ބިއްލޫރި ޕެލެޓްތަކެއް ނެރެން އުޅެނިކޮށް އޭގެ ދަށުވެގެން އަބްދުﷲ އާސިމް ނިޔާވާން މެދުވެރިވި ފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަޤީންކަން އަރުވާކަމަށް އެމްޕީއެލް އިން ބުނެފިއެވެ.

އެމްޕީއެލް އިން މިހެން ބުނީ އާސިމްގެ އާއިލާއަށް ތައުޒިއާ ކިޔުމުގެ ގޮތުން މިއަދު ނެރުނު ބަޔާނެއްގައެވެ.

ބަޔާނުގައި އެމްޕީއެލް އިން ބުނީ މާލޭ ވިޔަފާރި ބަނދަރުގައި ހިންގަމުންދާ މައިގަނޑު އޮޕަރޭޝަންސްތަކަކީ ނުރައްކާތެރި މަސައްކަތްތަކެއް ކަމަށާއި އެހެންކަމުން، ވިޔަފާރި ބަނދަރަށް ވަދެ ނިކުމެ އުޅޭ ހުރިޚާ ފަރާތެއްގެ ސަލާމަތާއި ރައްކާތެރިކަމަށް އެމްޕީއެލް އިން ބޮޑު ސަމާލުކަމެއްދޭކަމަށެވެ.

"ވިޔަފާރި ބަނދަރަށް ވަދެ ނިކުމެ އުޅޭ ހުރިހާ ފަރާތްތަކަށް އަމާޒުކޮށް، މި ކުންފުނިން ވަނީ ސަލާމަތީ ކަންކަން ހަރުދަނާކުރުމުގެ ގޮތުން އުސޫލުތަކެއް ކަނޑައަޅައިފަ އެވެ. އަދި ވިޔާފަރި ބަނދަރުގައި ސަލާމަތާއި ރައްކާތެރިކަން ބޮޑު މާހައުލެއް ޤާއިމްކުރުމަކީ މި ކުންފުނިން ނުހަނު ބޮޑު އަހައްމިއްޔަތެއް ދޭ ކަމެކެވެ. މަދުން ނަމަވެސް، މާލޭ ވިޔަފާރި ބަނދަރުގައި ނުރައްކާތެރި ހާދިސާތައް ހިނގައެވެ. މި ފަދަ ކޮންމެ ޚާދިސާއަކަށް ފަހު، ކަން ހިނގި ގޮތް ރަނގަޅަށް ބަލައި، އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް މި ކުންފުނިން ވަނީ އަޅާފައެވެ." އެމްޕީއެލް އިން ބުންޏެވެ.

އެހެން ނަމަވެސް، މާލޭ ވިޔަފާރި ބަނދަރުގައި 7 ޖަނަވަރީ 2021 ވަނަ ދުވަހުގެރޭ، ހައިސާ އިންވެސްޓްމަންޓް ގުރޫޕުން ކޮންޓޭނަރަކުން ބިއްލޫރި ކްރޭޓެއް ނެރުމަށް މަސައްކަތްކުރަނިކޮށް، ނުރައްކާތެރި ހާދިސާއެއް ވަނީ ހިނގައިފައިކަން ފާހަގަކޮށް އެމްޕީއެލް އިން ބުނީ މި ޚާދިސާގައި ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުންދަނިކޮށް، އެ ގުރޫޕްގެ މުވައްޒަފެއް ކަމަށްވާ އާސިމް ނިޔާވުމަކީ އެމްޕީއެލް އިން ނުހަނު ހިތާމަކުރާ ކަމެކެވެ.

"މި ފުރުސަތުގައި، މަރުޙޫމްގެ ޢާއިލާ އަށް އެމްޕީއެލްގެ މެނޭޖްމަންޓާއި ހުރިހާ މުވައްޒަފުންގެ ނަމުގައި ތައުޒިޔާ ކިޔަމެވެ. އަދި މަރުހޫމުގެ ފާފަ ފުއްސަވައި، ސުވަރުގޭގެ ދާޢިމީ ނިއުމަތް މިންވަރު ކުރެއްވުން އެދި މާތްﷲ ގެ ޙަޟްރަތުގައި ދުއާ ދަންނަވަމެވެ." އެމްޕީއެލް އިން ބުންޏެވެ.

މި ހިތާމަވެރި ޙާދިސާ ދިމާވި ސަބަބުތައް ދެނެގަނެ، އަދި މި ހާދިސާއާއި ގުޅިގެން، މުދާ ކްލިއަރކުރާ ކުންފުނިތަކުން މުދާ ނެރުމުގައި ޢަމަލުކުރަމުންދާ މިންގަނޑުތައް އިތުރަށް ހަރުދަނާ ކުރުމަށް އެ ފަރާތްތަކާ އެއްކޮށް މަސައްކަތް ކުރަމުން ގެންދާނެ ކަމަށް ވެސް އެމްޕީއެލް އިން ބުންޏެވެ.

ވިޔަފާރި ބަނދަރުގައި މަސައްކަތްކުރަމުންދާ މުދާ ކްލިއަރކުރާ ކުންފުނިތަކާއި އަދި އެހެން ފަރާތްތަކުން ވެސް، ސަލާމަތާއި ރައްކާތެރިކަމަށް އިތުރު ސަމާލުކަން ދިނުމަށް ވެސް އެމްޕީއެލް އިން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި މާލެ ވިޔަފާރި ބަނދަރަށް ވަދެ ނިކުމެ އުޅޭ ހުރިހާ ފަރާތްތަކަށް ސަލާމަތާއި ރައްކާތެރި މާޙައުލެއް ކަށަވަރުކުރެވޭނީ ހުރިހާ ފަރާތްތަކުން ވެސް ގުޅިގެން މަސައްކަތްކޮށްގެންކަކަމަށް އެކުންފުނިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އިއަފު

    ހެލްތް އެންޑް ސޭފްޓީ ކަންކަން ދަންނަންތޯ . އެކަމުގެ ގާނޫނެއް އެބައޮތްތޯ ، ގާނޫނެއް ވުޖޫދަށް ގެންނަށް މަސައްކަތް ކުރާތާ 3 އަހަރު އަދިވެސް މަރުހަލާތައް ދިގުލާދަނީ .. އެހެނިހެން ގައުމުތަކުގައިވެސް އެފަދަ ގާނޫނެއް އޮވޭ އަދި އެގާނޫނުގައި މަސައްކަތް ތެރިންގެ ޒިންމާތަކާއި މަސައްކަތާގުޅިގެން ހޯދަންޖެހޭ ޢިލްމާއި ތަމްރީނުތަކުގެ ވާހަަކަ އޮވޭ ،، ކުޑަމިނުން މަސައްކަތް ތެރިންގެ ސޭފްތީ އާއި އެމަސައްކަތަކާއި ގުޅޭ ގޮތުން ހުންނަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމާއެކު ، ތަނުގެ މަސައްކަތް ކުރާ ސްޕަރވައިޒަރ ލެވެލް ތަކުގެ މުވައްޒަފުންނަށްވެސް އެކަށީގެންވާ ތަމްރީނު ލިބިފައި ހުންނަންޖެހޭ ،، ކުރި އަރާފައިވާ ގިނަ ގައުމުތަކުގައި ބޮޑު އިސްކަމެއް ދެވިފައި އޮންނަ ސޭފްޓީ ކަންތައް ތަކުގައި އަހަރުމެން މިދެނީ ބީރުކަންފަތެއް ނޫންތޯ ،،

  2. 😒

    މީހެއްގެ ފުރާނަދިޔައީމަ ވިއްޔާދޯ ތިޔަފިޔަަޅު އެޅެނި ކިހާދެރަ

  3. އިހުސާސް

    ބަލަ އެމްޕީއެލް ސަރަހައްދުގައި މަސައްކަތް ކުރަނީ ފުރާނަ އަތްމައްޗައްލާގެން މިގޮތުން ކޮންޓޭނާ އުފުލާރީސްޓިކާމުދާދޫކުރުމުގެ މަސައްކަތްކުާއިރުވެސް ބޯމަތިން އަބުރަމުންދާއިރު ހީވަނީސަހަރޯއޭ ދެންކީއްކުރާނީ މަސައްކަތެއް ކޮއްގެން މިހާރު ފައިސާލިބެނީ؟؟އަދި ފޯކްލިފުޓުވެސްހަމަމިވަރު ބެލުމެއްނެތި ބާރުބާރައް މިތަނުގެވެރިންވަނީ މިކަން މަނާކުރުމަން ނުކުޅެދިފައި؟؟މިތަނުގެ ރަގަޅުމާހައުލެއްނެތް މިކަން ބަލަ މިނިވަނަ ކަމަން މސައްކަތްކުރާ ޖާމާތަކައްގޮވާލަން ؟؟ ވަރައްއަސަރާއެކު ވަރައްކުރުކޮއްމިދެންނެވީ؟؟؟؟؟؟؟؟؟؟؟؟

  4. ނުދަންނަ

    ބަލަ އެމްޕީއެލްގަ މަސައްކަތް ކުރާއިރުގަ ގަވާއިދުތައް އޮތީ ހެދިފަ. ފޯކްލިފްޓް ޖަހާފަ މުދާ ކޮންޓެއިނަރުުން ނެރޭ އިރުގަ އޭގެ އެތެރޭގަ މީހުންތިބުމަކީ މަނާ ކަމެއް. އެގޮޮތައް އުުުސޫލު ހެދިފައޮތް އިރުގައި މީހަކު އެތެރޭގަ ހުއްޓާ ފޯކްލިފްޓް ޖަހާ މުދާ ބޭރު ކުރަން މަސައްކަތް ފަޝައިގެންވެސް ނުވާނެ. އިހުމާލު ވާފަރާތްތައްވެސް މިކަމުގަ އެބައޮތް

  5. ޔސރ

    މި ގައުމުގަ ބޮޑުން ލާރި ކައިފަ ސިޔާސީ ކަންކަމަށް މިލިެަނުން ތަޅާ ބުރުވާ ތަނެއް މިއީ.
    ނިކަމެތި އާއްމު މީހާ މަރުގެ ނުލައްކާ ކަމަކަށް އަވަސް ފަރުވާއެއް ފޯރުކޮށްދެވޭނެ ގޮތެއް ނޯވޭ.
    އެފަކީރު އެ ނިޔާވީ ވެސް އެކަށީގެންވާ އަވަސް ފަރުވާ ނުދެވި ލަސްވުމުން
    އާއިލައަށް ކެތްތެރިކަން ދެއްވައި އޭނާގެ ފާފަފުއްސަވައި ރަޙްމަތް ލައްވާށި