ކޮވިޑް-19 އާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވަކި ތަރުތީބެއް ނެތި ސުންކު (ސާމްޕަލް) ނަގަން ނިންމައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ވިިދާޅުވީ، މާދަމާ އައްޑޫން ވަކި ތަރުތީބެއް ނެތި ސުންކު ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން މި ސުންކު ނެގުމުގައި އިސްކަން ދޭނީ ފެރީ އާއި ފިހާރަތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ކަމަށް އެޗްއީއޯސީން ވިދާޅުވިއެވެ.

މިި ތަންތަނުން ވަކި ތަރުތީބެއް ނެތި ސުންކު ނަގަން ނިންމާފައި ވަނީ މިފަދަ ތަންތަނަކީ އާއްމުކޮށް މީހުން ގޮސް އުޅޭ ތަންތަނަށް ވާތީއެވެ.

މީގެ ކުރިންވެސް އައްޑޫ ސިޓީ ވަކި ތަރުތީބެއް ނެތި ސުންކު ނަގާފައިވެއެވެ.

ރާއްޖެއިން މިހާތަނަށް 14,513 މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އެ ބަލީގައި 49 މީހަކު ވަނީ ނިޔާވެފައެވެ. އަދި މި ބައްޔަށް ފައްސިވެގެން މިހާރު 919 މީހަކަށް ފަރުވާދެމުންދާއިރު، މީގެ ތެރެއިން 69 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްގައެވެ.

ކިޔުންތެރިންގެ ހިޔާލު