އައްޑޫ ސިޓީ ހިތަދޫން ހަތް ދިވެހިންނާއެކު މަހަށް ފުރި ލޯންޗެއް ދިޔަވާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ދިޔަވަމުން ދަނީ ބްލެކް ހެރޮން ނަމަކަށް ކިޔާ ލޯންޗެއް ކަމަށެވެ. އެ ލޯންޗް ދިޔަވާތީ ސިފައިންނަށް މައުލޫމާތު ލިބުނީ މިއަދު ހަވީރު 17:13 ހާއިރު އެވެ.

އަދި އެ ދިޔަވަމުންދާ ލޯންޗް ހިތަދޫއަށް ވެެއްދުމަށްޓަކައި މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވިގޮތުގައި، އެ ލޯންޗާއެކު އެމްއެންޑީއެފްގެ ކޯސްޓްގާޑު ލޯންޗް ދަތުރު ކުރަމުންދާ ކަަމަށެވެ.

އެ ލޯންޗަށް ދިޔަވާން ފެށީ ހިތަދޫ ކައިރިއަށް މަހަށް ނުކުމެ އުޅެނިކޮށެވެ.