ހިއްތަން މައިޒާން ވީރާނާ ވާއިރު ފެންނަ ލޮލެއް ނެތް ކަމަށް ފާހަގަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރ އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ.މުއިއްޒު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ޑރ.މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވަނީ ހިއްތަން މައިޒާނުގެ ފުރާޅުން ބައެއް ހަލާކުވެފައިވާ މަންޒަރު ފެންނަ ފޮޓޯއެއް ހިއްސާކުރައްވާފައެވެ. އެ ފޮޓޯއާއި އެކު ލިޔުއްވި ލިޔުއްވުމުގައި ޑރ..މުއިއްޒު ވަނީ ހިއްތަން މައިޒާނުގެ ފުރާޅުން ބައެއް ފަންތައް ވީރާނާގެ ފައިބާ އިރު އެތަން ފެންނަ ލޮލެއް ސިޓީ ކައުންސިލްގައި ވެސް ސަރުކާރުގެ އެެހެން އިދާރާއެއްގައި ވެސް ހުރިހެން ހީނުވާ ކަމަށް ވިދާޅުވެފައެވެ.

އަދި ޕާކުތަކާއި މައިޒާންތައް ބެލެހެއްޓުމަށް ކުރީ ސަރުކާރުން ދިން އަހަންމިއްޔަތުކަން އިއާދަކުރަން ޖެހޭ ކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.

މާލޭގައި މިހާރު ފެންނަން ހުރި ހިތްފަސޭހަ މައިޒާންތަކާއި ޕާކުތަކަކީ ރައިސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، ޑރ.މުއިއްޒުގެ ހައުސިން މިނިސްޓަރ ކަމުގައި އަޅާފައިވާ ތަންތަނެވެ. އެ ތަންތަން މަރާމާތުކޮށް ބެލެހެއްޓުމަށް އޭރުގެ ސަރުކާރުން އައީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެފަދަ ތަންތަން ނުބަަލަހައްޓާ ވީރާނަވާތީ އާއި މާލޭގެ ކަންކަން ބަލަހައްޓަމުންދާ ގޮތް ދޯދިޔާކަމަށް ފާހަގަކުރައްވާ ޑރ.މުއިއްޒު ގެންދަވަނީ ތަކުރާރުކޮށް މި ސަރުކާރާއި، ސިޓީ ކައުންސިލަށް ފާޑު ވިދާޅުވަމުންނެވެ. އަދި މާލޭގެ މައްސަލަތައް ހައްލުކޮށްދެވޭނީ ސަރުކާރުގެ ޕަޕެޓަކަށް ނުވާ މީހަކަށް ކަމަށް ވެސް ރ.މުއިއްޒު ވަނީ ދާދިފަހުން ވިދާޅުވެފައެވެ.

މާލެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް ނަތީޖާ ނެރެދެވޭނީ މި ސަރުކާރުގެ ޕަޕެޓަކަށް ނުވާނެ، ސަރުކާރުގެ ޕްރެޝަރަށް ދިލާ ނުލާނެ ހާދިމަކަށް ކަމަށް ޑރ.މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި އެކަން ކުރެވޭނީ ސަރުކާރާއި ޑީލް ނުހަދާނެ، ރައްޔިތުންގެ ފަޅީގައި ހުންނާނެ ރައްޔިތުންގެ ހާދިމަކަށް ކަމަށާއި އެއީ ސަރުކާރުގެ ހާދިމަކަށް ވެގެން ނުވާނެ ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަރޭ

    ދެވެހިނަން ހުރިހާ ވަޒީފާތަކެއް ހަމަޒައްސަންވީ/. ބިދޭސީ ޓީޗަރުންގެބަދަލުގައި އެރަށެއްގެރައްޔުންނަށްވަޒީފާދޭންވީ. ނަރުސްކަމާއި މިނޫންވެސް ވަޒިފާތަށް ނަމަވެސް މިކިޔަނީ ރަށްރަށަކު ވަޒީފާއެއްނެތޭ. ކޮންމެރަށަކު އެބައުޅޭ 50 ނުވަތަ 20 ބިދޭސީން. މީވަޒީފާތަކަނީ. ކޮންމެވަޒީފާއަކަށް 15000 ހާސްރުފިޔާ .ރަށުންބޭރުވެގެންދާކިހާފައިސާއެއް.

  2. ރައްރިތުމީހާ

    މިސަރުކާރުން ބަލަހައްޓަނީ އެންމެ ޕާކެއް.
    ދެން ހުރިހުރިހާ ޕާކުތަކެއް އެދަނީ ހަލާކުވަމުން. މާލޭގަ އުޅޭއެއްމެނައްވެސް ފެންނާނެ އެތަންތަން.

    5
    2
    • ސަޓޯ

      ލޮނު ޕާރކު ދޯ...