އަދާލަތު ޕާޓީގެ ރައީސް ކަމަށް މިހާރު ވެސް އެ މަގާމުގައި ހުންނެވި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރިމަތިލައްވައިފިއެވެ.
އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރުގެ މުއްދަތަށް އަދާލަތު ޕާޓީގެ ރައީސްގެ މަގާމަށް ވާދަ ކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. މިގޮތަށް ނިންމެވީ ގައުމުގެ ހާލަތު ހުރި ގޮތުން އަދާލަތު ޕާޓީ އިތުރަށް ހަރުދަނާކޮށް ކުރިއަށް ގެންދިއުމުގައި އޭނާގެ ދައުރު މުހިންމު ކަމަށް ޕާޓީގެ ގިނަ މެމްބަރުން ފާހަގަ ކުރާތީ ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.
Kuriyahoyi 5 aharuge mudhathah Adhaalath Party ge Raeesge maqaamah vaadhakurumah nimmaa emaqaamah kurimathi laafin. Mi gothah nimmee gaumuge haalathu hurigothun AP ithurah harudhanaakoh kuriah gendhiumugai alhuganduge dhauru muhimmu kamah AP ge gina memberun faahangakuravvaathee.
— Imran Abdulla (@ShimranAb) January 19, 2021
އަދާލަތު ޕާޓީގެ ރައީސް ކަމަށް މިހާތަނަށް އައިއިރު، އިމްރާން ފިޔަވައި އިތުރު ބޭފުޅަކު ކުރިމަތިލައްވާފައެއް ނުވެއެވެ.
އެ ޕާޓީގެ ރައީސް ކަމަށާއި ނައިބު ރައީސް ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދަށް ހަމަވާނެއެވެ.
އަދި އެ ޕާޓީގެ އިންތިހާބު މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ސަރުކާރު ކޯލިޝަންގެ ހަތަރު ވަނަ އަށް އެންމެ ބޮޑު ޕާޓީ، އަދާލަތު ޕާޓީ ރަސްމީގޮތުން ރަޖިސްޓްރީ ކޮށްފައިވަނީ އޯގަސްޓް 18، 2005ގައެވެ. އެ ޕާޓީގައި މިވަގުތު 6،000 އަށް ވުރެ ގިނަ މެމްބަރުން އެބަތިބިއެވެ.
ޕާޓީގެ ނަން ބަދަލު ކުރަންފެނޭ އިމްރާން ޕާޓީގެ ނަމަށް
މަށެއް ތިޔަ އިމްރާނަކަށް ވޯޓެއް ނުދޭނަން ތިޔައީ އަންހެނުންނަށް ޖިންސި ފުރަށްސާކުރާ ސޭކެއް މަވާ ސަލާމް
މަށެއް ތިޔަ އިމްރާނަކަށް ވޯޓެއް ނުދޭނަން ތިޔައީ އަންހެނުންނަށް ޖިންސީ ފުރަށްސާކުރާ ސޭކެއް މަވާ ސަލާމް
ވަރަށް ހިކުމަތްތެރި ރަގަޅު ނިންމުމެއް ޤައުމާއި ރައްޔިތުންނައްޓަކައި ތުޔަނިންމެވީ، މާތް ﷲ ޝޭހު ޢިމުރާނަށް ހިދާޔަތާއި ހެޔު ތައުފީޤު އަދި ސާބިތުކަން ދެއްވާށި ! ދިވެހި ޤައުމު ބާރަށްކުރިޔަށް !
ނުހޮވޭނެ މާތްﷲގެ އިރާދަފުޅުން ސައިޒަށް ތިރިވާނެކަމަށް އުންމީދު ކުރަން
އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރުގެ މުއްދަތަށް އަދާލަތު ޕާޓީގެ ރައީސްގެ މަގާމަށް ވާދަ ކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. މިގޮތަށް ނިންމެވީ ގައުމުގެ ހާލަތު ހުރި ގޮތުން އަދާލަތު ޕާޓީ އިތުރަށް ހަރުދަނާކޮށް ކުރިއަށް ގެންދިއުމުގައި އޭނާގެ ދައުރު މުހިންމު ކަމަށް ޕާޓީގެ ގިނަ މެމްބަރުން ފާހަގަ ކުރާތީ ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.
ތިޔާވިދާޅުވަނީ މަނިކުފާނުގެ ބާއިވެރި ވުމާއެކު ވަގަށް ނެންގެވި ވެރިކަމުގެ ސަބަބުން ގައުމުގެ ހާލަތުގޯސްވި ވާހަކަދެއަތޯ
ސަރީފަދައިތަ ފިހާރައިގެ ސޭލްސް ގާރލް ކަމަށް ސަރީފަދައިތަ ކުރިމަތިލުން ކަހަލަ ކަމެކޭނުން މިއީ.
ތީނައަށްވޯޓެއް ނުދޭނަން.
ރައިސް ޔާމިން މަގާމު ނުދިނީމަ ޔާމިނާ ދެކޮޅައް ނިކުތީ. ދެރަ
އާޅުގަނޑު ދެނެ އަދާލަތު ޕާޓީ ކުރާ ކަަމެއްގަ ބައިވެރި ނުވާނަން.
އަދާލަތު ޕާޓީގަ އެހެން މީހެއް ނެތީތަ؟
މިފަދަ ދެއަގައިން ވާހަކަ ދައްކާ ދޮގުވެރިންނަށް ސޭޚުންނޭ ކިޔާތީ ލަދުގަނޭ މި މީހުންގެ ސަބަބުން ދީނީ އިލްމްވެރިންނަށް އެލިބޭ ފުރައްސާރަޔަށް ދެރަވަން. އަޅުގަޑުމެންނީ ދީނަށް ލޯބިކުރާ ދީން ހިމާޔަތް ކުރުމަށް ބަޔަކު ކަމުގައި ލައްވާންދޭވެ. އަދި ދީނަށް ފުރައްސާރަކުރާ ދޮގުވެރިންގެ ނުބައިކަމުން ސަލާމަތް ކުރައްވާންދޭވެ. އާމީން....
ފޭކް ޟެއިޙް ޕާޓީއިން ބޭރުކުރޭ! މިގައުމަށް ދިމާވެފަ ހުރި ބޮޑު މުސީބާތެއް