މާލޭގައި ޓެކްސީކުރާ ހަމައެކަނި އަންހެން ޑްރައިވަރު، އައިމިނަތު ވަހީދާ (އައިންތު)ގެ ކާރަށް ގެއްލުން ދިން މައްސަލައެއްގައި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން މީހެއްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

ޕީޖީ އޮފީހުން ވިދާޅުވި ގޮތުގައި މި މައްސަލައިގައި މީހެއްގެ މުދަލަށް ގެއްލުން ދިން މައްސަލައިގައި ދައުވާ ކުރީ ގ. އާފަތިސްގެ މުހައްމަދު ހަމްދޫން އަހުމަދުގެ މައްޗަށެވެ.

އެމީހާގެ މައްޗަށް ދައުވާ ކުރީ ޑްރަގް ކޯޓު ކުރިމަތީގައި ޕާކުކޮށްފައި އޮއްވައި މިދިޔަ އޮކްޓޯބަރު 27 ވަނަ ދުވަހުގެ ރޭ ދަންވަރު އައިންތުގެ ކާރުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުން ދިން މައްސަލައާ ގުޅިގެން ކަމަށެވެ.

އައިންތުގެ ކާރަށް ގެއްލުން ދިން މައްސަލައިގައި އިތުރު މީހެއްގެ މައްޗަށް ދައުވާ ކުރަން އެދި ފުލުހުން ޕީޖީ އަށް ފޮނުވިއެވެ. އެކަމަކު، އޭނާގެ މައްޗަށް ދައުވާ ކުރެވޭ ވަރަށް ހެކި ނެތް ކަމަށް ބުނެ ޕީޖީން ވަނީ މައްސަލަ އަނބުރާ ފޮނުވާލައިފައެވެ.

އެކިފަހަރު މަތިން އައިންތުއަށް ފުރައްސާރަކުރަމުންދާތީ އާއި ތަކުރާރުކޮށް އެކި ފަހަރުމަތިން އޭނާގެ ކާރަށް ގެއްލުންދޭތީ މައްސަލައިގައި ރައްޔިތުންގެ މަޖިލިހަށް މީގެކުރިން ކުއްލި މައްސަލައެއް ވެސް ހުށަހަޅައި ބަހުސް ކުރިއެވެ.

އެންމެ ފަހުން އައިންތުގެ ޓެކްސީ އަށް ގެއްލުން ދިނީ އޮކްޓޯބަރ 27 ވަނަ ދުވަހުއެވެ. އަދި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ އެހީތެރިކަމާއި އެކު އޭނާގެ ކާރު ވަނީ ހަދާފައެވެ.

އައިންތު ކުރިން ބުނީ އޭނާގެ ޓެކްސީ އަށް ގެއްލުންދޭ މައްސަލައަށް ދާއިމީ ހަައްލެއް ހޯދުމަށް ފުލުހުންގެ އެހީތެރިކަމާއި އާއްމު ރައްޔިތުންގެ އެއްބާރުލުން އޭނާއަށް ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.

އައިންތު އަކީ މާލޭގައި ޓްކެސީ ކުރާ ހަމަ އެކަނި އަންހެން ޑްރައިވަރު ކަމަށްވާއިރު، އޭނާ އެ މަސައްކަތް ފަށާފައި ވަނީ 2018 ވަނަ އަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އަޙުމަދު

    މިއީ މިކުޑަ އިސްލާމީ ޤައުމުގަ ވެސް އަންހެނުންނާ މެދު ކަންކުރެވޭ ގޮތް. ޙަޤީޤަތުގަ މައްސަލައަކީ ދީނުގަ އަންހެނުންނާ ފިރިހެނުން ތަފާތުކުރާތީ އެކަމުގެ ނަތީޖާ. މިގޮތަށް އަންހެނުންނާ އެމީހުންގެ މުދަލާ ތަކެއްޗަށް ގެލްލުންދެނީ ދީންވެރިކަން ކުރިއަށް ނެރެގެން އުޅޭ މީހުން ކަން ފާހަގަކުރެވޭ

    6
    47
    • ޣގހގޗ

      ދީނުގެ ވާހަކަ ދާއްކާއިރު, އިސްލާމްދީނަކީ އެންމެ ރިވެތި ދީން އަދި އެންމެ މާތް ދީން، އަދިބުނަން މިދީނުގައި ނޯވޭ އަންހެން ފިރިހެނުންތަފާތުކުރުމެއް. ތީ ތިމީހުންހަދައިގެން ދައްކާވާހަކައެއް. ތިކަހަލަ މީހުން ތިބޭތިން ތަންފަސާދަވަނީ. ދެންވެސް ދޮގުކޮށް ވާހަކަ ނުދައްކާތި ނޭގެންޏާ. ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ

      36
      1
      • ލައިޝަމް

        އަހުމަދު، އަންހެނެއް ގެ ވެސް ފިރިހެނެއް ގެ ވެސް މުދަލަށް ގެއްލުން ދިނުމަކީ ހަރާމް ކަމެއް... ދީންވެރި ދީންވެރިކަން ކުރިއަށް ނެރެގެން އުޅޭ އެއްވެސް މުސްލިމަކު ތިކަހަލަ ގޯސް ކަމެއް ނުކުރޭނެ.... އަންހެނެއް ގެ މުދަލަށް ގެއްލުން ދިނުމަކީ ހަރާމް ކަމެއް.. ފާފަވެރިވާނެ ކަމެއް..

        21
    • ޝައްފަ

      ދީނީ މިނިވަންކަން ދޭންވީނު އެހެންވިއްޔާ.

      3
      4
    • ސާލިމް

      އެހެންވީރު ތިބޭފުޅާއަށް ގޯސް ތިވީ الله ބާވައި ލެއްވި އިސްލާމް ދީން ތޯ؟ އަންހެނުންނާއި ފިރިހެެނުން އެއްފަދައެއް ނުވާނެ ، ސަލާމަތްތެރި ބުއްދިއެއް ހުރިމީހަކަށް އެކަން ވަންހަނާވެގެން ނުވޭ.
      ބޭފުޅާ އިސްލާމްދީންގެ އަސާސްތަކުގައި ހިމެނޭ މުދަލަށް ރައްކާތެރިކަން ދިނުން. ބަޔަކު މީހުންގެ ހުރި ފާސިޤުކަމަކުން މީހުންގެ މުދަލަށް ގެއްލުން ދިނުމަކީ އިސްލާމް ދީނުގެ ސަބަބުން ކުރުވިޔަ ކަމެއްނޫން. ދީން ނޭގޭނަމަ ދީނާއި މެދު ބަސް ނުބުނޭ މީ ބޭފުޅާގެ ހިތަށް އަރާހާ އެއްޗެއް ބުނެލަން އޮތް ދީނެއްނޫން. މީ އެއްމެހާ މަޙްލޫގުނގެ މައްޗަށް އަމާންކަމާއި އަދުލުވެރިކަން ގެނައުމުން ޙާލިޤު ބާވައިލެއްވި މަގު. ޙައްޤު އިސްލާމް ދީން ނޭގުމާއި ޢަމަލު ނުކުރެވުމަކީ އެހެން މައްސަލައެއް .

  2. ލާދީނީ އަންނި

    އަހަރެންނަކީ ހުރިހާ ނުބަޔަކީ ނިކަން ކަމެއް ކޮއްބަލަ ކެރެންޏާ.

    2
    8
  3. އީގާން

    މީހުންގެ މުދަލަށް ގެއްލުން ދިނުމަކީ އިސްލާމް ދީންގަ ކަޑައެޅިގެން ހަރާމް ކަމެއް... ރަގަޅު ހަރުކަށި އަދަބެއް ދީ

    14
  4. ކޮރަލް

    އަހުމަދު ....... ސިވިލް ސާވިސްގަ މިހާރުވެސް ގިނައީ އަންހެނުންނެވެ. މަތީ ތައުލީމް ހާސިލް ކުރާ 50 ޕަސެންޓް އަށް ވުރެ ގިނައީ އަންހެނުންނެވެ.

    8
    1
  5. އައިމިނާ

    ކާރަށް ގެއްލުން ދެނީ އައިމިނާ އަކީ ބޮޑާ އަންހެނަކަށް ވާތީ، މިކަހަލަ މީހުން ނުވާނެ ޓެކްސީ ކުރަން ޕަސެންޖަރުން އަރުވައިގެން

    2
    5
    • މުބީނު މާރނީ

      ކޮންމެ އިންސާނެއްގެ ވެސް ކޮންމެސް އުނި ސިފައެއް ހުންނާނެ. އެހެން ކަމައްވަންޏާ އެވާހަކަ ރީތި ގޮތަކަށް ބުނެލާނީ. އޭރަށް އައިންތު އަށް ނޭންގި ބޮޑާކަން ހާމަ ކުރެވެނީ ކަމަށް ވާނަމަ އިސްލާޙް ކޮށްލާނެ. ދެވަނަ ގޮތަކީ އޭނައަކީ ބޮޑާ މީހެއްނަމަ، އެކާރަށް ނާރާ އެހެން ކާރަކަށް އަރާނީ. ރާއްޖޭގެ ގިނަ ފައިސާވެރި މަހުޖަނުންނާއި، ގިނަ ރިސޯޓު އޯނަރުންނާއި ގިނަ ޑޮކްޓަރުންނަކީ ބޮޑާ ބައެއް. ކީއްވެ އެމީހުންގެ މުދަލަށް ގެއްލުން ނުދެނީ ؟؟؟ ދެން ބުނޭ މިފަދަ މީހުން ރިސޯޓު އޯނަރުންނަށް ވާކަށް ނުވާނެއޭ.