ކޮވިޑްގެ އުސޫލު އެކުލަވާލަނީ އިދިކޮޅަށް ކެމްޕެއިން ކުރާނެ ފުރުސަތު ނުލިބޭ ގޮތަށް ބަލައިގެންކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދައިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގައި ވާހަކަދައްކަވަމުން ޝިޔާމް ވަނީ ސަރުކާރާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ނިންމުންތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން އަތޮޅުތެރެއަށް ދެވޭނީ މަޝްރޫޢު އެއް ފަށަން އެކަނި ކަމަށް ބުނާ އިރު، ސަރުކާރުގެ ޓީމާއި އެކު ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ މީހުން ވެސް އެފަދަ ދަތުރުތަކުގައި ބައިވެރިވާކަން ޝިޔާމް ފާހަގަކުރެއްވިއެވެ.

ނަތީޖާއެއްގެ ގޮތުން ޕީޕީއެމް އާއި ޕީއެންސީ ނޫން އެންމެންނަށް މިހާރު އުސޫލު އޮޮތް ގޮތުން އަތޮޅު ތެރެއަށް ދެވޭ ކަމަށާއި، އިދިކޮޅު ފަރާތްތައް ނޫން އެންމެންނަށް ކެމްޕެއިން ކުރަންވެސް ފުރުސަތު ލިބޭކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ކައުންސިލް އިންތިޚާބު ބޭއްވުމަށް ސިއްހީ ގޮތުން ރައްކާތެރި ނޫން ކަމަށް ބުނެ ދައްކާ ވާހަކަތަކުގެ ހަގީގީ މަގްސަދާއި މެދު އޭނާ ވަނީ ސުވާލު އުފައްދާފައެވެ. "އަތާއި ފަޔާއި ބޮލާއި ދެން ވެސް ހުރި ތަނެއް ކޯޓު ތަކަށް ދާންދެން ބާނައިގެން ދެން ބާއްވާ އިންތިޚާބެއް ކިހިނެތްތޯ އިންސާފުވެރިވާނީ؟" ޝިޔާމް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީގެ ކޮމިޓީތަކުގެ އިންތިޚާބަށް ކެމްޕޭން ކުރަން ހަމަހަމަ ފުރުސަތު ނެތް ކަމަށް ބުނެ އިދިކޮޅުގެ ޝަކުވާ އިންތިހާ އަށް ބޮޑުވެފައި ވާއިރު، ޕީޕީއެމްއާއި ޕީއެންސީއިން ސިވިލް ކޯޓަށް ހުށަހަޅަން އުޅުނު މައްސަލަ އެ ކޯޓުން ބަލައިނުގަތް ކަމަށް އެ ކޯލިޝަނުން ވަނީ ބުނެފައެވެ.

އެ މައްސަލަ ބަލައިނުގަންނަން ނިންމީ ކީއްވެގެން ކަން ސާފު ނުވާ ކަމަށް ވެސް އިދިކޮޅުން ބުނެއެވެ. އިދިކޮޅު ހަމައެކަނި ދެ ޕާޓީގެ ފަރާތުން އެ ޕާޓީގެ އެތައް ސަތޭކަ ކެންޑިޑޭޓުންގެ ހައްގުތައް ގެއްލޭތީ ހުށަހެޅި މައްސަލައެއް ކަމަށާއި އެ މައްސަލަ ބަލައިނުގަތުމުން ހާމަވި ކަމަކީ ޝަރުއީ ނިޒާމުގެ ތެރެއިން އިންސާފު މިއަދު ނުލިބޭނެ ކަން ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ލޮލްލޮލް

    ނުކިޔަވާ އެއްޗެއް ނުދަނެ ހަމަ ލާރިކޮޅެއް އަތަށް އަރާއިރަށް މަޖިލީހަށް ވަނީމަ ދުނިޔެ ހިނގާ ބީދަ ނޭގޭނެ. ޑަބްލިއު އެޗް އޯ އިން އުސޫލް ހަދަނީ ޕީޕީއެމަށް ޖެއްސުމަށް..ލޮލް ކޮން ބައެއްތަ ތީ ދެން...

    7
    10
    • އައްޑޫ މީހާ

      ލޮލް މިހާރު ދިވެހިރާއްޖޭގައި ވެރިކަން ހިނގަމުން ދަނީ އިންސާފާއި ހަމަހަމަ އުސޫލުގެ ދަށުން ދެއްތޯ؟ ރޯމާދުވާލު ވައްކަންކުރަނީ ކޯޓްތައް އޮތީ ކަލޭ ކިތަންމެ ވަރަކަށް ބުންޏަސް ކެނެރީގޭ މާފަތް އެދުރުކަލޭގެ ހަތަރެސްފައި ދަށުވެ ފިތިފައި ޑަބުލިއު.އެޗް.އޯ ކީއްކުރަނަ އެހެން އެޗްއޯއަކުން ކަމެއް ނިންމިޔަސް ސަރުކާރުން ބޭނުންކަމެއް ބޭނުން ގޮތަކަށް އުސޫލާއި ހިލާފަށް ކުރަމުން ގެންދާތަން މިފެންނަނީ އެހެން ބަޔަކަށް ފުރުސަތު ނުދީގެން އުޅޭތަން ސާފުކޮށް ފެންނަން އޮތްއިރު ތިބޭފުޅާ ހުރީ ހަމަހޭގައިތޯ އެކަންތައް ނުފެންނަނީ؟ ލޮލް

      12
      1
      • ލޮލް

        އަސަރެއް ކުރާނީ ހަމަ ލޮލް

        3
        5
  2. ވަތަނަބޭ

    ޗަކޮއެ ކައި ސަލާމް ބުނި

    4
    1
  3. ޗަކޮއި ސޭބޯ

    ތެޔޮވިއްކާހެނެއްހުރިހާކަމެއްނުވާނެ

    4
    1
  4. ޗަކޮއި ސޭބޯ

    ތެޔޮވިއްކާހެނެއްހުރިހާކަމެއްނުވާނެ ތިޔަ ކަހަލަ ލިޕްސްޓިކްވިއްކަނީކޮންތާކުން ޗަކޮއި

    4
    2
  5. ނައިފަރޭ

    ބަލަގަ ސޯޝަލްމީޑިއާގަ ކެމްޕެއިން ކޮއްބަލަ. ދެން ދުޢާކޮއްބަލަ ކާމިޔާބު ވޭތޯ، އަބަދު ޝަކުވާނުކޮށް.

    1
    1
  6. މާލީ

    ތީ އިންސާފާ ހަމަގެންނާނެ ކަމަށް ރައްޔިތުންނަށް ވަޢުދުވީ މީހުންންގެ ފެންވަރު މައުމޫނު ޚުދުމުޚްތާރު ވެރިކަންކަމަށް އެމީހުންބުނި ސަރުކާރަށް ވުރެ އެތައްގުނަ ނުބައި.