ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ "ހިޔާ މަޝްރޫއު" ގެ ފްލެޓްތައް ދިނުމަށް ލިސްޓުން އުނިކުރި މީހުންނަށް ޝަކުވާ ހުށައެޅޭ ގޮތް ނުވުމުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ މައްސަލައެއް ތަހުގީގު ނުކުރަން އެ ކޮމިޝަނުން ނިންމައިފިއެވެ.

ފްލެޓްތަކުގެ މައްސަލައިގައި އަޑު އުފުލަމުން ގެންދާ "އާއްމުންގެ އެކުވެރި ގުޅުން" ޖަމިއްޔާއިން މިފަދަ މައްސަލައެއް އޭސީސީއަށް ހުށަހަޅާފައިވަނީ H7 ކެޓަގަރީ ފިޔަވައި އެހެން އެއްވެސް ކެޓެގަރީއެއްގެ ބަޔަކަށް ދިރިއުޅުމުގެ ހާލަތަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ލިބިފައި ނެތް ކަމަށް ބުނެއެވެ. އަދި ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ނުދީ ދާއިމީ ލިސްޓު ނެރުމަކީ އެތައް ހާސް ބައެއްގެ ހައްގަށް އަރައިގަތުން ކަމަށް ބުނެއެވެ.

މި މައްސަލައާ ގުޅޭ ގޮތުން އޭސީސީގެ މީޑިއާ އޮފިޝަލް ހަސަން މަނިކު "ވަގުތު" އަށް ވިދާޅުވީ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު ރައީސް އޮފީހުގައި އޮންނަ ހިޔާ ފްލެޓްގެ ކޮމިޓީއަށް އެންމެ އިންސާފުވެރި ގޮތަކީ ޝަކުވާ ހުށަހަޅަން އަލުން ހުޅުވާލުން ކަމުގައި ލަފާ ދީފައިވާ ކަމަށެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ އިތުރަށް ތަހުގީގު ނުކުރަން ނިންމާފައިވާ ކަމަށެވެ. އެ ގޮތަށް ނިންމީ އެ ކަމުގައި އެއްވެސް ފަރާތަކަށް ނާޖައިޒު ފައިދާއެއް ލިބޭ ގޮތަށް ނުވަތަ ކޮރަޕްޝަނުގެ އެހެން އަމަލެއް ހިމެނޭ ކަމަށް ފާހަގަވާން ނެތުމުން ކަމަށް އޭނާ ވިދާޅުވިއެވެ. އެ ކަމުގައި އޮތީ އުސޫލީ މައްސަލައެއް ކަމަށް ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުގައި ހިޔާ ފްލެޓްތައް ލިބޭނެ ފަރާތްތައް ކަނޑައަޅައި އެ ފަރާތްތަކަށް ލިޔުން ވެސް ހަވާލުކުރިއެވެ. އޭގެ ތެރޭގައި ވަރަށް ހާލުގައި މާލޭގައި ދިރިއުޅެމުންދާ ފަރާތްތައް ވެސް ހިމެނެއެވެ. އެކަމަކު އެ ފްލެޓްތަކަށް މީހުން ކަނޑައަޅާފައިވަނީ އިންސާފުން ބޭރުން ކަމަށް ބުނެ ރައީސް އޮފީހުގައި ހާއްސަ ކޮމިޓީއެއް އެކުލަވާލައިގެން މި ސަރުކާރުން އަލުން އެ މަސަައްކަތް ފެށީއެވެ. އެ މަސައްކަތް ލަސްވާތީ އާ ވަރަށް ހާލުގައި ތިބި މީހުންގެ އަތުން ވެސް ފްލެޓްތައް އަތުލުން ފަދަ ކަންކަން ހިނގާތީ އާންމުންގެ ފާޑުކިއުންތައް އިންތިހާއަށް ސަރުކާރަށް އަމާޒުވަމުން އެބަދެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ށ

    އިސްތިއުފާ ދީފަ ރައްކާވޭ

    44
    2
  2. ޖަންގަލި

    އިންސާފް ތިޔައޮތީ އެޖެންޑާ ވެގެން ގޮސް 19 ވެފައި- ސާބަހޭ އަނގަފޮޅިސަރުކާރު

    42
    1
  3. ރަބަރޭ

    ނުކުރެވޭނެ ކޮށްފިޔާ ޖެހޭނީ މަގާމުން ވަކިވާން ޒީރޯޓޮލަރެންސް

    44
    1
  4. ފިޔަވަޅި

    ކިހާ ސަޅި .
    ޒީރޯ ޓޮލެރެންސް ކިރުހަކުރާއެކު ކޯލިޝަން ވެރިންތައް ބޮނީ.

    32
    2
  5. ޝީރީން

    މިނިވަން މުއައްސަސާގަ ތިތިބަ މީހުން މިނިވަނެއްނޫނޭ މި ބުނަނީ ހަމަ ތެދެއްތާ! ހިއުމަންރައިޓް ، އޭސީސީ ، އީސީ ، ކޯޓުތައް ، ޖުޑިސެރީ ޢިމާރާތް މިނިވަންވެފަ ހުއްޓަސް އެތަންތާންގެ ވެރިން ތިބީ އަޅުވެތިވެފަ!

    20
  6. ބެއްޔާ

    މިސަރުކާރުގެ އެއްވެސް ކޮރަޕްޝަން މައްސަލައެއް ތަހުޤީޤުނުކުރާތީ. އަދުލުވެރިކަމާއި ޒީރޯޓޮލެރެންސް އޮލަވެގެން ފައިބަނީ.

    19
  7. އަލީ

    ޒީރޯ ޓޮލަރެންސް ޓު ދަ މެކްސް!!!!! ސޯލިހައް ކުރެވޭހާވެސް ކަމަކީ އިންޑިޔާ މީހުން ލައިގެން ފޮނި އަނގަ ތެޅުން..

    19
    1
  8. މަބޭ

    ތީއެންޓިކަރަޕްސަން ކޮމިސަންތޯ ނޫނީ އެމްޑީޕީ ހިންގާޖަރީމާތައް.ނުބަލަން ރައްޔިތުންގެ ޓެކްސްފައިސާއިން މުސާރަނަގައިގެން ތިބޭބަޔެއްތޯ ކިހާބޮޑުވެއްޖެކަމެއްމީ

    19
  9. Anonymous

    މީހަކުމެރިޔަސް އެމައްސަލަ ބަލަންބޭނުމިއްޔާތޯ ކޯޓުތަކުންވެސްބެލޭނީ؟ އޭސީސިންވެސް މައްސަލަތައް ބެލ

    15
  10. ނަސްލީ

    މައްސަލަ ބެލުމަކީ މިސަރުކާރުގައި އިހުތިޔާރީކަމެއް. ބޭނުމިއްޔާ ބަލަނި. މިތޯ މިމުއައްސަސާތައް މަސައްކަތްކުރާންވާ ގޮތަކީ؟؟

    16
  11. އެންދެރި

    އަންނި ބުނާ މައްސަލަ ތައް ބަލާ ބައެކެވެ.

    13
  12. ޜ

    ރައީސް އޮފީހުން ފޯނު ކޯލް އަންނަ ވަރުން ކޮމިޝަން މެންބަރުން ތިބެނީ ކުޑަ ގިފިލި ނުހިފިފައި މިކަން ދޮގުކުރާކަށް ލާހިކެއްނޫން ޓްރާންްސް ޕޭރަންސީގައި މިބޭފުޅުން އުޅުއްވި އިރު ހާދަ ފޯރިއެއް ނެންގެވިއޭ ގަޮނޑީގައި އިށީނީމާ މިއެނގެނީ ކިހާ ހޫނު އަރާ ގޮނޑިއެއް ކަން

  13. ޖަމީ

    ދެން ހަދާލަންވީގޮތަކީ އަލުންވެސް
    ފްލެޓްތަކުގެ ޗާރޓް ދައްކާލަން ރައްޔިތުންނަށް އިޢުލާން ކޮށްލަންވީ
    މަގުތައް ބަލާލަން އިޢުލާން ކުރަންވީ
    އޭސީސީގައި ތިބި ކޮތަރުކޮށްޓާދިމާލަށް އުދުހޭ ނާސިއަންހެނުން ބަލާލަން އިޢުލާންކުރަންވީ
    ޝަރުޠުހުރިތޯ ބަލަންވީ
    ޝަރުޠު ހަމަތޯ ބަލަންވީ
    ޝަރުޠުބޯލާގެންހުރިތޯ ބަލަންވީ
    ލިބޭމީހުން ހޯދަން އަދި ދިރާސާއެއްހަދަންވީ
    ލިބޭމީހުން ދުނިޔޭގައި ތިބިތޯ ސަހަރާތަކަށް އެމްޑީޕީގެ މަރުމޯލުން ފޮނުވަންވީ
    ކޮތަރުކޮށި ފްލެޓްތައް ފޫދޭތޯބަަލަންވީ
    ކޮތަރުކޮށި ފްލެޓްތަކަށް އުދުހިފައި އެރޭނެގޮތެއް ހޯދަންވީ
    ކޮތަރުކޮށިތަކުން ކެހެރިފައިބަންދެން 2023އަށް ރައްޔިތުން ފަހަތުން ކެހެރިފިލުވަން ސަލާންޖަހަންދުވަންވީ . އޭގެފަހުން ކޮތަރުކޮށި މަރާމާތުކޮށް ނިންމާ "ސޯލިހުބޮލުރޮދި" މިނަމުގައި އެތަން ބޮޑުއަކުރުން ނަންލިޔެފަ ސޫލާސިރާޖު ގްރޫޕަށް ދޭންވީ. އެނިމުނީ!