަ ގެޔަށް ގޮސް، ބަލައި ފާސްކޮށް، ނިންމީ ހައްވައްތަގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކަމަށެވެ. އެހެން ކަނޑައަޅައި ފްލެޓުކޮމެޓީން ހައްވައްތަގެ ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓު ކަނޑާލީއެވެ. ދިނީ 19 ޕޮއިންޓެވެ. ފްލެޓު ގެއްލުނީ އެހެންވެއެވެ. އެގެޔަށްގޮސް، އެތަން ލޮލުން ފެނި، އެ ހާލަތު އިއުސާސް ކުރެވުނު ބަޔަކު ހައްވައްތަގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކަމަށް ނިންމައި، ކުރިން ފްލެޓު ދިނީ ނުހައްގުން ކަމަށް ކަނޑައަޅައި، ހައްވައްތަގެ ފްލެޓު އަތުލައިގަތީ ކޮންގޮތަކުން ކަން އަޅުގަނޑުގެ ގަމާރު ސިކުނޑިއަކަށް ހަމަ ނުވިސްނުނެވެ." މިދުއާމް ވިދާޅުވިއެވެ.

"ނަހަލާލު އުސޫލަކަށް" ބިނާކޮށް ހައްވައްތަ ފަދަ ނިކަމެތިންގެ ފްލެޓު ނަގައި ތިމަންނާމެން ފްލެޓު ނެގީ ހައްގު ނޫން މީހުން އަތުންނޭ، ތިމަންނާމެން ފްލެޓު ބެހީ ހައްގުންނޭ ބުނާ ބަޔަކު ލަދު ގަންނަން ނުޖެހޭތޯ މިދުއަމް ވަނީ ސުވާލު ކުރައްވާފައެވެ. "ހައްވައްތަގެ ޓެކްސް ލާރިން މުސާރަ ނަގައިގެން ތިބި ފްލެޓު ކޮމެޓީ މެންބަރުން ހައްވައްތަ ފަދަ ނިކަމެތިންގެ ހައްގު ނިގުޅައިގެންފައި ރޭގަނޑު ހަމަޖެހިގެން ނިދަނީ ކިހިނެއްތޯއެވެ؟ މިހުރިހާ ސުވާލުތަކެއް އަމިއްލަ ނަފްސާއި ކުރަމުން ގެއިން ބޭރަށް ނިކުމެ ހައްވައްތަ އާއި ވާހަކަ ދެއްކީމެވެ. ގިސްލަގިސްލައި ހުރި ހާލު، ނޭވާލުމުގެ ހުރި އުދަގުލާއިއެކުވެސް، ހައްވައްތަ ވާހަކަތައް އަޅުގަނޑަށް ކިޔައި ދިނެވެ. ޝަކުވާއާއި އުދާސްތައް ބަންޑުން ކުރަމުން ދިޔައެވެ. ހައްވައްތައަށް ވުރެ ބޮޑަށް ކަންބޮޑުވަނީ ދަރިންގެ މުސްތަގުބަލާއި މެދުކަން ކިޔައި ދިނެވެ. އެ ކެކުޅުންތައް ހިއްސާ ކުރިއެވެ. ހައްވައްތަ އަށްވެސް ވިސްނައި ވިސްނައި ނޭނގުނު ކަމަކީ ފްލެޓު ކޮމެޓީން ހައްވައްތަގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކަމަށް ނިންމައި ކުރިން ލިބުނު ފްލެޓު އަތުލައިގަތް ގޮތެވެ." މިދުއާމް ވިދާޅުވިއެވެ.

މިދުއަމް ވިދާޅުވީ ހައްވައްތަ އަތުން ނިގުޅައިގަތް ފްލެޓު ހޯދަން ދެން ހަދަންވީ ކިހިނެއްތޯ އާއި އެ ފްލެޓު ލިބޭނެތޯ ހައްވައްތަ ސުވާލު ކުރި ކަމަށެވެ. މިދުއަމް ވިދާޅުވީ އެސުވާލަށް ދޭނެ ޖަވާބެއް އޭނާގެ އަތުގައި ނެތް ކަމަށެވެ. "ދެރަވީ ދެވޭނެ އެއްވެސް ޔަގީންކަމެއް އަޅުގަނޑު އަތުގައި ނެތުމުންނެވެެ. ޑިމޮކްރަސީގެ މާތް އުސޫލުން ބާރު ވަކިވެވި، މުއައްސަސާތައް މިގައުމުގައި ހެދިފައި ހުއްޓަސް، އެއީ ހަމައެކަނި ޝާހީ މީހުންނަށް ހިދުމަތް ކުރާ، ހައްވައްތަ ފަދަ އާންމުންގެ އަޑު ނީވޭ ތަންތަންކަން ހުދު އަޅުގަނޑުވެސް ގަބޫލު ކުރާތީއެވެ." މިދުއަމް ވިދާޅުވިއެވެ.

މިދުއަމް "ވަގުތު" އަށް މައުލޫމާތު ދެމުން ވިދާޅުވީ ފްލެޓް ކޮމެޓީން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން ޝަކުވާ ހުށަހަޅަން ނޭންގޭތީ އާއި އަދި ޝަކުވާ ހުށަހަޅަން އާއްމުންގެ ޖަމިއްޔާއިން އެހީތެރިކަން ފޯރުކޮށްދިން ނަމަވެސް ހައްވައްތަ އަކީ ސިއްހީ ހާލަތު ހުރިގޮތުން ހިނގައިބިނގައިވެ އުޅެވޭ މީހަކަށް ނުވާތީ ޖަމިއްޔާގެ ހެލްޕް ޑެސްކަށް ގޮސް ޝަކުވާ ހުށަހަޅަން ވެސް ފުރުސަތު ނުލިބުނު ކަމަށެވެ.

އެހެންކަމުން ހައްވައްތަ އަތުން އަތުލާފައިވާ ފްލެޓް ހޯދަން އާއްމުން ރައްޔިތުން މީސް މީޑިއާގައި އަޑުއުފުލައިދިނުމަށް މިދުއަމް އެދުނެވެ. ހައްވައްތަގެ ފްލެޓް ނަމްބަރަކީ H8/02304 އެވެ.

މިދުއަމް ކުރި ޓްވީޓެއްގައި މިރޭ ވިދާޅުވީ އެންމެ ދެރަ ކަމަކީ ހައްވައްތަ ފޯމު ލީ މާލޭ ރަށްވެހިން ކެޓެގަރީއިން ހައްވައްތަގެ ފްލެޓު ނެގި އިރު ހަމަ އެކެޓެގަރީން މަޖިލިސް މެންބަރުންނާއި، ހިޔާ ފްލެޓަށް ކޮތަރުކޮށްޓަށް ގޮވި "މިހާރު" ނޫހުގެ އެޑިޓަރު މޫސާ ލަތީފް ފަދަ މީހުންނަށް ފްލެޓު ދީފައި ހުރުން ކަމަށެވެ.

އަދި ހައްވައްތަ އަށް ފުރަތަމަ ފްލެޓް ލިބުނުއިރު ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރަކަށް ހުންނެވި އަބްދުﷲ ސިނާންގެ އާއިލާގެ ފަސް މެންބަރުންނަށް މިހާރު ވެސް ފްލެޓް ލިބިފައިވާ ކަމާއި ބިލަތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލަތް) އާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަމީމް (އަނދުން ހުސޭން) އާއިލާ މެންބަރަކަށް ހައްވައްތަ އަށް ފްލެޓް ލިބުނު ކެޓަގަރީން މިހާރު ފްލެޓް ލިބިފައިވާކަން ވެސް މިދުއަމް ފާހަގަ ކުރިއެވެ.

ހިޔާ ފްލެޓްތަކުގެ ލިސްޓް އަލުން އެކުލަވާލަމުން ދާއިރު ޔާމީންގެ ސަރުކާރުން ފްލެޓްދިން "ޙައްޤުވެރިންގެ" އަތުން ފްލެޓްތައް އަތުލަމުންދާ މައްސަލަ ވަރަށް ބޮޑުވެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

40 ކޮމެންޓް

 1. Anonymous

  ހެޔޮވާނީ ކިހިނެތް ދޯ... އަލިފާން ކެވުނަސް މި މަތީ މީހުންނަށް ކަމުދާނެ. ޢެއަށްވުރެ ރަނގަޅެއް ނޫންތަ ރަށްރަށުގަ ތިބޭ ނިކަމެތިންނަށް ފުލެޓް ދިނަސް...

  132
  5
  • ޙައްގުބަސް

   ވަރަށް އަނިޔާވެރި ސަރުކާރެއް! ރައްޔިތުން ވިސްނާ ގޮތް ނިންމާ!!

   74
   4
 2. 😢

  ހެޔޮވެރިކަން ހާދަހާވާ ސޯލިހު ހެޔޮވެރިކަމެކޭ މިވެރިން ރައްޔިތުންނަށް މި ކޮއް ދެނީ

  133
  2
 3. ބެއްޔާ

  ހިޔާ ފުލެޓްތަކަށް ފ. ނިލަންދޫ 1000 މީހުން މުއިޒް އާއި ނިލަންދޫ ޚަލީލުއާއި ދެމީހުން ގުޅިގެން ހޮވީ ކޮން އުސޫލަކުންބާ؟

  21
  61
  • ޖގކ

   ހެއްކާއި ޤަރީނާއިން ތިކަން ސާބިތުކޮށްްދީ!

   9
   4
  • ޣަނީ

   މުއީޒުމެން ކަޑަވެގެން އެރި މީހުން އެމީހުންނަށް ވުރެ އަނިޔާވެރި.

   17
 4. ޟމ

  ފުލެޓަކީ ދާއިމީ ބޯހިޔާވަހިކަމެއް ނޫން، އެއީ ސަރުކާރަށް އާމްދަނީ ހޯދަން ބޭނުންކުރާ ވަޞީލަތެއް

  50
  3
  • އަލިބެއްޔާ

   އަހަރެންގެ ވިސްނުން ހާމަ ތި ކުރީ.. ބިންވެރި ކުރުމުގެ ސިޔާސަތު ކުރިޔަށް ނެރެގެން ނޫނީ ރައްޔިތުންނަށް އުފާ ފާގަތިކަމެއް ނަ އަންނާނެ.. އަމިއްލަ ވަޒަނެއް ނެތި މާލޭގައި ގަނަ ތެޅޭތާ މިއަދަށް މި 17 އަހަރު..

 5. ބޭކާރު

  ވަގުތު ނޫހުން މާކަންތައް ބޮޑުކުރަނީ.
  ނަށީދުގެ ވެރިކަމުގައިވެސް ޕާޓީގެ އިސްމީހަކު އޮންނާނެ ބުނެފައި އެޕާޓީ ކުދިންނަށް ބަހައި ނިމިގެންނޭ އެހެން ބަޔަކަށް ލިބޭނީ. އެއީ އެމީހުން މުޒާހަރާކޮށް ގްުރުބާންވެގެން ގެނައި ވެރިކަމެއްވީމަ.
  ދެން މިހާރުވެސް މޑޕގެ ވެރިކަމެއް. ވީމާ ތިކަހަލަ މައްސަލަ ނުޖައްސައި މަޑުމަޑުން ﷲވަކީލު ކޮށްލައިގެން ތިބީމަ ރަނގަޅުވާނެ. އާޚިރަތްދުވަހުން ލިބޭނީ ކިހާއުފާވެރިކަމެއްކަން ކާކަށް އިނގޭނީ ؟

  41
  7
 6. ށ

  މިހިޔަޅު ސަރުކާރުގެ މީހުން އިތުރަށް ލާރިކާން 250 ފުލެޓު އުނިކޮށް އެތަންތަން ވިޔަފާރިކުރުމަށް ވަނީ ބިޑަށް ހުޅުވާލާފަ. އަދި ގުރުއަތުން ހޮވޭ ވިޔަފާރިވެރިއަކަށް އެއްވެސް ކުއްޔަކާ ނުލާ ވިޔަފާރިކުރެވޭނެކަމަށް އެޗުޑީސީއިން ވަނީ އިއުލާނުކޮށްފަ

  ލަދުކޮބާ ދެން ހޭރެންފަށާ ކޮތަރުކޮށްޓޭ ތަށިމުއްޓޭ ދޮރެއްނެތޭ ކިޔާފަ

  45
  4
 7. ފާތުމަ

  ތިޔަގޮތަށްކުރީގައި ޔާމީނު ނުހައްގުން ލިޔުންދީފަ ހުރިގޯތިގެދޮރު ހުރި ރިސޯޓް މެނޭޖަރުންނާއި ނަރުހުންނާއި ސަރުކާރުގެ މީހުންނާއި މާލޭގަ ގޯތިހުރި މީހުނާއި ވިލިމާލެ ހުޅުމާލޭގަ ގޯތި ފުލެޓް ހުރި މިހުންގެ ވާހަކަވެސް ނޫހުގަ ޖަހާލަބަލަ އެއީ ހައްގު މީހުންތޯ

  9
  41
  • ސދޗފ

   އޭގެތެރގައި ތިބި ހައްޤު މީހުން...އަބަދު ޔާމީނޭ ކިޔައިގެން ރެކެން ދޯ ތިޔަ އުޅެނީ؟ މިހާރު، މި ނޫހުގައި މި އޮތީ އިބްރާހިމް މުހައްމަދު ސޯލިޙް ގެ ސަރުކާރުގައި ހިނގާފައިވާ ޖަރީމާއެއްގެ ވާހަކަ. ބޮޑެތި ގެ ތަކުގެ، އޭސީ ބުޑުގައި އިނދެގެން، ތިފަދަ ކޮމެންޓު ކުރަން ލަދެއް ނުގަނޭބާ؟

   10
   2
 8. Anonymous

  އިބްރާހީމް މުހައްމަދުސޯލިހުގެ އޯގާތެރިކަމުން އަޑުއަހަނީ މުއްސަދިންގެ އަޑު ނިކަމެތި ރައްޔިތުންނަށް ހައްޤުނުވާނެ ފުލެޓެއް ދިނީތީއޭ ކިޔާޝަކްވާއުފުލާތީ ފުލެޓްކޮމެޓީއެއް ހެދީ ނިކަމެތި އެންމެ ފުލެޓަކަށް ބޭނުންވެފަވާނިކަމެތިންގެ ފުލެޓްތައް އަތުލަން . ދެލޯކަނުވެފަ ތިބެތަ މިފަދަ ނިކަމެތި ހާލުގަ ދިރިއުޅޭމީހުންގެ ހައްޤުތައް ތިފޭރިގަތީ .

  31
  3
 9. އަހުމަދު

  ނަތީޖާ ދައްކާނީ ވޯޓުން..... މަހުލޫފު މެން ކޮންތާކުން ހޯދި ލާރި އަކުން ތޯ 10 މިލިއަން ރުފިޔާގެ ފްލެޓެއް ގަތީ މުސާރަ އާއި ނުބައްދަލު މުދާ ހޯދާ ގޮތް ބަލާބަލަ... ޕީޖީ ވެސް މިކާމާއި ކަންބޮޑެއް ނުވޭތޯ ތަހުގީގު ހިންގަން ފުލުހަށް ހުށަ ނާޅަންތޯ

  31
  1
  • ސދފސެފ

   ނޮޓް ޔާމީން....ސޯ ނޯ ޕްރޮބްލެމް

 10. solih

  misarukaarakun goas ahves kamehnukuraane fereynee

  15
  1
 11. Anonymous

  އެމެންވެސް

 12. ކިނބޫ

  އަތުލީކީ ނޫން ފޭރިގަތީ. ކާލީ. މިވަރުގެ އަނިޔާވެރިކަމެއް ހަޔާތުގަވެސް ދުށީމުތަ!

  39
  2
  • ކަދުރު

   އާދެ! ދެކުނިން! މީ އަދި ކުޑަ މިންވަރެއް! ކޮންމެ ސަރުކާރެއް އަޔަސް އަހަރުމެން ހަމަ އެހާ ދަތި! މާތް ކަލާނގެއާ ވަކީލު ކޮށްލައިގެން ތިބެނީ ދެން!

 13. ކެޔޮޅު

  ގާނޫނާ ހިލާފަށް އައި ސަރުކާރެއް އަޅުގަނޑުމެން ބަލައެއްނުގަންނަން ވަގުތުން އިސްތިއުފާދީފަ ގެޔަށްދޭ ނިކަމެތިން އެދެނީ މިގޮތް އަވަށް ދޭ.

  27
  1
 14. ވިސްނާލާ

  ސިނާނު ތީ ރަނގަޅުމީހެއް ނޫން ބޮޑާކަން އޭނަގެ މޫނުމަތީ ހުންނާނީ... ބޮޑާކަން ހުންނަމީހަކު ނުވާނެ ރަނގަޅެއް...

  12
  2
 15. ޔަމާނީ

  އަސްލުވެސް މާލޭގެރައްޔިތުން ވަންނާނެ ގެދޮރެއްނެތި މަގުމަތިވާންމިޖެހެނީ. ދަރިންގެ ދަރިންގެ ދަރިންލިބުނީމަ މިޖެހެނީ ލިބިފަހުރި ކުޑަކުޑަ ކޮޓަރި 100 ބަޔައްބަހައިގެން އެ ތަންކޮޅުގެ ތެރޭގަ ނިކަމެތިހާލުގަ އުޅެން. މީ އިންސާފެއްތޯ؟ މިކަން ހައްލުކުރަން ޖެހިއްޖެމިހާރު😠😠😠

  24
  2
  • ތަޅު

   ބިންނެތިއްޔާ ބިންހިއްކައިގެން ވިޔަސް ރާއްޖޭގެ ހުރިހާ ރަށެއްގައި ބިން އެބަދޭންޖެހޭ ގެދޮރު އަޅަން. މާލެ އެކޭ އެއްގޮތައް ރަށް ރަށުގައިވެސް މިހާރު ކުދިކުދި ތަންކޮޅު ކޮޅަށް ބަހައިގެން އެބައުޅޭ މިކަން ކޮއްދޭނެ ވެރިކަމެއް ނާންނާނެ ރާއްޖެ ފުރިގެން ބަންޑުން ދާއިރުވެސް.

 16. Anonymous

  ވެރިންގެ ޖީބުތައް ފުރެނީ. ރައްޔިތުމީހާ ނިމިގެންދަނީ. އިންތިހާބުތަކުގަ ދެއްކި ފޮނިހުވަފެންތަކަށް ވީ ކިހިނެއްބާ؟ މިކަހަލަ ނުބައި ވެރިން ގެ މަކަރާއި ހީލަތަށް ހެއްލިގެން ތިބެންވީތޯ؟ ރައްޔިތުންގެ ހިތުގެ އުދާސްތައް އަޑުއަހައި ޤައުމު ހެޔޮމަގަށް އެޅުވޭނެ ވެރިއެއް މިޤައުމުގަ ނެތީބާ؟ މިސުވާލު ތައް ކުރަން ތިބެ އެތައް ޖީލެއް ނިމިގޮއްސި.

  24
 17. ކިޔުންތެރިއެއް

  މި ސަރުކާރުން ބޭނުން ގޮތަކަށް ކަންކުރަން އަދިވެސް ޖާގަދެނީތަ؟ ހެޔޮވެރިކަމެއް ކުރާ ސަރުކާރެއްނޫން މިއީ. ދިވެހި ހުރިހާ ރައްޔިތުންއެކުވެ މިބަލާވެރިކަމުން ސަލާމަތްވެވިދާނެ ވަގުތު ފާއިތުނުވަނީސް.

  16
 18. Anonymous

  ޣައިރު ޤާނޫނީ އުސޫލެއް ކަނޑައަޅައި އެވެރިންގެ ގޭދޮށު ކުދިންނާއި ޢާއިލާ މީހުންނާއި ޕާޓީ ކުދިންނަށް ފްލެޓް ދޭންވެގެން ހިންގި ބޮޑު ޖަރީމާއެއް މިކަމަކީ.
  ކުރިން ފްލެޓް ދީފައިވަނީ ޙައްޤުވެރިން ބެލުމަށްފަހު ދެން މިއަދު ޙައްޤުވެރިން ނޫންކަމަށްބުނެ ފްލެޓް އަތުލެވޭނެ އެއްވެސް ޙައްްޤެއް މިސަރުކާރަށްނެތް.
  ރަށްރަށުގައި ދިރިއުޅޭ އެތައް ބަޔަކަށް ފްލެޓް ދީފައި އެބަހުރި އަދި އެވެސް ގިނައީ ފްލެޓަށް ފޯމު ހުށަހެޅި އިރުވެސް މިހާރުވެސް ރަށުގައި ދިރިއުޅޭ މީހުން. އޭގެ ތެރޭގައި ވަރަށް ގިނަ އިބޫ ރަށުމީހުންވެސް.
  މިކަން އަދި ބެލޭނެ ދުވަހެއް އަންނާނެ. އެދުވަހުން ފްލެޓް ކޮމެޓީ މީހުންނަށް ޙިމާޔަތްދޭނީ ކާކު؟

  12
  1
 19. ގުރާބު

  ހެވެންނު. ސޯލިހެއްނު ވެރިއަކަށް ހުރީ. ހައްވައްތވެސް ވޯޓުލީ ސޯލިހަށް ނޫންކަމެއް ނޭނގެ ހެޔޮ ވެރިކަން ގެންނަން. ހިޔާ ފްލެޓު މިހާރު ސިފައިންނާ ފުލުހުންނަށް ނުދެނީބާ.. ހިޔާ ފްލެޓު ދޭމީހުން ކަމަށް ސަރުކާރުން އިއުލާނު ކުރާ ކެޓެގަރީ ތަކުގަ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެސައިންނާ ފުލުހުން މިހާރު ނީނދޭ. ޢެއިން ކޮންމެ ބަޔަކަށް 300 ފުލެޓު ދޭން ބުނި އެކަމަކު.i

  15
 20. ލާދީނީ އަންނި

  އަޅުގަނޑުމެންގެ ވެރިކަމެއްގަ ތިފަދަ އެއްވެސް ކަމެއް ނުހިނގާނެ ، ވަރަށް އިނސާފު ވެރިކޮއް މިހާރު ފުލެޓް ބަހާފަ އެއޮތީ.

 21. ފިޔަވަޅު

  މަށަށް ލިބުނު ފްލެޓް ވެސް ފެޭރިއްޖެ .
  ޢެކަން ކުރި ބަޔަކަަށް ދުވަހަކުވެސް މާފެއް ނުކުރާނަން .
  ޢަދި ނުފޫޒު ފޯރުވޢިގެން އެތަނައް ދެން ވަންނަ މީހުންނަށްވެސް މާފެއް ނެއް .

 22. ތ

  ފްލެޓް ކޮމެޓީގައި ތިބި އެންމެ ގާބިލު ތެދުވެރި ދެބޭފުޅުން އިސްތިއުފާ ދިން ގޮތް މަބުރޫކު ހާމަ ކޮށްދީބަލަ ...ކެތް ނުވެގެން އިސްތިއުފާ ދިނީ މިހާރު 3 މީހުން ވެގެން ސަރުކާރު ބޭނުން ގޮތަކަށް ހިލާލަނީ ... މުއިއްޒު އަދުނާނު އަދި ތޮލާލު ގާތުން އިސްތިއުފާ ދެއްވިގޮތް ނޫސްވެރިން ސުވާލު ކޮށްލަ ބަލަ.... ހަމަ ތިބެލާފަ ބޮޑު މުސާރަ ލިބޭ ކޮމެޓީ އަކުން އިސްތިއުފާ އެއް ނުދޭނެކަން ޔަގީން

 23. ހައްޕު

  މޫސާލަތީފު. ފަޒީނާ. ކޮތަރުކޮއްޓަށް މަރުހަބާ🐜🐜🐜🐜🐜🐜🐜✍️✍️✍️✍️✍️

 24. ުއުނދުޅި

  ނިކަމެތިން ތިބެނީ ޕީ ޕީ އެމް ވެރިކަން ވެއްޓުނީމަތަ ގާކޮށި އަރަބިއްޔާ ފުލެޓު ލިބުނުމީހުން އަތުން އެތަން ތައް ފެލާލާފަ ފިޔާތޮށިކުލަ ލާފަ ޕާޓީކުދިންނައް ބަހާލާފަ ސުވިމިންގްބޫލުގަ މަގޭފައިސާއޭ ސޮދަގާތުގޮތުގަ ލިބުނު ފައިސާއޭގޮވި ކަލޭގެ އެއޮތީ ޖަލުގަ ަަަަަ

  2
  6
 25. އިބުރާހިމް

  ތިހެން ތިކަން ވާނީވެސް. ދިވެހިންނަކީ ލާރި އޮތް މީހާއަށް ވޯޓު ދޭ ބައެއް. އަނެއް ކޮޅުން އަންނިގެ ކަސޯޓީއަށް ހެއްލި ހުސްވެފަ ހުރި ބައެއް. އަންނި ބުންޏެންނު ނުބައިކަން ދައްކާލާނަމޭ. އެ ދުވަހުވެސް އަތް ޖަހަން ކިތަށް މީހުން ހުރި. ބޮވޭނެ، ބޮވެން ވާނެ. ދެން ގޮވާނީ ފޭރޭނެ، ފޭރެން ވާނެ. އަދިވެސް މީހުން އަތް ޖަހާނެ. ޒީރޯ ޓޮލަރަންސް އަކީ އަނދުނެއް.

 26. ރޯދަ މުބާރިކް

  މިހާރު އަކީ ސަރުކާރު! މި އާއިލާއަށް ގިނަ ވެރިންތަކެއް އަނިޔާ ކުރަށްވައިފި!...ސުވާލުކުރެވުމުން ޖަވާބުދާރީ ހަމަހިލާ ވާންޖެހޭނެ ދުވަސް އެންމެންވެސް ދެކޭނެ!...

  4
  1
 27. ޢަސްލު

  ކުރިން ލިސްޓުގައި ނުހިމެނޭ ފަހުން ލިސްޓްގައި އެބޮތް ކަމަށް އަޑުއެހިން ވެރިޔާގެ އޮފީހުގައި އުޅުއްވާ މީހެއްގެ ނަން.

  6
  1
 28. ދަރަކަމެކޭ

  އިބޫގެ ޕޮއިންޓް އޮފް ވިއު އިން ނޫނީ އިބޫގެ ވިސްނުމުން ވިސްނާއިރު އެމްޑީޕީ ސަޕޯޓަރުންނަށް ކޮންމެވެސް ވަރަކަށް ފުލެޓު ނުދީ ކިހިނެތް ދެވަނަ ދައުރަކަށް ހޮވޭނީ ، އެހެންވީމައި އިބޫއަށް ހަމްދަރުދީ ވެބަލަ ކަލޭމެން ކޮންމެސް ވަރަކަށް ، ދެން މާލޭ މުއްސަނދިންނަށް ލިބޭނެ ގެއްލުން ވިސްނާލާ 2008 ފައިނޭންޝަލް ކުރައިސިސް އަށް ވުރެ ބޮޑު ކަމެއް މި ލައިގަތީ މާލޭ މުއްސަނދިންނަށް އެވެސް އަދި ކޮވިޑްގެ އަޑި ގަނޑަށް ފަހު ، މިހެން ބުނީމައި މިހާރު ނޫހުން ހެދިހެން ކޮމެންޓު ސެކްޝަން މަރާ ނުލާތި ވަގުތު ނޫހުން.

  1
  1
 29. ސޮއްބެ

  ހާދަ މުޑުދާރޭ.....

  2
  1
 30. ހަފޫ

  އެކޮޓަރި ބަލާފާސްކޮށްފަ އެއީ ދިރިއުޅުމުގެ ހާލަތު ރަނގަޅު ތަނެއްކަމަށް ނިންމީ ކިހިނަކުން ބާއޭ ސުވާލު އުފެނީ؟ ޢަދި ފާހަގަ ކޮށްލަން، ދިރިއުޅުމުގެ ހާލަތު ބަލާ ޗެކްކުރަން އަންނަީނީ ޅަފުރާގެ ކުދިންކަން. ދިރިއުޅުމުގެ މާކަބޮޑު ތަޖުރިބާއެއް އެކުދިންގެ ނުހުރޭ. މިފަދަ މުހިއްމު ކަންކަމަށް ފޮނުވަން ޖެހޭނީ ވެސް އެކަށޭނަ ތަޖުރިބާ ހުރި ފަރާތްތައް ކަމަށް ފެނޭ. މީވަރަށް ހިތާމަ ހުރި ކަމެއް ދުޢާއަކީ ހައްވައަށް އޭނާއަށް ހައްޤު ފްލެޓް އަނބުރާ ލިބުން.

 31. މެންބަރު

  އަދި އެއްވެސް މީހަކަށް ފްލެޓެއް ނުލިބޭ އެންމެންވެސް އޮތީ އެއްވެސް ޔަޤީން ކަމެއް ނެތް ވަގުތީ ލިސްޓެއްގަ.. ދެން ކިހިނެއްތޯ މިއާޓިކަލް ލިއުނު ލިއުންތެރިޔާ އަށް އެހާ ޔަޤީންވީ ބައެއްމީހުނަށް މިހާރުވެސް ފްލެޓް ލިބިފަ އޮތްކަން.. ތިބުނާ މެންބަރުންގެ އާއިލާގެ މީހުންނަކީވެސް ހަމަ ދިވެހި ރައްޔިތުން ދަތި ހާލުގަ އުޅެމުންދާ އެމީހުންގެ އާޢިލާގަ އެއްޒަމާނެއްގަ މެންބަރަކު ހުރުމަކީ އެމީހުން ޙައްޤު ތަކުން އުނިވާންޖެހޭ ކަމެއްކަމަކަށް ނުދެކެން.. ތިބުނާ ޢަދަދަށް މެންބަރުންގެ ޢާއިލާތަކަށް ފްލެޓް ލިބިފައެއްވެސްނެތް.. ގެއެއްގަ މީހަކު ރަޖިސްޓްރީ ވުމަކީ އެއާއިލާގެ މެންބަރަކަށް ވުމެއްނޫން..

  1
  1
 32. އައިސްތު

  މި ދައްތަގެ ތިބީ 18 އަހަރުން މަތީގެ 2 ދަރިން. ޕޮއިންޓު ދޭ އިރު ގިނައިން މާރކްސް ދެނީ 18 އަހަރުން ދަށުގެ ކުދިން ތިބޭ މީހުންނަށް. ކުދިން އެތިބީ އަމިއްލަ ދިރިއުޅުމައިގެން ކުރިޔަށް ދެވޭ ވަރަށް ބޮޑެތި ވެފަ. ތިޔަ ފްލެޓަށް އެދި ފޯމު ލާފަ އެބަތިބި 18 އަހަރު ނުފުރޭ ތިއަށްވުރެ ގިނަ ކުދިން ތިބި މީހުން.