ކ.ތުލުސްދޫ ފާތިމަތު އުލްފާ ނަމަކަށް ކިޔާ ޒުވާން އަންހެނަކު ގެއްލިގެން އުޅޭކަމަށް ބުނެ އާއިލާ އިން އެޒުވާނާ ހޯދަން މީސް މީޑިއާގައި ޕޯސްޓެއްކޮށް، އަދި މީޑިއާތަކާއި މައުލޫމާތު ހިއްސާކުރުމުން އާއިލީ ބޮޑު ކޯޅުމަކަށް މައްސަލަވެ، "ގެއްލިގެން އުޅޭ" ޒުވާނާ މީސް މީޑިއާގައި އޭނާގެ އާއިލާއަށް ބޮޑު ތުހުމަތެއް ކޮށްފިއެވެ.

ގެއްލުނު ކަމަށް ބުނާ އަންހެން މީހާގެ މަންމަ މީޑިއާ އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ އޭނާގެ ދަރިފުޅު ވަނީ ބްލެކްމެއިލް ކޮށްގެން ދަރިފުޅުގެ ލޯބިވެރިޔާ ގެންގޮސްފައި ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

"އަޅުގަނޑުގެ ދަރިފުޅު ބްލެކްމެއިލް ކޮށްގެން އޭނާ ގެންދަނީ. އެހެންވެ އެ މައްސަލަ ކުރިންވެސް ފުލުހަށް ހުށަހެޅީ. ނަމަވެސް ފުލުހުން އަންގަނީ 18 އަހަރު ފުރިފައި ހުރި ކުއްޖެއްކަމުން އެ މައްސަލަ ނުބެލޭނެ ކަމަށް،" އޭނާގެ މަންމަ "ވަން އޮންލައިން" ނަމަކަށް ކިޔާ ނޫހަކަށް ބުނެފައި ވެއެވެ.

އަންހެން މީހާގެ ބޭބެ ވަނީ އޭނާގެ ކޮއްކޮ ހޯދަން އާއްމުން އެހީތެރިވުން އެދި ފޭސްބުކްގައި ދިގު ޕޯސްޓެއް ކޮށްފައެވެ. އެޕޯސްޓާއި އަދި މީޑިއާގައި އަންހެން މީހާގެ އާއިލާ އިން ދައްކާފައިވާ ވާހަކަތަކަށް އަންހެން މީހާ ވަނީ ފޭސްބުކްގައި ރައްދު ދީފައެވެ.

"ގެއްލިގެން އުޅޭ" ކަމަށް ބުނާ އަންހެން މީހާ ފޭސްބުކްގައި ބުނެފައި ވަނީ އޭނާގެ އަގު ވައްޓާލުމަށް ދޮގު މައުލޫމާތު ފަތުރަމުން ދަނީ އާއިލާ އިން ކަމަށެވެ. "އަޅުގަނޑު ބްލެކްމެއިލް ކުރަމުން ދަނީ އޭނާ (ބޭބެ) އާއި އާއިލާ މީހުން. އަޅުގަނޑު މިހުރީ ހެޔޮ ހާލުގައި." އޭނާ ފޭސްބުކްގައި ލިޔެފައި ވެއެވެ.

މިމައްސަލަ އާއި ގުޅިގެން އަދި ފުލުހުންގެ ބަހެއް ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. Anonymous

    ކިހިނެތް އެނގެނީ އޭނާގެ އެފްބީގައި އެލިޔާ ޕޯސްޓްތަކަކީ ލޯބިވެރިޔާ ލިޔާ ޕޯސްޓްތަކެއް ނޫންކަމެއްވެސް.. ނޫނީ ލޯބިވެރިޔާ އޭނާ ބްލެކްމެއިލްކޮށްގެން އޭނާ ލައްވާ ލިޔުއްވަނީ ނޫންކަމެއްވެސް

    88
    7
    • ސަދީމް

      މިކަހަލަ ކަންތަކު ގިނަފަހަރު ތިމާގެ މީހުން ބެހެނީ އޮއްބާލަން މޮޅުވާހަކައެއް ހަދަނީ. ދަރިފުޅު ބުނަނީ ބެހުނިއްޔޭ މަންމަ ކައިރީ އެހީމަ ބުނޭ ހިގާދިޔަކަމެކޭ، މާމަ ބުނަނީ
      ދެނެހުރި ކަމެއެއްވެސްނޫނޭ. މައްސަލަ ޖައްސަން ބުނާއިރައް މާމަގެ އަނގު ގެއްލިދާނެ. މީ މިހާރުގެ ހާލު

      5
      1
  2. ބުއްޅަބެ

    މަގުއޮޅިގެން ދިޔަޔަސް އެ ހީވާނީ ޢާއިލާއިން ނެވެ. އެކަން ހަނދާން ކުރާށެވެ.

    78
    4
  3. ޕޮގުބާ

    މަ އިން ބަފަ އިންނާ ދެކޮޅަށް އުޅޭމީހުނަށް ހިތި ތަޖުރިބާ އެށް ކުރަންޖެހޭނެ އެ އީ އެކަން އޮންނަގޮތް މުޅިރަށަށް ފަލީހަތްވެ މީހާގެ އަގުވެ އްޓި ދުނިޔެމަތިން ފޫހިވާނެ

    70
    4
  4. ސައިބ

    ކިހިނެއް އިނގެނީ ފޭސްބުކުގައި ލިޔަނީ އޭނާކަމެއް ނުވަތަ ބްލެކްމެއިލް ކޮށްގެން އުޅޭ ބައެއް ނޫންކަން.
    ފުލުހުން އޭނާއަށް ސޯޝަލް މީޑިއާއިންވިަޔސް އަންގަންޖެހޭ އޭނާ ފުލުހަށް އައިސް ރިޕޯޜޓްކޮށް އޭނާގެ ހާލު ބުނެދޭން.
    އެހެން ނޫނީ ހިތާމަވެރި ހާދިސާއެއް ހިނގާފަހުން ޕޮލިހުން ބޮލުގައިވެސް ފަރުވާކުޑަކުރިކަުގެ އިލްޒާމް އެޅޭނެ.

    70
    4
  5. އިބިލީސް

    މައިންބަފައިންގެ މޫނުގަ ކޮޅިފައިން ޖަހައިފަ ގޮސްގެން ލިބޭނެ ވަކި މޮޅެއް ނޯންނާނެ. ވަގުތީ އުފަލެއް ލިބުނަސް ބާވީމަ ހަމަ އެއްލާލާނީ. އެހިސާބުން ބަނޑުއަޅައި ވިހޭ މަންމަ ކައިރިއަށް ދުވެފަ އަންނާނެ. މީ ދުނިޔޭގެ އާދަ. ވ ގިނަ ތިކަހަލަ ހާދިސާތަށް ފެނިފަ މިބުނީ. މައިންބަފައިންވެސް ދެން މިހާރު ވެއްޖެ އެކުއްޖަކު އިންނަނީ ރަގަޅުކުއްޖެއްކަން އިނގެންޏާ ކައިވެންޏަށް ރުހެން އަވަހަށް.

    76
    7
    • ާއަމައްޔާއި

      މައިން ބަފައިން ހެޔޮ ދޯ ކޮންމެ ގަނައެއް ތެޅުވިއަސް. ތިކަހަލަ މީހުންނާއި ހެދީ އަންނަން އޮތް ޖީލް ތަކުގެ ކުދިން ވެސް މިގޮތައްވަާނީ

      13
      23
      • އިބިލީސް

        ކޮން ޖީލެއްތަ ހަލާކު ނުވެގެންތަ ކަލޭ ތިއުޅެނީ. ކަލޭ މަންމަ މިދުނެޔެއަށް ކަލޭ ގެންނަން އެޅި ވޭން ކުޑައީތަ ގަޑަތަޅުވަނީއޭ ތިކިޔަނީ؟

        17
    • މ

      ރަނގަޅު ވާހަ ކައެއް!! ދެ ކުނިން މައިންބަފައިންގެ އަޑު ނާހާ ފިލައިގެން އެހެން ރަށަ ކަށް ކައިވެނި ކޮށްގެން ދިރިއުޅުން ހަލާ ކުވި އަންހެނެއް. އަނބުރާ ހަމަ މައިންބަފައިން ކައިރިއައް ދިޔައީ. ފިރިމީހާގެ ހަގީގިތް އިނގުމުން

      12
  6. ސަޓޯ

    . ކަލޭގެ ދަރި ތަރުބިއްޔަތު ކުރަން ފެއިލްވީމަ ދެން ކަނޑާލާ ޕޮލިހުންގެ ބޮލަށް.

    27
    25
  7. ާއަމައްޔާއި

    މައިން ބަފައިން ހެޔޮ ދޯ ކޮންމެ ގަނައެއް ތެޅުވިއަސް. ތިކަހަލަ މީހުންނާއި ހެދީ އަންނަން އޮތް ޖީލް ތަކުގެ ކުދިން ވެސް މިގޮތައްވަާނީ

    9
    20
  8. މައިންބަފައިންވެސް.....

    ދަރިފުޅަށް ހެޔޮއެދޭނަމަ، މައިންބަފައިން ވެސް އެގޮތަކަށް ކަންތަކެއް ނުކުރީހެވެ. ބައެއްމީހުން، އިންޑިއާ އާއި ދިމާލަށް އެތިވަރު ގޮވާއިރު، އަނެއްބައި ދިވެހިން މި ހިންގަނީ، އިންޑިއާގެ ޢާއިލާތަކުގައި، ވަރަށް ގިނައިން ޚާއްޞަކޮށް އަންހެން ދަރިންނާއިމެދު ހިންގާފަދަ ނާތަހުޒީބީ ޢަމަލުތަކެވެ. އެ އަންހެން ކުއްޖާއާއި ދޭތެރޭ ޢާއިލާއިން، ޢަމަލުކުރި ގޮތުން ޢާއިލާތެރޭ އޭނާއަށް އެއްވެސް ރައްކާތެރި ކަމެއް ނެތްކަން ވަރަށް ސާފުކޮށް ހާމަވެއެވެ. އަދި އަންހެން ކުއްޖާގެ ޢަމަލުތަކުން ރަނގަޅު ތަރުބިއްޔަތެއް ދެވިފައި ނެތްކަން ވެސް ސާފުކޮށް ހާމަވެއެވެ.

    4
    2
  9. އަލީ

    ދިވެހި ގިނަ އަންހެން ކުދިންނަށް ވަރަށް ކަމުދޭ ކަންމަތީގައި އުޅޭ ފެންނުވަރާ ބޯދިގު ޕާޓޭސް. ދެން ދިރުއުޅުމެއް ދަތުރު އިނގެނީ އޮޑީގެ އަސްލު ފެންވަރު. ދެއިރު ދެދަޅައަށް އޮޑި މާފުށީ ޖަލަށް އެހެލާފައި ބާލަން ފެށީމާ ދެން މިދަނީ ތިން ހަތަރު ދަރިން ގޮވައިގެން މައިންބަފައިންގެ ކާރިއަށް. މުސްކުޅި ވާ ދުވަހުވެސް ގިނަ މައިންބަފައިން އުޅެނީ މާމަ ކާފަ ދަރިންގެ ހައްގުގައި ބުރަ މަސައްކަތު

    19
    2
    • ާަފރ

      ޜަނގަޅަށް އެކޮއެ ތިބުނީ