ނިރުބަވެރި ޖަމާއަތްތަކާއެކު ސީރިއާގެ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށް ފަހު ރާއްޖެ އައި ދިވެހި މީހާ ބަންދުން ދޫކޮށްލައިފިއެވެ.

މާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރު ކުރި އުމުރުން 34 އަހަރުގެ އެ ފިރިހެން މީހާއާ ގުޅޭގޮތުން ފުލުހުން މިއަދު ވިދާޅުވީ، އޮކްޓޯބަރު 15 ދުވަހުގެ ރޭ ހައްޔަރު ކުރި އެ މީހާ ނޭޝަނަލް ރީއިންޓަގްރޭޝަން ސެންޓަރުގައި ބެހެއްޠުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ.

އޭނާ ދޫކޮށްލާފައި ވަނީ ޑިސެންބަރު ތިން ވަނަ ދުވަހުއެވެ.

ފުލުހުން ވިދާޅުވީ، އޭނާ ދޫކޮށްލާފައި ހުންނަ ހުރުމުގައި ފުލުހުން މޮނިކޮން އަމުރުގެ ދަށޫން އޭނާގެ ކަންކަން ބަލާ މޮނީޓަރ ކުރަމުންދާނެ ކަމަށެވެ.

އެމީހާއަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ހަނގުރާމަވެރި ސަރަހައްދަކަށް ދިއުމަށްފަހު އެނބުރި ރާއްޖެ އައި ކަމަށް ތުހުމަތުކުރެވޭ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އައްޑޫ ލެއި

    ބަލަ ތީ ރޭވިގެން ހިނގާ ކަންތަށް އެހެންވީމަ ދޫކުރާނެއެއްނޫން. ނަސީދު ވަރަށް ތާއީދު ކަމެއް ތީ

    10
    1
  2. ތިމީހުންނަކީ

    ގައުމަށް ހުރި ބިރެއް. ހަނގުރާމައަށް ދިޔައީ ދާހިތުން. އެތޭ އެމީހުން ބޭތިއްބީމަވީނު. ދާ އެންމެންގެ ޕާސް ޕޯޓް ބާތިލްކުރޭ.

    1
    2