23:37

މިހާރު ކޮވިޑް-19 އިން ދިފާއުވުމަށް އުފައްދާފައިވާ ވެކްސިންތައް ބޭނުންކުރި ނަމަވެސް ދެކުނު އެފްރިކާ އިން ފެނިފައިވާ ކޮވިޑް-19 އާވޭރިއަންޓުން ރައްކާތެރި ނުވެވިދާނެ ކަމަށް ބައެއް މައުލޫމާތުތަކުން ދައްކައިފި.

22:01

ރާއްޖެ އިން އިތުރު 51 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

20:59

ރާއްޖޭގައި ބޭނުންކުރާ ވެކްސިންތައް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިވްއެޗްއޯ)ގެ މިންގަނޑުތަކަށް ފެތޭނެ ކަމަށާއި، އަދި ރައްކާތެރިކަމުގެ މިންގަނޑުތައް ބަލައި ކަށަވަރު ކުރެވޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެ.

20:28

އިންޑިއާ އިން އުފެއްދި ވެކްސިން ޖެހި ގިނަ މީހުންނަށް ސިއްހީ މައްސަލަތަކެއް ކުރިމަތިވެފައިވާ އިރު، ގިނަ ބަޔަކު މިވަގުތު ވެކްސިން ޖަހަން ލިބުނު ފުރުސަތުގެ ބޭނުން ހިފަމުން ނުދާ ކަމަށް ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނަން ފަށައިފި.

20:26

ކޮވިޑް-19 އާ ދެކޮޅަށް އިންޑިއާގައި ޖަހަމުންދާ ވެކްސިން ޖެހި ދެ މީހަކު މަރުވެއްޖެ.

19:16

18:40

ގއ.ދާންދޫން އެއް އަހަރުގެ ކުއްޖަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށާއި، އެ ކުއްޖާ ގއ.ވިލިނގިލީގައި ހުންނަ ކޮވިޑް ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް ފަށައިފި.

18:13

ކޮވިޑް-19 އަށް ފައްސިވި ބަޔަކު ފެނިގެން، މޮނީޓަރިންގ ހާލަތަށް ލި ގއ. ވިލިނގިލީގެ މޮނީޓަރިންގ ހާލަތު އުވާލައިފި.

16:54

ކޮވިޑް-19 އާ ދެކޮޅަށް އިންޑިއާއިން އުފެއްދި ވެކްސިން މާދަމާ ރާއްޖެ ގެންނަން ނިންމާފައިވާ ކަމަށް އިންޑިއާ މީޑިއާތަކުން ރިޕޯޓްކޮށްފި.

13:28

ގިނަބަޔަކު ކޮވިޑް-19 އަށް ފައްސިވި ގއ. ދެއްވަދޫން އިތުރު ބަޔަކު ފައްސިނުވާތާ ތިން ދުވަސް ވާން ކައިރިވެފައިވާ ކަަމަށް އެރަށު ކައުންސިލުން ބުނެފި

12:49

ގއ. ދާންދޫ އިން ނުވަ މީހަކު ކޮވިޑް-19 އަށް ފައްސިވެ ބިރުވެރިކަން އިތުރުވެފައިވާ ކަމަށް އެ ކައުންސިލުން ވިދާޅުވެއްޖެ.

11:47

ސިއްހީ ކުއްލި ހާލަތު އުވާނުލިޔަސް އިންތިހާބު ބޭއްވޭ ގޮތަށް ފާސްކޮށްފި.


ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު އިތުރުވެ، ރާއްޖޭގެ ހާލަތު އަނެއްކާވެސް ބަދަލުވަމުންދާ ކަމުގެ ނިޝާންތައް މިވަނީ ފެންނަން ފަށައިފިއެވެ. ބަލި ޖެހިފައި ތިބި މީހުންގެ އަދަދު 900 ފަހަނައަޅާފައި ވާއިރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ. އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު މިވަނީ މިހާރު 70 އަށްވުރެ މައްޗަށް ގޮސްފައެވެ.

މިހާރު ހާލަތައް އަންނަމުންދާ ބަދަލުތަކާއި ފައްސިވާ މީހުންގެ އަދަދަށް ބަލާއިރު ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅަން ޖެހޭ ހާލަތައް ދިއުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އިތުރު ފުރަބަންދަކަށް ނުވަތަ އިތުރު ހަރުކަށި ފިޔަވަޅުތަކެއް ނާޅައި ބަލި ކޮންޓްރޯލް ކުރުމަށް ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް އިހްތިރާމް ކުރަން އެބަޖެހެއެވެ.

ދުނިޔޭގެ ހާލަތައް ބަލާއިރު އަދިވެސް ކޮވިޑް-19 ދަނީ ގިނަ ގައުމުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުންނެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލާދީނީ އަންނި

    ތީވަރަށް ބޮޑު އޮޅުމެއް ރާއްޖޭގެ އަދަދުތައް މައްޗަށް ގޮސް، ހާލަތު ބަދަލެއް ނުވާނެ ، މިހަފުތާ ތެރޭ ވެކުސިންގެނެސް ރާއްޖޭ މީހުން ގަޔައް ޖަހާނަން.

    2
    2