އިންތިހާބަކާ ނުލައި އަހަރަކަށް ވުރެ ދިގު މުއްދަތަކަށް ލޯކަލް ކައުންސިލްތަކުގައި ބަޔަކު ބައިތިއްބަން ނިންމުމަކީ ހެދުނު ގޯހެއް ކަމަށާއި އޭގެ ހިތި ނަތީޖާ މިއަދު ބަލަން ތިބެން ޖެހިފައިވާ ކަމަށް އައްޑޫ ސިޓީ މޭޔަރު ކަމަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަލީ ނިޒާރު މިއަދު ވިދާޅުވެއްޖެއެވެ.

އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ކަން ކުރެއްވި އަލީ ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނުތަކާއި އަސާސްތަކާ ކުޅެފި ނަމަ އެތައް ގޯހެއް ތަކުރާރު ވާނެ ކަމަށެވެ.

އިންތިހާބާ ނުލައި ކައުންސިލްތަކުގައި ބަޔަކު ބައިތިއްބަން ނިންމި ނިންމުމަކީ ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށް އަލީ ނިޒާރު ވިދާޅުވިއެވެ. ނަތީޖާ ހިތިވެފައި އިތުރު ގޯސްތައް ތަކުރާރުވާ ތަން ބަލަން ދެން ތިބެން ޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެންމެ ފުރަތަމަ މިދިޔަ އަހަރުގެ އޭޕްރީލް މަހު ބާއްވަން ނިންމި އިންތިހާބު ފަސްކުރަން ޖެހުނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވުމުގެ ސަބަބުންނެވެ. އެހެންކަމުން އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން އޭރު ތިބި ކައުންސިލަރުންގެ ދައުރު ދިގުކުރަން ގާނޫނު އަސާސީއަށް މަޖިލީހުން އިސްލާހެއް ގެނައެވެ.

މިހާރު ތިބި ކައުންސިލަރުންގެ ދައުރުގެ މުއްދަތު ހަމަވި ފަހުން މިހާރު ހަތް މަހެއްހާ ދުވަސް ހިނގާފައިވާ އިރު، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދެން މަސައްކަތް ކުރީ މި އަހަރުގެ މާޗު މަހު އިންތިހާބު ބޭއްވުމަށެވެ.

އެކަމަކު ފެބްރުއަރީ މަހާ ހަމައަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދަންމާލުމުން މާޗު މަހު އިންތިހާބު ނުބޭއްވޭނެ ކަމަށް އީސީއިން ވަނީ ވިދާޅުވެފައެވެ. އެއީ އިންތިހާބުގެ ކްމްޕޭނަށް މަދުވެގެން ދެ މަސް ދުވަހުގެ މުއްދަތެއް ކެންޑިޑޭޓުންނަށް ދޭން ޖެހޭނެ ކަމަށް ވިދާޅުވެއެވެ.

ސަރުކާރުގެ ފަރާތުން މިހާރު މަޖިލީހަށް ވަނީ ސިއްހީ ކުއްލި ހާލަތު އުވާނުލިޔަސް އިންތިހާބު ބޭއްވޭ ގޮތަށް އިންތިހާބުގެ ވަގުތީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ހުށަހަޅާފައެވެ.

އީސީއިން މިހާރު އޭޕްރީލް މަހުގެ ތިންވަނަ ދުވަހު އިންތިހާބު ބާއްވަން މަސައްކަތް ކުރާއިރު އެ ކޮމިޝަނުން ވިދާޅުވަނީ އެ ދުވަހަށް އިންތިހާބު ބޭއްވޭނީ ވެސް މަޖިލީހުން އެ އިސްލާހު ގާނޫނަށް ގެނެސްގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މުހައްމަދު

    މީކޮންދިރާސާއެއް ހަދާ ފާ ނޫނީކޮންޗެއް އެނގިގެން
    ކސްގޮވާމީހެއްތަ. މިކަލޭގެ މީމިހާރު ބޮޑުތަނުން ފެއިލްވެފާވާ ބޮޑުކޮހެއް.
    މިކަލޭގެ މަޖިސްގާ އުޅުނުއިރުވެސް އައްޑޫރައްޔިތުންންށް ކޮށްދިން އެއްވެސް ކަމެއްނެތް.

    20
    3
  2. ލ.

    ބަލަ ތިބުނާކަމެއް ކޮށްދިނީ ކާކުތަ؟

  3. ޢަބުޖީ

    ޢައްޑޫސިޓީއަކީއެއްޒަމާނެއްގައި ލިބުނުމޮޅެއް ގައިގާލައިގެންތިބި އާނިބޯ،

  4. ޖަޒީރާ ބޯއީ

    ނިޒާރު މީ މީނާ އުޅޭކަން އެންގުމަށްޓަކާ ދުވާލަކު އެއްޗެއް ކިޔަމުން ދުވާ ރޯނު އެދުރެއް.

  5. މިސްޓަރ އެންޑް މާސްޓަރ

    ތިޔަ ފެއިލިއަރ ތީ އަހަރެން ކައުންޓްކުރާ މީހެއްނޫން. (ހައްޕު)