ރިސޯޓުތަކުން މޫދަަށް ކުނި އަޅާ މައްސަަލަ ބޮޑުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މޫދަށް ރިސޯޓުތަކުން ކުނި އެޅުމުގެ ސަބަބުން ރަށްރަށުގެ ގޮނޑުދޮށްތައް ހަޑިވަމުން އަންނަ މައްސަލަ އަކީ ގިނަ ބައެއްގެ ޝަކުވާއެކެވެ.

ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ކުރެއްވި ޓުވީޓަކާ ގުޅިގެން ނަޝީދު ވިދާޅުވެފައި ވަނީ، މޫދަށް ކުނި އަޅަމުން އަންނަ މައްސަލަ އަކީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އަދި ރާއްޖޭގެ ރިސޯޓުތައް ގިނަވާ މިންވަރަށް މި މައްސަލަ އަންނާނީ ބޮޑުވަމުން ކަމަށާއި، އުކާލާ ކުނިން ބައޯގެސް އުފެއްދުން ފަދަ ހައްލެއް މި މައްސަލައަށް ހޯދަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ބައޯގޭހަކީ އުކާލާ ކާނާއިން އުފައްދާ ގޭހެެކެވެ. މިއީ ކުރިއަރާފައިވާ އެހެން ގައުމުތަކުގައި ވެސް ކުނިވާ ޒާތުގެ ކާނާ ބޭނުންކޮށްގެން އުފައްދަމުން އަންނަ ގޭހެކެވެ.

ނަޝީދު ވިދާޅުވެެފައި ވަނީ، މި މައްސަލަ އަށް ހައްލެއް ހޯދައި އަހަރުމެންގެ ވަށަައިގެންވާ ތިމާވެެށި ސާފުތަނަަކަށް ހެދުމަކީ މުހިންމު ކަމެއް ކަމަށާއި، ރާއްޖެއަށް ފަތުރުވެރިން އަންނަ މައިގަނޑު ސަބަބަކީ މިތަނުގެެ ގުދުރަތީ ރީތިކަން ކަމަށެވެ.

ސަލީމް ކުރެއވި ޓްވީޓުގައި ވިދާޅުވެފައި ވަނީ ރާއްޖެއިން ދުވާލެއްގެ މައްޗަށް 389 ޓަނުގެ ކުނި މޫދަށް ދޫކޮށްލާ ކަމަށާއި އޭގެ ތެރެއިން 233 ޓަނުގެެ ކުންޏަކީ ކުނިވާ ޒާތްޒާތުގެ ކާބޯތަކެތި ކަަމަށެވެ. ރިސޯޓުތަކަށް މޫދަށް ކުނިވާ ޒާތް ޒާތުގެ ކާބޯތަކެތި އެޅުމުގެ ހުއްދަ ދީފައި އޮންނަ ކަމަށާއި، މިއީ އަމިއްލަައަށް ފަސޭހައިން ނެތިގެން ދިއުމަށް ދަތިވާ މިންވަރު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި މި މައްސަލަ ގާނޫނާއި ގަވައިދުތައް ބަދަލުކޮށްެގެެން ނަމަވެސް ހައްލުކުރަން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އެމަންޖެ

    ކަލޭ ދާންވީނުންދެން ރިސޯޓު ތަކުގެ ކުނި ނަގައިދޭން.

  2. ބުބުޅަ

    ރިސޯޓުތަކުގެ މުއަށްޒަފުން ގެ ހަށްގުތަކަށް ކަލޭވަނީ އަރައިގަނެފަ ލިޔުމުގައި ގެޒެޓުގައި ކަލޭ އަޅުގަނޑުމެން ނިދަންރަށަށް ފޮނުވި މަށްސަލަ ސަރީއަތަށް ހުށަހަޅާނަން ކުނީގެމަށްސަލައެއް ނޫން ބޮޑުވެގެން މިއުޅެނީ ނިދަންރަށަށް ފޮނުވި މަށްސަލަބޮޑުވެގެން މިއުޅެނީ..

  3. މިސްޓަރ އެންޑް މާސްޓަރ

    ކަލޭ ކަންބޮޑު ވިޔަސް، އަހަރުން ކަހެރަވަކެކޭވެސް ހިތައް ނާރާ ވާހަކަ ދަންނަވަން.

  4. ޝަމްސާދު

    ކަލޭ ކަންބޮޑެއްނުވޭދޯ ކަލޭވެސް ހިމެނޭގޮތައް މާލޭގެ އެންމެން ފާކާނާއަށަ ރީރީފަ ލާ ހުރިހާތަކެތި އެއްވެސް ޓުރީޓްމަންޓެއް ނެތި ކަޓާ ޕަމްޕުތަކަކުން މާލެވަށައިގެން މޫދައް މެދުކެނޑުމެއްނެތި ދޫކުރާއިރަކުއެއް. ކޮބާތަ މާލޭގެ އެސްޓީޕީ..

  5. ބެއްޔާ

    ތިޔައްވުރެން މާބޮޑުކަމެއް ނަސީދު ތިހިރީ ކޮއްގެން މާލެ/ހުލުމާލެ/ވިލގިލި/ތިލަފުށި/އަދި ގުޅީފަޅު ހިމެނޭގޮތައް އެޗްޑީސީއަށް ހިބައިން ދިނީ ކޮން ލާމަރުކަޒީނިޒާމަކުންބާ؟ މާލެ ސިޓީ ކައުންސިލް ގެ ބޭނުމެއްނެތް މާލެސަރަހައްދުގެ ބިމުގެ ހުރިހާ ނިންމުމެއް ނިންމާނީ އެޗްޑީސީއިން. ދެން ކީއްކުރަން ހޮވާ މޭޔަރ އާއިކައުންސިލަރުންނެއް! ވިހާ މަރުވާ ދަފްތަރު ބަލަހައްޓާކަށް ދައުލަތުން ބޮޑުމުސާރަ ދީފައި ހޮވަންޖެހޭ މޭޔަރއަކާ ކައުންސިލަރުން ހޮވަންވީ ކީއްކުރަން! ލާމަރުކަޒީ ނިޒާމޭ ނުކިޔާ ނަސީދުގެ މަރުކަޒީ ނިޒާމޭ ކިއުން މާތާހިރުވީސް.