އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި ޖިންސީ އަމަލު ހިންގުމާއި، ޖިންސީ ގުޅުން ހިންގުމަށް ގްރޫމް ކުރުވި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިކަން ހިނގާފައި ވަނީ ނޯތް ސެންޓްރަލް ޑިވިޝަން (ކ،އއ،އދ،ވ)ގެ ރަށެއްގައެވެ. ފުލުހުން ވިދާޅުވީ، އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ.

ފުލުހުން ވިދާޅުވީ، އެ މައްސަލައާ ގުޅިގެން މިއަދުގެ ވަގުތެއްގައި 23 އަހަރުގެ ދިވެހި ފިރިހެނަކާއި، 26 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ދެ މީހުންވެސް ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ކުޑަކުދިން ގްރޫމް ކުރުން ނުވަތަ ހައްލާލައިގެން ގާތްވާން އުޅުމުގެ ކަންކަން ރާއްޖޭގައި ވެސް ހިނގަމުން އަންނަ ކަމެކެވެ. މިފަދަ މައްސަލަތައް މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިފަދަ މައްސަލަތަކާއި ގުޅިގެން ކަމާއި ގުޅުން ހުރި މުވައްސަސާތަކުން ދަނީ މައިންބަފައިން ވަރަށް ބޮޑަށް ސަމާލުވުމަށް އެދެމުންނެވެ.

ފުލުހުން ވިދާޅުވީ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ފަރާތްތަކާއި، ކުޑަކުދިން ރޭޕްކޮށް ބްލެކްމެއިލްކޮށް، ގްރޫމްކުރުވައިގެން ކުށްކުރުމުގައި ކުދިން ބައިވެރިކުރުވައި އަދި ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އަމަލުކުރާ ފަރާތްތަކާމެދު ގާނޫނީގޮތުން އެޅެން އޮންނަ އެންމެ ހަރުކަށި ފިޔަވަޅު ފުލުހުން އަޅަމުން ގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. އަހާލީ

  15އަހަރުގެ ކުއްޖެ ހައްލާލެވިދާނެތަ..

  23
  9
 2. ހޯރަ އިއްބެ

  އެކަހަލަ މީހެންނު އިބޫ ސޯލިހު މާފު ކޮއްފަ ދޫކޮއްލީ!

  34
  2
 3. ޖަޒީރާވަންތަ ރޯޔަލް ކެހެރިނުފަޅާ ޖަނަވާރު

  ރޭޕް ސަރުކާރު އިސްތިއުފާ

  17
  1
 4. ރޯޔަލް ބަކަރި

  ރީނދޫ ޕާޓީން ބޭނުންވާގޮތެެއްނުތީ.. ބިރަކާ ނުލާ މަޖާކުރުން.. ހޯރައިއްބެ ކަހަލަ މީހުން އުފާކުރުން.. މި ސަރުކާރަކީ ޖެހިފައޮތް ވަބާއެއް

  20
  1
 5. ބަކަރި

  ރޭޕިސްޓުންނަށް މަރުގެ ހުކުމްދިނުނާ މެދު ވޯޓަކަށް ދާން ފެނޭ

  15
  2
 6. ޕަންޕު

  ސޯލިހު ޖެހޭނެ ޒިންމާ ނަގަން. ކުރީގަ ކިރިޔާ ކަމެއްވާއިރަށް ޔާމީން ބޮލުގަ އަޅުވަނީ..

  19
  1
 7. ގެރި

  ތީގެ ކުއްޖެއް ނޫންތޯ ވެރިކަމަށް އަރާފަ ދޫކޮށްލީވެސް.. ވަކި މީހަކު ވީމަ ކުޑަކުދިން ނޮޅާކެއުންވެސް މި މީހުނަށް އޯކޭވީ؟ އެމްޑީޕީ ވެެރިކަމެއްގަ ކުށްވެރިންނަށް މޮޅުގޮތް

  19
  1
 8. އެމަންޖެ

  ތިޔައީ އަންނިމެންގެ ހުއްދަ ލިބިގެން މިހާރު މިގައުމުގަ ކުރާ ކަންކަން.

 9. އަހްމަދު

  ތިވާހަކަ ކާކު ގަބޫލުކުރާނީ؟؟
  15. އަހަރުގެ ހޭބުއްދި ސަލާމަތުންހުރި ކުއްޖަކު ހައްލައިލެވޭނެތަ؟؟؟🤷

 10. ފާއިގު

  ބ.ކަމަދޫ ގަވެސް ކުޑަކުއްޖެއް ރޭޕްކޮށްގެން އުޅޭ ކިޔާ . ބަލާލަބަލަ