މާލެ އަމީނީ މަގުގައި ހުންނަ މެކްޓެކް ފިހާރައިން ގިނަ އަދަދެއްގެ ފައިސާ ތަކެއް ވަގަށް ނަގައިފިއެވެ.

ފުލުހުން ވިދާޅުވީ، އެ ފިހާރައިން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 7:01 ގައި ކަމަށެވެ.

ފުލުހުން ވިދާޅުވީ، މި ވައްކަމާއި ގުޅިގެން މިހާތަނަށް ބެލި ބެލުމުން، 95،000 ރުފިޔާ އާއި 17،00 ޑޮލަރު ވަގަށް ނަގާފައިވާ ކަމަށް މައުލޫމަތު ލިބިފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.