ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސެކިއުރިޓީ އޮޕަރޭޝަނުގެ ކޮމާންޑަރާއި ޑެޕިއުޓީ ކޮމާންޑަރުކަމަށް ބޭފުޅުން، ކޮމިޝަނަރ އޮފް ޕޮލިސް އައްޔަންކުރައްވައިފިއެވެ.

ފުލުހުން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ރަޝީދެވެ. އަދި މި އޮޕަރޭޝަންގެ ޑެޕިއުޓީ ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އާސިމް ޢަބްދުﷲއެވެ.

ލޯކަލް ކައުންސިލް އިންތިހާބަކީ ރާއްޖޭގައި ބާއްވާ ބޮޑު އިންތިހާބަކަށްވާއިރު، ކޮންމެ އިންތިހާބަކާ ގުޅިގެންވެސް ފުލުހުން ދަނީ އިންތިހާބުގެ ސަލާމަތީ ކަންކަން ބަލަހައްޓައި، އިންތިހާބަށް އަމާން އޮމަން މާހައުލެއް ގާއިމުކުރުމުގެ ގޮތުން އޮޕަރޭޝަން ކޮމާންޑަަރުން ކަނޑައަޅައި ދުރާލައި ތައްޔާރީތައްވަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސެކިއުރިޓީ އޮޕަރޭޝަނުގެ ކޮމާންޑަރާއި ޑެޕިއުޓީ ކޮމާންޑަރުކަމަށް ފުލުހުން އައްޔަން ކުރެއްވި ނަމަވެސް ކައުންސިލް އިންތިޚާބު ބާއްވާނެ ތާރީޚެއް އަދި ނޭންގެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ކައުންސިލް އިންތިޚާބު ލަސްވެފައި ވާއިރު ކައުންސިލް އިންތިޚާބު ބޭއްވުމަށް ހުރި ގާނޫނީ ހުރަސްތައް ނައްތާލުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ބިލެއް ހުށަހަޅާފައެވެ. ނަމަވެސް އެބިލް ޤާނޫނަކަށް ވެގެން ދިއުމުން ވެސް ގާނޫނީ ހުރަސްތައް އެއްކޮށް ނެތިގެން ގޮސް އަވަހަށް އިންތިޚާބު ބޭއްވިދާނެ ކަމާއިމެދު މެދު ވަނީ ސުވާލު އުފެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބޮއް

    ހާދަ ބިރެއް ތިގަންނަނީ؟

  2. އިކްލީލް

    ވޯޓު އޮޅުވައިލެވޭނޭހާގޮތެއް ދޯ މި ހަދަނީ؟

  3. ޖަޒީރާ ބޯއީ

    ހަމަ ހީހީ ހަލާކު