މި ސަރުކާރުން "އެކި އޭންގަލް" ތަކުން ބަލަނީ ކުރީގ ެރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ގެނެސްދެއްވި ތަރައްގީ ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހްމަދު މިއަދު ވިދާޅުވެއްޖެއެވެ.
ޖަމީލް އެގޮތަށް ވިދާޅުވީ މި ސަރުކާރުން މާލޭ އެކުވެނި ސަރަހައްދުގައި ތަރައްގީ ކުރި ސިންތެޓިކް ޓްރެކް އިފްތިތާހްކުރުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
ހުޅުމާލޭގައި ރައީސް ޔާމީނުގެ ވެރިކަމުގައި ތަރައްގީކުރި ސިންތެޓިކް ޓުރެކަށް އިޝާރާތްކުރައްވަމުން ޖަމީލް ވިދާޅުވީ މި ސަރުކާރަށް އެނގެނީ ރައީސް ޔާމީންގެ ޒައާއްމަތުގައި ގެނެސްދިން ތަރައްގީ ނަކަލުކުރަން އެކަނި ކަމަށެވެ.
ބައިނަލްއަގްވާމީ ފެންވަރުގެ ސިންތެޓިކް ޓުރެކެއް އެންމެ ފުރަތަމަ ބިނާކުރެއްވީ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ހުޅުމާލޭގައެވެ.
ޖަމީލް ވިދާޅުވީ ބޭސްމަލަންކޮޅެއް އެޅުނަސް މި ސަރުކާރަށް ހީވަނީ އައު އުސްމިންތަކަކަށް ދެވުނުހެން ކަމަށެވެ. އަދި މި ސަރުކާރު އާޝޯޚުވެފައި އެކި އޭންގަލްތަކުން ބަލަމުންދަނީ ރައީސް ޔާމީނުގެ ވެރިކަމުގައި އެމަނިކުފާނު ގެންނެވި ތަރައްގީ ކަމަށް ޖަމީލް ވިދާޅުވިއެވެ.
"ސަރުކާރު އާޝޯހްވެފައި، އެކި އޭންގަލްތަކުން ބަލަނީ ރައީސް ޔާމީންގެ ތަރައްގީ. ބޭސްމަލަންކޮޅެއް އެޅުނަސް ސަރުކާރަށް ހީވަނީ އާ އުސްމިންތަކަކަށް ދެވުނީހެން. ރައީސް ޔާމީންގެ ސިންތެޓިކް ޓްރެކާ، ޒުވާނުންނަށް މުޅިރާއްޖޭގައި ހިންގެވި ޕޮރްގްރާމްތަކަކީ ފެސިލިޓީތަކަކީ އަސްލު ބިންގާ." ޖަމީލް ވިދާޅުވިއެވެ.
ސަރުކާރު އާޝޯހްވެފައި، އެކި އޭންގަލްތަކުން ބަލަނީ ރައީސް ޔާމީންގެ ތަރައްޤީ. ބޭސްމަލަންކޮޅެއް އެޅުނަސް ސަރުކާރަށް ހީވަނީ އާ އުސްމިންތަކަކަށް ދެވުނީހެން. ރައީސް ޔާމީންގެ ސިންތެޓިކް ޓްރެކާ، ޒުވާނުންނަށް މުޅިރާއްޖޭގައި ހިންގެވި ޕޮރްގްރާމްތަކަކީ / ފެސިލިޓީތަކަކީ އަސްލު ބިންގާ. pic.twitter.com/XbMtMDstwE
— Mohamed Jameel Ahmed (@MJameelAhmed) January 18, 2021
ޖަމީލް ވިދާޅުވި ގޮތުގައި ކުޅިވަރުގެ ދާއިރާއިންނާއި އެހެނިހެން ދާއިރާތަކުން ޒުވާނުންނަށް ބޭނުންވާ ފެސިލިޓީސްތައް ގާއިމްކުރައްވާ، އެކި ވަސީލަތްތައް ހޯދައި ދިނީ ރައީސް ޔާމީންގެ ވެރިކަމުގައެވެ. އަދި އެއީ ޒުވާނުން މުޖްތަމައުގައި ބާރުވެރި ކުރުވުމަށް އެޅިގެން ދިޔަ "އަސްލު ހަގީގީ ބިންގާ" ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެކުވެނި މަޝްރޫއުއަކީ އިންޑިއާގެ ގްރާންޓް އެހީގެ 200 މިލިއަން ރުފިޔާ (13 މިލިއަން ޑޮލަރު) ގެ ދަށުން ރާއްޖޭގައި ހިންގަމުންދާ 30 ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް މަޝްރޫއުތަކުގެ (އެޗްއައިސީޑީޕީ) ތެރެއިގައި ހިމެނޭ މަޝްރޫއުއެކެވެ.
މިއީ އިންޑިއާގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި ހިންގާ މަޝްރޫއުތަކުގެ ތެރެއިން މި އަހަރު އިފްތިތާހު ކުރި ފުރަތަމަ މަޝްރޫއެވެ. އަދި ފާއިތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި އިންޑިއާގެ އެހީގެ ދަށުން ނިންމާލި އަށް ވަނަ މަޝްރޫއެވެ.
އިންޑިއާ ހައި ކޮމިޝަނުން ވިދާޅުވި ގޮތުގައި އަލަށް ހެދި މި ޓްރެކްގެ ސަބަބުން އެކުވެނި އަކީ ކުރިއަށްވުރެ ބޮޑަށް ކަސްރަތާއި ކުޅިވަރު އަދި އެތުލެޓިކްސްގެ އެކި އިވެންޓުތަކަށް އެކަށީގެންވާ ތަނަކަށް ވެގެންދާނެއެވެ. އަދި މީގެ ފައިދާ ކުޅުންތެރިންނާއި އެތުލީޓުންގެ އިތުރުން މާލޭގެ ރައްޔިތުންނަށްވެސް ވެގެންދާނެ ކަމަށްވެސް ހައި ކޮމިޝަނުން ވިދާޅުވެފައިވެއެވެ.
ޖަމީލުދެން އެކަމާ އުފާކުރަންވީނު
އެއިރު ކެއްކި ބޮނޑި ބަތް ވެސް މިހާރަކު ނުލިބޭ ދޯ؟
ރ ޔާމީން ގެންނެވި ތަރައްގީ މޑޕ އަށް ނުގެނެވޭކަން
ކަށަވަރެވެ އެ ރޭވުންތެރިކަމާއި ހިކްމަތްތެރިކަން އޭގައި
ނެތަތީއެވެ އެކަމަކު ޔާމީން ގެނެސްދެއްވި މުދާތައް ވިއްކަން
އޭތި ވަރަށް ފަރިތަވާނެއެވެ.