ކ.ތުލުސްދޫ ފާތިމަތު އުލްފާ ނަމަކަށް ކިޔާ ޒުވާން އަންހެނަކު ގެއްލިގެން އުޅޭކަމަށް ބުނެ އާއިލާ އިން އެޒުވާނާ ހޯދަން އާއްމުންގެ އެހީއަށް އެދިފައި ވީނަމަވެސް އޭނާ ގެއްލިފައި ނުވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ 21 އަހަރުގެ އަންހެނަކު ގެއްލިގެން ކަމަށްބުނެ ރޭ 20:30 ހާއިރު އޭނާގެ އާއިލާ އިން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. "މިމައްސަލަ އާއި ގުޅިގެން ފުލުހުން ބެލިބެލުމުން އޭނާ ގެއްލިފައި ނުވާކަމާއި އާއިލާ އާއިމެދު ހުރި ހިތްހަމަނުޖެހުންތަކެއްގެ ސަބަބުން އަމިއްލަ އަށް ގެއިން ނިކުމެގެން ގޮސްފައިވާކަން އެނގިފައިވޭ." ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލަ އާއި ގުޅިގެން ފުލުހުން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

އުލްފާ ނަމަކަށް ކިޔާ ޒުވާން އަންހެނަކު ގެއްލިގެން އުޅޭކަމަށް ބުނެ އާއިލާ އިން އެޒުވާނާ ހޯދަން މީސް މީޑިއާގައި ޕޯސްޓެއްކޮށް، އަދި މީޑިއާތަކާއި މައުލޫމާތު ހިއްސާކުރުމުން އާއިލީ ބޮޑު ކޯޅުމަކަށް މައްސަލަވެ، "ގެއްލިގެން އުޅޭ" ޒުވާނާ މީސް މީޑިއާގައި އޭނާގެ އާއިލާއަށް އޭނާ ވަނީ ބްލެކްމެއިލްގެ ތުހުމަތު ކޮށްފައެވެ.

ގެއްލުނު ކަމަށް ބުނާ އަންހެން މީހާގެ މަންމަ މީޑިއާ އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ އޭނާގެ ދަރިފުޅު ވަނީ ބްލެކްމެއިލް ކޮށްގެން ދަރިފުޅުގެ ލޯބިވެރިޔާ ގެންގޮސްފައި ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

"އަޅުގަނޑުގެ ދަރިފުޅު ބްލެކްމެއިލް ކޮށްގެން އޭނާ ގެންދަނީ. އެހެންވެ އެ މައްސަލަ ކުރިންވެސް ފުލުހަށް ހުށަހެޅީ. ނަމަވެސް ފުލުހުން އަންގަނީ 18 އަހަރު ފުރިފައި ހުރި ކުއްޖެއްކަމުން އެ މައްސަލަ ނުބެލޭނެ ކަމަށް،" އޭނާގެ މަންމަ "ވަން އޮންލައިން" ނަމަކަށް ކިޔާ ނޫހަކަށް ބުނެފައި ވެއެވެ.

ނަމަވެސް އަންހެން މީހާ ބުނެފައި ވަނީ އޭނާ ބްލެކްމެއިލް ކުރަނީ އޭނާގެ ބޭބެ އާއި އާއިލާ އިން ކަމަށެވެ.

"ގެއްލިގެން އުޅޭ" ކަމަށް ބުނާ އަންހެން މީހާ ފޭސްބުކްގައި ބުނެފައި ވަނީ އޭނާގެ އަގު ވައްޓާލުމަށް ދޮގު މައުލޫމާތު ފަތުރަމުން ދަނީ އާއިލާ އިން ކަމަށެވެ. "އަޅުގަނޑު ބްލެކްމެއިލް ކުރަމުން ދަނީ އޭނާ (ބޭބެ) އާއި އާއިލާ މީހުން. އަޅުގަނޑު މިހުރީ ހެޔޮ ހާލުގައި." އޭނާ ފޭސްބުކްގައި ލިޔެފައި ވެއެވެ.

ބްލެކްމެއިލްގެ ތުހުމަތާއި ގުޅިގެން އަދި އާއިލާ އިން ވަކިއެއްޗެއް ނުބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ސަޓޯ

  އުލްފާގެ މަންމަޔާ ބޭބެ ދޮގުމައުލޫމާތު ފަތުރާ ހަގީގަތް އޮޅުވާލުމުގެ ކުށުގައި ހައްޔަރު ކުރޭ.. ޕޮލިސް

  5
  3
 2. ޢަލީ

  ކިހިނެއްތޯ އިންގެނީ އަންހެންކުޖާގެ ފޭސްބުކު ސްޓޭޓަސްއަކީ އޭނަގެ ލޯބިވެރިޔާގެ އިންޒާރާ އެކު ޖަހާފަ އިން ސްޓޭޓަސްއެއް ނޫން ކަމެއް. ޢާއިލާ އިން ކުރާ ތުހުމަތު ފުލުހުން އެއަށްވުރެއް ގާތުން ބަލާން ޖެހޭ.. އަންހެން ކުއްޖާ ދައްކާ ވާހަކަ ތަކަކި އޭނަގެ އަމިއްލަ އިހުތިޔާރުން ބޭރުން ދައްކާ ވާހަކަ ތަކަކަަށްވުން އެކަށީގެންވޭ..

  13
 3. ސޯލަހް

  ،ސުނެޕް ޗެޓުން ލޮކޭސަން ބަލާބަލަ ދައްތާ ... ގެއްލިގެން ހޯދާކައް ނުޖެހޭނެ.