ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި މިހާރު ރާއްޖޭގައި މިއޮތް ސަރުކާރު އެއްވަރު ކަމަށް އައްޑޫ ސިޓީ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީ އަށް ނިސްބަތްވާ ކައުންސިލަރު ފައިސަލް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ފައިސަލް މިހެން ވިދާޅުވީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ. ކައުންސިލަރުންގެ ބާރުތަކުގެ ތެރެއަށް ސަރުކާރުން ނުފޫޒު ފޯރުވާ މައްސަލަ އާއި މާލޭ ސަރަހައްދަށް މީހުން ހިޖުރަކުރަން މަޖުބޫރު ކުރުވާތީ އެކަމަށް ފައިސަލް ވަނީ ފާޑުވިދާޅުވެފައެވެ. ފައިސަލް ވަނީ ކައުންސިލްތަކުގެ ބާރުތައް ކަނޑައިނުލަނީ ކޮން ސަރުކާރަކުންތޯ ސުވާލު ކުރައްވާފައެވެ.

"ޔާމީން ބާރުތައް ކަނޑާލީމަ ގޯސްވީ. މިސަރުކާރު އެއެއްޗެކޭ މިއެއްޗެކޭ ކިޔައި ކައުންސިލްގެ ބާރުތައް ކަނޑާލީ. އެލްޖީއޭ ކިޔާ ތަނަކީ ސީދާ އެޓޯލް މިނިސްޓްރީ ކަމަށް ހަދާލީ. ރައްޔިތުންނަށް ޚިދުމަތެއް ނުދެވޭ. ކޮންމެ ކަމަކަށް އެމީހުންގެ ހުއްދަ ނަގަން ޖެހޭ." ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ހުޅުމާލެ އަށް ރައްޔިތުން ގެންދަން ޔާމީން ސީދާކޮށް އެދިވަޑައިގަންނަވަމުން ގެންދެވި ކަމަށެވެ. "އެކަމަކު މިސަރުކާރުން އެހެން ނުކިޔާ އެކުރާކަމަކީ އެކަން. ގުޅީފަޅު، ހުޅުމާލެ، ވިލިމާލެ ތަރައްޤީ އެކުރަނީ އެހެންވެ. 500 މިލިއަން ޑޮލަރުން ހުޅުމާލެ، މާލެ، ވިލިމާލެ އެގުޅުވަނީ އިންޑިއާ މީހުން އަންނާކަށް ނޫން. ހަމަ ދިވެހިން އަންނަން." ފައިސަލް ވިދާޅުވިއެވެ.

ކައުންސިލްތަކަށް ބަޖެޓް ނުލިބޭތީ އެކަމާވެސް ފައިސަލް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ ކައުންސިލްތަކަށް ދީފައި ވަނީ "އޮފީސް ހުޅުވާ ލެއްޕޭވަރުގެ ބަޖެޓެއް" ކަމަށެވެ.

"މިސަރުކާރެކޭ ޔާމީންގެ ސަރުކާރެކޭ އެއްވެސް ތަފާތެއް ނެތް. ސަރުކާރު އަހަރެމެންގެ، މަޖިލިސް އަހަރެމެންގެ، ދެންވެސް ތަނެއް (އޮތިއްޔާ) އަހަރެމެންގެ. އެކަމަކު ކައުންސިލްގެ ބާރެއް ނެތް. ޓީވީތަކާއި ނޫސްތަކަށް އަރައި ރިވެތި ބަސްތައް ބުނެވިދާނެ. މިސަރުކާރު ފާހަގަ ވަނީ އާދޭސް ކުރާ ސަރުކާރެއްގެ ގޮތުގައި." ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ މިސަރުކާރު ގެންނަން އެންމެ ބުރަކޮށް މަސައްކަތް ކުރި އެކަކަށް އޭނާ ވާނެ ކަމަށާއި، މިކިޔައި ދިނީ ކުޑަ މިންވަރެއް ކަމަށެވެ.

އައްޑޫ ރައްޔިތުންގެ ބޮޑު ތާއީދަކާއިއެކު ވެރިކަމަށް އައި ސަރުކާރުން ދެއަހަރު ވެގެން ދިޔައިރު ވެސް އައްޑޫގެ ތަރައްޤީއަށް އެކަށީގެންވާ މަސައްކަތެއް ނުކުރާކަމަށް ބުނެ އެމްޑީޕީއަށް ތާއިދު ކުރާ އާއްމު މެންބަރުން ވެސް މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ާއަލީ

    އައްޑޫ ރައްޔިތުންނަކީ ގުނބޯ ހެއްދޭ ބައެއް ވަރަށް ފަސޭހައިން...

    86
    • ޒައިކް

      ބަލަ ފައިސަލުމެން ހީކޮށްގެން އެއުޅެނީ މައިސަރުކާރުގެ ހުރިހާބާރެއް ކައުންސިލަށްދީ ސުވަދީބު ހެދުމުގެ ބާރުވެސް ދިނުންކަމަށް ލާމަރުކަރު ކުރުމަކީ.. ޔުނިޓަރީ ދަޢުލަތެއްގަ މައިސަރުކާރުގެ އެބްސޮލިއުޓް ޕަވަރ ތަކެއް ކައުންސިލްތަކަކަށް ނުލިބޭނެ.. ޚިދުމަތްތައް ޤާދުން ދިނުމަށް ދެވޭ ވަކި ބާރުތަކެއް ދެވޭނީ.. ކައުންސިލްތައް އަބަދުވެސް ވާނީ ސަރުކަަރުގެ ފަށަލަތަކަކަށް

  2. ަެއެލެކްސް

    މަޑުންތިބޭ އަައްްޑޫ މީހުންބޭނުންކުރަނީ ކާލާ މަންނަ ގަދާގެން ވޯޓަރގާތްވި. ގާތްވިހެން އައްޑޫވާހަ ކަތައް ގިނަވާނެ ވަރަށް ވާހަ ކަމީ

    63
    1
  3. ތޮރާ

    ކޮންގޮތަކުން އެއްވަރުވީ އިސްކޮޅުތަ ނޫނީ އަހަރުގެ ގޮތުންތަ ލޮލުގެ މައްސަލަތައް އެބަހުރި ނޫނީ ވަޔަށް ކާޖު ކައުންސިލަރުކަންދިނީ ބޮލުރޮއްޖެއް

    41
    2
  4. ޖަނާޒާ

    ކަލޯ ފައިސަލް އެއްވަރޭ ބުނެގެންވެސް ތިޔަ ބަލަނީ ރައީސް ޔާމީނު ގެ އަގުވައްޓާ ލެވޭތޯ. ތިޔަ ޗިޕް މިއަދަކު ދިވެހިންނެއް ބަލައެއްނުގަނޭ. ތިޔަ ޗިޕް މިއަދު ދިވެހިންގެ ބޮލުގެ ނާށި ގަނޑަކަށް ނުވަދޭ. ރައީސް ޔާމީނު މިޤައުމަށް ހޯދާދެއްވި ތަރައްޤީގެ ރޭހުގައި ، ދެ ސަރުކާރު އެއްވަރުކޮށް އެންމެ މިސާލެއްވެސް ޖައްސަވާލަދެއްވަބައްލަވާ. # ވެރިކަމުން ރައީސްޔާމީނު ފޭބިއިރު ރަސްމީ ރިޒާވްގައިހުރި 800 މިލިއަން ޑޮލަާއި ހިނަގަމުންދިޔަ ތަރއްގީގެ މަސްރޫޢުތަކާއި ހިސާބުން މިއަދު ރައްޔިތުމީހާގެ މާލީ ތަނަވަސްކަމާއި ގުޅޭ ވަޞީލަތްތައް ހުރި ގޮތާއި މެދު ވިސްނާލަދެއްވާ. ދަންނަވަންތޯ ކަލޭ މެން ބާޢީ އެކޭ ކިޔާ ވަހީދު ކުރެއްވި ވެރިކަމަށްވުރެވެސް މި ވެރިކަމުގެ ފެންވަރު އެތައްގޮތަކުންދަށް. މިއީ ހަގީގަތަކީ. ވ. ސަލާމް#

    71
    2
  5. Anonymous

    އައްޑޫ ކައުންސިލަރު ފައިސަލް: ޔާމީންގެ ސަރުކާރާއި މިސަރުކާރު އެއްވަރު
    އައްޑޫ ކައުންސިލަރު ފައިސަލްގެ ސިކުނޑިޔާ ހިންޏެއްގެ ސިކުނޑިއާ އެެއްވަރު

    57
    4
  6. ޖަންގަލި

    ކަލޯ ފައިސަލް އެއްވަރޭ ބުނެގެންވެސް ތިޔަ ބަލަނީ ރައީސް ޔާމީނު ގެ އަގުވައްޓާ ލެވޭތޯ. ތިޔަ ޗިޕް މިއަދަކު ދިވެހިންނެއް ބަލައެއްނުގަނޭ. ތިޔަ ޗިޕް މިއަދު ދިވެހިންގެ ބޮލުގެ ނާށި ގަނޑަކަށް ނުވަދޭ. ރައީސް ޔާމީނު މިޤައުމަށް ހޯދާދެއްވި ތަރައްޤީގެ ރޭހުގައި ، ދެ ސަރުކާރު އެއްވަރުކޮށް އެންމެ މިސާލެއްވެސް ޖައްސަވާލަދެއްވަބައްލަވާ. # ވެރިކަމުން ރައީސްޔާމީނު ފޭބިއިރު ރަސްމީ ރިޒާވްގައިހުރި 800 މިލިއަން ޑޮލަާއި ހިނަގަމުންދިޔަ ތަރއްގީގެ މަސްރޫޢުތަކާއި ހިސާބުން މިއަދު ރައްޔިތުމީހާގެ މާލީ ތަނަވަސްކަމާއި ގުޅޭ ވަޞީލަތްތައް ހުރި ގޮތާއި މެދު ވިސްނާލަދެއްވާ. ދަންނަވަންތޯ ކަލޭ މެން ބާޢީ އެކޭ ކިޔާ ވަހީދު ކުރެއްވި ވެރިކަމަށްވުރެވެސް މި ވެރިކަމުގެ ފެންވަރު އެތައްގޮތަކުންދަށް. މިއީ ހަގީގަތަކީ. ވ. ސަލާމް#

    43
  7. ޙޮސޭން

    ފައިސަލް ބުނެފަ އެއިނީ ކަންތައް މިއަދު ހިނގަމުންދާގޮތް. ދެން ރައްޔިތުންވިސްނާ .

    33
    1
  8. އެޖެންޑާ 19

    ކޮރު ސަރު ކާރަކ ކުން ދައް ކާނީ ވެސް ކޮރު

    34
  9. ޑައެލޯގް

    މިސަރުކާރަކީ ފެއިލްއެއް

    54
  10. މަރޭ

    ދެވެހިނަން ހުރިހާ ވަޒީފާތަކެއް ހަމަޒައްސަންވީ/. ބިދޭސީ ޓީޗަރުންގެބަދަލުގައި އެރަށެއްގެރައްޔުންނަށްވަޒީފާދޭންވީ. ނަރުސްކަމާއި މިނޫންވެސް ވަޒިފާތަށް ނަމަވެސް މިކިޔަނީ ރަށްރަށަކު ވަޒީފާއެއްނެތޭ. ކޮންމެރަށަކު އެބައުޅޭ 50 ނުވަތަ 20 ބިދޭސީން. މީވަޒީފާތަކަނީ. ކޮންމެވަޒީފާއަކަށް 15000 ހާސްރުފިޔާ .ރަށުންބޭރުވެގެންދާކިހާފައިސާއެއް.ބބބބބބ

    34
    1
  11. އަޙްމަދު

    ފައިސްލް އަށް ކަންކަން ގާތުންފެންނާނެ! އެމްޑީފީ މީހަކަށް ތަފާތުފެނުނީތީ އުފާކުރަން! ކުރިޔަށް އޮތް އިންތިހާބުގައި ދާންވާގޮތް މިފެންނަނީ! ސާބަސް ފައިސަލް!

    27
  12. މުހައްމަދުި

    މިހިރަ ބީތާޔާ! ކަލެއަށް ނުފެނޭތަ ރަޢީސް ޔާމީނު
    އައްޑޫގެ ތަރައްގީޔަށްޓަކާ ކޮށްފާހުރި ގިނަގުނަމަސައްކަތް. ތޔަ ބުރާންތިތަށް ހުރަސްއަޅައަޅާ ތިއްބާ ބިޑުހޮސްޕިޓެއް އަޅާ ފާހަނާ ނިޒާނު އަޅާ މަސްފެކްތަރީ ހަދާ ނުވިތާކަށް ވެމޮކޯ އުފައްދާފާ އަދި ފުލެޓްތަށް އަޅާފަ. ޢަދިނުވިތާކަށް މުސްކުޅިންނަށް 5000ރުފިޔާ ދީފާަ..

    39
    1
  13. ކޮއްޔާ

    އައްޑޫއަކީ ވަރަށް ހޭލުންތެރި ކަނޑުކޮހުންގެ އާބާދީއެއް. މިއީކައުންސިލަރު ނިސްބަތްވާ ބުއްދިވެރިންގެ ޖަމާއަތުން ކައުންސިލަރާއިމެދުވެސް ދެކޭގޮތް. ދެން މައިތިރިވެ ދިދަދަނޑިއަކީ ހައްގުމިންވަރު ކަމުގައި ބަަލައިގަނެ ސަނާކިޔަން އޮވެބަލަ.

  14. އެކޮޅުކޮޅުންހިނގާސަރުކާރު

    ކޮންގޮތަކުން އެއްވަރީ ކޮވިޑުން ވައްކަންކުރީމަތަ މިސަރުކާރާ ރައީސްޔާމީންހިންގެވިސަރުކާރާ ހާސް ތަފާތު ފަސްއަނހަރުދުވަހުގެ ކުރުމުއްދަތެއްގަ މުޅިރާއްޖެއައް ތަރައްޤީގެނެސްދެއްވުމައް ކުރެއްވި މަސއްކަތްޕުޅާކައިރިއައްވެސް މަސއްކަތެއްނުކުރެވޭނެ އޭގެ އެއްހެކި ސަރުކާރުހިންގާޕާޓީގެ މެނިފެސްޓޯގަހުރި އެއްވެސްމަސައްކަތެއް މިހާތަނައް ކުރެވިފައެއްނެތް އެންމެ ކަމެއްފިޔަވާ އެއީފަނޑިޔާރުގެޔައް ހަތަރެސްފައިކޮއްޕުން އެކަންކޮއްފި

  15. ޏޭޅާ

    މިތެއި ކޮމެންޓް ކެރާ މީހުން އައްޑޫ މީހުން ދެކެ ހައުދަހައި ރީޑައް އަރަނީ...

    2
    3
  16. ސޫއޫދު

    ތިވަރުތެދެއް ސިޔާސީ މަގާމެއްގަ. ޙުރިމީހަކުނަހަދާ
    ޜާއްޖެތެރޭ ކައުންސިލަރުންބެލީ މަފެއްނާނެ
    މާލެއަތޮޅުންބޮޑުމަންޒަރް
    ނަމަވެސްއެއްޗެއްލިބޭތީތިބެނީ
    ޙުޅުވާފަލައްޕާހަދަން.

  17. ޙަސަނު

    އިރާއި ހަނދުގެ ފިނިހޫނު މިން ވެސް އެއް ވަރު އައްޑޫ

  18. ލާދީނީ އަންނި

    އަދި ތިޔަބުނުއްވުނީކީ ރަނގަޅަކައްނޫންހެން ހީވަނީ ރަނގަޅު ގޮތަކީ ޔާމީންގެ ސަރުކާރައްވުރެ މިސަރުކާރު މާރަނގަޅު.

    2
    5
  19. ކެޔޮޅު

    މިހިރީ ހަމަބީތާއެއް މަސްވެރިޔަކުބާނާ މަހެއްގެ ބޮލުގައެއްޗަކުން ޖަހާބީތާކޮށްލަނިކޮށް ކަނޑަށްވެއްޓި ހޫރެމުން އެނބުރެމުން ސެނބުރެމުން ދަނިކޮށް އެހެންމަހެއްކާލާފަދައިން ކަލޭ އަމިއްލަޔަށް މިހާރުގެ ސަރުކާރަށް ތިޔަކާންދެނީ ވަޒީފާގެ ދަހިވެތިކަމުގަ ދެންއޯކޭ ބަލަންތިބޭ..

  20. ފަނާކުރުވަނިވި ފިކުރު

    ފައިސަލު ތިބުނީ ހަމަ ތެދެއް . އަސްލު ރާއްޖޭގައި އޮންނަނީ މައިގަނޑު ސިޔާސީ ދެފިކުރު. އެއީ އެންމެ ފަނާކުރުވަނިވި ފިކުރާއި ފަނާކުރުވަނިވި ފިކުރު . ރާއްޖޭގައި އަބަދުވެސް ވެރިކަމުގައި މިއޮންނަނީ އެންމެ ފަނާކުރުވަނިވި ފިކުރު ގެ ޕާޓީ. ވެރިކަމަށް އައުމަށްފަހު ރައްޔިތުންނަށް ވި ވައުދު ތަކުގެ މަތިން ހަނދާން ނައްތާލާފަ ބަލަނީ ވައްކަންކޮށް ގައުމު ގެ ޚަޒާނާ ބަނޑުއަޅަން. ވެރިކަން ގެއްލުމުން ދެން ރައްޔިތުން ގެ މަތިން ހަނދާންވެ ރައްޔިތުން ގެ ހައްގުގައި ވާހަކަ ދައްކަން ފައްޓަނީ. އޭރު ޕާޓީ ބަދަލުވެފައި މި އޮންނަނީ ފަނާކުރުވަނިވި ޕާޓީ އަށް. މިހާރު އެންމެ ފަނާކުރުވަނި ޕާޓީ އަކަށް މިއޮތީ އެމްޑީޕީ. އެއީ ވެރިކަމުގައި އޮތުމުން. 2013 ގެ އިންތިހާބާއި ހަމައަށް އެންމެ ފަނާކުރުވަނިވި ޕާޓީ އަކަށް އޮތީ ޕީޕީއެމް. ކޮބާ މިސަރުކާރުން ވި ވައުދުތައް. ނުހައްގުން ވަޒީފާ އިން ވަކިކުރި އެންމެނަށް އަލުން ވަޒީފާ ދޭނެ ކަމަށް ވައުދުވި. އެކަމަކު ޕާޓީ ގެ އެމްޓިވިސްޓް ކުދިންނަށް އެކަނި ވަޒީފާދިނީ. ގެއްލުމުގެ ބަދަލުގެ ގޮތުގައި ޕާޓީ ގެ ވެރިން ގެ މަސްލަހަތު އޮންނަ ކުންފުނިތަކަށް އެތައް ސަތޭކަ މިލިއަން ރުފިޔާ ގަވާއިދާއި ޚިލާފައް ބައިތުލްމާލުން ދިނީ. ޔާމީން ސަރުކާރުގައިވެސް ހަމަ މިގަނޑު ގަތީ. ރަނގަޅު އެއްބައެއްވެސް ނެތް. ދެން އޮތް ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަބަދުވެސް ތިބެނީ ހިހޫތަނުން ކައިގެން އޭރަކު ވެރިކަމުގައި ތިބި އެންމެ ފަނާކުރުވަނިވި ފިކުރުގެ ޕާޓީ އަކާއި ގުޅިގެން ދީ ނާއި ގައުމު ވިއްކާލަން ތާއީދުކޮށްގެން.

  21. މަލިކާ

    ލޮލަށް މިރުސް ދިޔައެޅި ފަތިހުރި

    4
    1