ކުރީގެ ރައީސް، އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، އިސްލާމިކް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޝެއިހު ހުސެއިން ރަޝީދު އަހްމަދުގެ މައްސަލައެއް ބަލައި ދިނުމަށް އެދި ރައްޔިތުންގެ އިއްތިހާދުން ފުލުހުންނަށް ހުށަހަޅައިފިއެވެ.

26 ޖަމިއްޔާއެއް ގުޅިގެން އުފެއްދި ރައްޔިތުންގެ އިއްތިހާދުން ހުށަހަޅާފައިވާ އެ މައްސަލާގައި ބުނެފައި ވަނީ، ޣައިރު މުސްލިމުންގެ ޝިޢާރު ފާޅު ކުރުމާއި އަދި އެކުށަށް އަރައިގަތުމަށް އެހެން މީސްތަކުންނަށް ހިތްވަރު ލިބޭގޮތަށް ރައީސް ނަޝީދު ވާހަކަ ދައްކައި، މީޑިޔާގެ ވަސީލަތްތައް މެދުވެރިކޮށް ލާދީނީ ޚިޔާލު ފާޅުކޮށްފައިވާ ކަމަށެވެ. އަދި އެ އަމަލަށް ހުސައިން ރަޝީދު ތާއިދުކޮށް، ރައްޔިތުންގެ މެދުގައި އޮތް އިސްލާމީ ވަޙްދަތު ގެއްލި ދީނީ ބައިބައިވުން އުފެދޭނެ ގޮތަށް ވާހަކަ ދައްކާފައިވާ ކަމަށް ބުނެފައި ވެއެވެ.

އަދި އެހެން ދީންތަކުގެ ޝިޢާރު ފާޅުކުރުމުގެ ތެރޭގައި ހިމެނޭ ކްރިސްމަސް ދުވަސް ފާހަގަ ކުރުން ހުއްދަ ކަމަށާއި، އެފަދަ ނުބައިކަން ބޮޑު ޝިރުކުގެ ފާފައަށް ތަހުނިޔާ ކިޔުމަކީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫންކަމާއި، އެކަމަށް ހިތްވަރު ދޭ މޭރުމުން ނޭއްގާނީ ވާހަކަ ޢާއްމުކޮށް، އިސްލާމީ ޝަރީޢަތާއި ރާއްޖޭގެ ޤާނޫނު އަސާސީއާ ޚިލާފަށް ރައީސް ނަޝީދާއި، ހުސައިން ރަޝީދު މުހައްމަދު ވާހަކަދައްކާފައިވާ ކަމަށެވެ.

ނަމަވެސް އެއީ މިރާއްޖޭގައި ތިއްބެވި އެންމެ ފުންނާބު އުސް ދީނީ ދަންނަބޭކަލުން ގެންނަވައިގެން ހިންގަވަމުންދާ ދީނީ ޕްރޮގްރާމްތަކުގައި ވެސް ވަރަށް ޞަރީޙަ ޢިބާރާތުން އެއީ ހުއްދަ ކަމެއް ނޫން ކަމަށް ބަޔާކޮށްފައިވާ ވާހަކަތައް ކަމަށް އެ އިއްތިހާދުން ބުނެފައި ވެއެވެ.

އަދި އެ ދެބޭފުޅުން ރައްޔިތުންގެ ކުރިމަތީގައި އެއްވެސް ހުރަހެއް ނެތި ފާޅުކަން ބޮޑު ގޮތެއްގައި ހިންގާފައި އެވާ ޖަރީމާތައް ބެލުމަށްޓަކައި އެކަން ތަހުގީގު ކުރުމަށް އެދިފައި ވެއެވެ. އަދި އެ ދެ ފަރާތަށް ޤާނޫނީ ގޮތުން ޝަރުޢީ ފިޔަވަޅު އެޅުމަށްވެސް އެދިފައި ވެއެވެ.

އެ މައްސަލަ ފުލުހަށް ހުށަހަޅާފައި ވަނީ މިއަދު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ފޮނުވި ސިޓީއެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އަޑަފަ

    މިހާރުގެ ހާލަތު ހުރިގޮތުން ކުއްވެރިވާނީ ތިޔަ މައްސަލަ ހުށަހެޅި ފަރާތްތަކެވެ.

    66
    2
  2. މަހާ

    މައުމޫނުވެސް ހިމަނައިގެން މައްސަލަ ހުށައެޅިނަމަ ތަންކޮޅެއް ފުރިހަމަވީސް.

    51
    3
  3. ކުކުޅު ހ މާލެ

    ދޮން ކަލޯ މެން އެދި ފައިވާ ސިޓީ ގައި އެ 2 ބޭކަލުން ހައްދު ޖެހުމަށް ކީއްވެތަ އެދި ފައި ނުވަނީ؟

    25
    13
  4. Anonymous

    ފުލުހުންގެ ތެރެއިން ތިމައްސަލަ ބަލަންކެރޭނެ މީހަކު ވާނެތަ؟

    63
    2
  5. އަލީބަލީ

    އެއީ ހަރާމްކަމެއް ނޫން.

    2
    13
  6. ޔޫއައި

    މައުމޫނެކޭ ހުސެއިން ރަސީދެކޭ އައްނިއެކޭ ޝަހީމެކޭ ނުބާނުލަ ފާކަމުން ހައްދު ފަހަނައަޅާ ފަތިބިބައެއް
    ކުރުކޮއް ބުނައްޏާ ޔަހޫދީންނައްވުރެނުބާ
    ރު ފިޔާދޭކޮޅަކައްއުޅޭބައެއް
    ލޮބުވެތި ފުލުސް ބޭ ފުޅުންނައް ގޮވާލަން މިމީހުން ހި ފާހައްޔަރުކުރަން މިހިދުންމިހިދައް ވ.ސަލާމް

    13
    4
  7. ބޭޗާރާ

    މީ ހަމަ އެއްކަހަލަ ދެ ދޮގުވެރިން. ދެމީހުންކުރެ މީހަކު ތެދެއް ނަހަދާނެ. ކީރިތި ޤުރްއާނޭ ކިޔައިގެން ހުސައިނުބޭ ހަދާފައި ހުރި ދޮގުތައް މަދެއް ނޫން. ދެން ހުރިމާ ހުރީ އޭގެ އަނެއްކޮޅަށް ގޮސް ހުސްވެފައި. ދޮގުން ފުރިފައި ތިބީ.

    18
  8. ހާމީ

    ތިމައްސަލަ ބަލާނީ އާޚިރަތް ދުވަހުން.. އެހެންނޫންތޯ ޝެއިޙް ހުސެން ރަޝީދު

    19
  9. ހަލީމް

    އޭ ޝައިޚް ޙުސައިން ރަޝީދޫއެވެ. ޝައިޚުންނަކީ އަހަރެމެން ޤަބޫލުކުރާގޮތުގައި އުޅެންވީ ރަނގަޅުގޮތާއި ދޫކޮށްލަންވީ ނުބައިކަންކަން މީސްތަކުންނަށް އަންގައިދޭން އަހަރެމެންގެ މައްޗަށް ލިއްބަވާ ބޮޑެތި ޢާލިމުންނެވެ. އެކަމަކު ތިޔަ ޝައިޚަށް އަންނި ކޮންމެފަދަކަމެއް ކުރިޔަސް އޯކޭއެވެ. ކުރީގައި މައުމޫން ތުނބުޅި ނުބަހައްޓައި ނަޝްރީނާ ބުރުގާ ނާޅާތީ އެއީ ދީނަށް އުޅޭ ބައެއްނޫނޭކިޔާފައި މިއަދު ހަމަ އެވައްތަރުގެ މީހުން އޯކޭއެވެ. ޝައިޚުންނަކީ ސިޔާސީ ބވާންޖެހޭ ބައެއްނޫނެވެ. އެއީ މީސްތަކުންނަށް ހެވާ ނުބައި އަންގައިދީ ދަސްކޮށްދީ ކަންކަމަށް މަގުދައްކައިދޭންޖެހޭ މީހުންނެވެ. ނަޝްރީނާ ބުރުގާ ނާޅާތީ ކަމުނުދިޔަފަދައިން ލައިލާ އާއި ފަޒުނާ ނާޅާތީވެސް ކަމުނުދާންވާނެއެވެ. މައުމޫން ތުނބުޅި ނެތީމާ ކަމުނުދިޔަ ފަދައިން އަންނިޔާ އިބޫ ތުނބުޅި ނެތީމާވެސް ކަމުނުދާންވާނެއެވެ. އެހެންނޫންތޯއެވެ؟

    10
  10. ސލ

    މައްސަލަ ކުރިއަށް ގެންގޮސް، ކުށްވެރިންނަށް ހަރުކަށި
    އަދަބު ދޭން ގޮވާލަމެވެ.

  11. ރައްޔިތުން

    މޮޔައިންގެ އިއްތިހާދެއް. ތި ކަން ބަލާނީ ކާ ކު؟

  12. ކުރުކޮއް

    މިސަރުކާރަކުން ތިމައްސަލަބެލޭކައްނެތް

    2
    1