ފުލުހުން ތަޙްޤީޤު ކުރަމުން ގެންދާ މައްސަލައަކާއި ގުޅިގެން ތަޙްޤީޤަށް ބަންގްލަދޭޝް މީހަކު ހޯދަން ފުލުހުން މިއަދު އާއްމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

ފުލުހުން ވިދާޅުވީ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މަރުގެ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދާ ކަމަށެވެ.

މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ބަނގުލަދޭޝް، މުޙައްމަދު ޢަލީ ޙޮސެއިން (32އ) ކަމަށް ފުލުހުން ވިދާޅުވިއެވެ.

މުޙައްމަދު ޢަލީ ހޮސެއިންއާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ނަމްބަރު 9911099 ށް ގުޅުއްވައި ޙިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

މުޙައްމަދު ޢަލީ ހޮސެއިންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ އެއްވެސް ތަފްސީލެއް ފުލުހުން ނުދެއްވައެވެ.

ފުލުހުން ވިދާޅުވީ ތަޙްޤީޤުތަކަށް މީހުން ހޯދުން ފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާކަމަށެވެ.