ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ 7000 ފްލެޓް ހިމެނޭ ހިޔާ ފްލެޓްތައް ކައިރީ އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވެފައި ވަނީ އަލިފާނުގެ ހާދިސާ ހިނގައިގެން އުޅެނީ ބިދޭސީ މަސައްކަތްތެރިންގެ އެކޮމަޑޭޝަން ބްލޮކެއްގައި ކަމަށެވެ. ރޯވި އަލިފާން ވަނީ މާބޮޑަށް ފެތުރިގެން ދިއުމުގެ ކުރިން ނިއްވާލާފައެވެ.

ސިފައިންގެ ފަޔާ އެންޑް ރެސްކިއު އަށް މިހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު 11:08 ކަންހާއިރުއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށާއި ނަމަވެސް އަލިފާން ރޯވި އެކޮމަޑޭޝަން ބްލޮކަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

އަލިފާން ރޯވާން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަނާ

    މަޑުމަޑުން ތިޔަތަނުގެ ދުވަސް ދުއްވާލަނީ ކަންނޭގެ. ތިޔައީ އަހރުންގެ އުންމީދު. ތިޔަ ތަނުގެ ސަބަބުން ވޯޓުން ބަދަލުހިފާނަން

    7
    2
  2. އެމަންޖެ

    ނަޝީދޫ ތި 7000 ފުލެޓުވެސް އަނދާލާ. އޭރައް މިވެރިކަމުގަ ގައުމައް ކަމެއް ކޮއްދެވުނު ކަމައްވާނެ.

    8
    3
  3. ޖަޒީރާވަންތަ ރޯޔަލް ކެހެރި ނުފަޅާ ޖަނަވާރު

    އަންދާ ގާނޫންގެ ބައެއްތަ

    4
    2