އއ. ވެލިގަނޑު އައިލެންޑް ރިސޯޓުގެ ގެސްޓް ކޮޓަރީގައި ރޯވި އަލިފާންގަނޑުގެ ސަބަބުން މުޅި ކޮޓަރި އެއްކޮށް އަނދާފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެ އެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ, މި ހާދިސާގައި އެ ކޮޓަރީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ވާ ކަމަށެވެ.

މި ހާދިސާ ހިނގައިިގެން އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައި ވަނީ މިއަދު 14:15 ހާއިރު އެވެ.

އަދި މި ހާދިސާގައި މީހަކަށް އަނިޔާ ވެފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މި ހާދިސާ ހިނގަން މެދުވެރިވެފައި ވަނީ ކަރަންޓް ސޯޓެއް ވެގެން ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެލައިޑް

    ހާދަ އަލިފާނުގެ ހާދިސާ ގިނައޭ... ރާވައިގެން އިންސުރެންސް ލާރިހޯދަން ކުރާކަމެއް ނޫންބާ!

    4
    2