އއ. ވެލިގަނޑު އައިލެންޑް ރިސޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

މި ހާދިސާ ހިނގައިިގެން އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައި ވަނީ މިއަދު 14:15 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ރޯވެފައި ވަނީ އެ ރިސޯޓުގެ ގެސްޓު ކޮޓަރިއެއްގައި ކަމަށެވެ.

އަދި އެ ކޮޓަރީގައި ރޯވި އަލިފާންގަނޑު އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުން ކޮންޓްރޯލްކޮށްފައި ވާ ކަަަމަށް އެމްްއެންޑީއެފް އިން ވިދާޅުވިއެވެ.

މިހާރު އެމްއެންޑީއެފްގެ ލޯންޗް ދަނީ އެ ރިސޯޓަށް ދަތުރު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދޯދި

    ގެސްޓުން ނެތީމަ އިންޝޫރެންސް ކުފިނިތަކުން ރިސޯޓް ހިންގޯތޯ؟؟؟؟ ހަފްތާއަކު ރިސޯޓެއް ރޯވޭ އެބަ .... ސަލާމް

    1
    1