23:15

ފައިޒާ އާއި މޮޑާނާގެ ވެކްސިނަށް އީޔޫގެ އިތުބާރެއް ނެތް - ރިޕޯޓް

22:26

ކޮވިޑް-19 ވައިރަސްއަށް ބަދަލުތަކެއް އައިސްފައިވާ އާވޭރިއަންޓެއް އެމެރިކާ އިން ފެނިއްޖެ.

22:01

ރާއްޖެ އިން އިތުރު 69 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

20:31

ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން ރަޝިއާއިން އިތުރު 471 މީހަކު މަރުވެއްޖެ.

19:09

އއ. ވެލިގަނޑު އައިލެންޑް ރިސޯޓުގެ ގެސްޓް ކޮޓަރީގައި ރޯވިއިރު، އެތަނުގައި ހުރީ ކޮވިޑް-19 ޖެހިގެން އެކަހެރިކޮށްފައި ހުރި ފަތުރުވެރިއައެއްކަން "ވަގުތު"އަށް އެނގިއްޖެ.

18:49

ކޮވިޑް-19 އާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވަކި ތަރުތީބެއް ނެތި ސުންކު (ސާމްޕަލް) ނަގަން ނިންމައިފި

12:11

ކޮވިޑް-19 ޖެހިގެން މެކްސިކޯއިން އިތުރު 463 މީހަކު މަރުވެއްޖެ.

11:08

ގދ. ތިނަދޫގައި ކަރަންޓީންގައި ހުރި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

10:07

ކޮވިޑް-19: ލަންކާ ހުޅުވާލަނީ، ދިވެހިންނަށް ވެސް އޮންއެރައިވަލް ވިސާ ނުލިބޭނެ.

09:21

ކޮވިޑް-19: އެޑްމިޓް ކޮށްފައިވާ މީހުންގެ އަދަދު 69 އަށް، އައީސީޔޫގައި ހަތަރު މީހުން.


ކޮވިޑް-19 އިން ސަލާމަތް ވެވެން އޮތް ގޮތަކީ ވެކްސިން އާބާދީގެ ބޮޑު ބަޔަކަށް ދިނުމެވެ. މިރޭ މިވަނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުން ވެކްސިން ޖެހުމަށް ރެޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލާފައެވެ.

އެޗްއޯއީސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ ރަފީގު ވިދާޅުވީ އެންމެ ފުރަތަމަ ވެކްސިން ޖަހަން ހުޅުވާލަނީ ސިއްހީ ޚިދުމަތްތެރިންނާއި ސޯޝަލް ކެއާ ވޯކަރުންނަށް ކަމަށާއި އެގޮތަށް ކަނޑައެޅީ ކުރިން ވެސް ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން ކަމަށެވެ.

"އަޅުގަނޑުމެން ބޭނުން ވީހާ ވެސް އަވަހަށް ވެކްސިން ޖަހަން. އެހެން ނަމަވެސް ހަމައެކަނި އަވަސްކޮށް ޖެހުމަށް ވުރެ ރަނގަޅަށް ކުރަން. ރަނގަޅަށް ތައްޔާރުވެގެން ވެކްސިން ޖެހުމަށް މި ތައްޔާރު ވަނީ. އަޅުގަނޑުމެންނަށް ދުވަހެއް ކަނޑައެޅުނުހާ އަވަހަކަށް އެކަން އިއުލާން ކުރާނަން." ނަޒްލާ ވިދާޅުވި އެވެ.

ކޮވިޑް-19 ހާލަތައް ބަލާއިރު މިއަދު ވެސް 51 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

މިއަދު ވެސް އެންމެ ގިނަ މީހުން ފައްސިވީ ރިސޯޓްތަކުންނެވެ. ރިސޯޓްތަކުން 28 މީހުން މިއަދު ފައްސިވިއެވެ. މިއަދު މާލެ 19 މީހަކު ވަނީ ފައްސިވެފައެވެ. އޭގެއިތުރުން މީހުން ދިރިއުޅޭ އަތޮޅުތެރޭގެ ރަށްތަކުން ތިން މީހުން އަދި ސަފާރީއަކުން އެކަކު މިއަދު ފައްސިވިއެވެ.

މިއަދު 51 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 3003 މީހަކު ކޮވިޑް-19 އަށް ޓެސްޓް ކޮށްގެންނެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 35 މީހަކު މިއަދު ވަނީ ބަލިން ރަނގަޅުވެފައެވެ.

ރާއްޖެ އިން ކޮވުިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމާއިއެކު ބަލި ޖެހިފައި ތިބި މީހުންގެ އަދަދު ނުވަތަ އެކްޓިވް ކޭސްތަކުގެ އަދަދު އަންނަނީ ދުވަހުން ދުވަހަށް މަތިވަމުންނެވެ. މިހާރު އެކްޓިވް ކޭސްތަކުގެ އަދަދު 917 އަށް އަރައެވެ. އޭގެތެރެއިން 68 މީހަކު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން އަންނަނީ ފަރުވާދެމުންނެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޕުޗުސް

    ރަނގަޅު. ބާކީ ދެން އިނީ އެންމެ 999 ފިޔަވަޅު.

  2. މާމީ

    އިންޑިއާގެ ގެރިތަކައް ޖަހާ ވެކުސިން ބޭނުމެއްނޫން ޖަހާކައް

    1
    1
  3. ރޯދަ މުބާރިކް

    ކަމެއްނު! މިދައްކަނީ ހައެއްކަ ލަށްކައެއްހާ ސިރިންޖު ބޭސް ހޯދާ ވާހަކަ! ކޮން ފުލެޓް ޑުރާމާއެއް ކުޅޭކަށް، ތި ލިބޭނެ ކަމަށް ބުނާމީހުން ތި ގެނެސް ހަމަ ފުލެޓް އުސޫލުގަ ޖެހީމަ ރަނގަޅުވާނެ!...